މާފަރުގެ އިހުތިސޯސުން ބޭރުކުރި ފަޅާއި ރަށްތައް ހޯދަން ރައީސަށް ހުށަހަޅަނީ

ނ. މާފަރު: ރަށުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް އިހުތިސޯސުން ވަނީ ބޭރުވެފަ. -- ފޮޓޯ: ވިސިޓް މާފަރު/ފޭސްބުކް

ނ. މާފަރު: ރަށުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް އިހުތިސޯސުން ވަނީ ބޭރުވެފަ. -- ފޮޓޯ: ވިސިޓް މާފަރު/ފޭސްބުކް

ނ. މާފަރުގެ އިހުތިސޯސުން ބޭރުކޮށްފައިވާ ފަޅާއި ފަޅުގެ ތެރޭގައި އޮންނަ ފަޅު ރަށްތައް އަލުން އެ ރަށުގެ އިހުތިސޯސުގެ ތެރޭގައި ހިމެނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ނ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

ނ. އަތޮޅު ކައުންސިލުން މި ގަރާރު ފާސްކުރީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އިހުތިސޯސް ކަނޑައެޅިއިރު މާފަރުގެ ބައެއްގެ ގޮތުގައި އޮތް މާފަރުގެ ފަޅުން ސަރަހައްދެއް ރައީސްގެ ގަރާރަކުން މާފަރުން ވަކިކުރުމާ ގުޅިގެންނެވެ. ރައީސް ގަރާރުގައި އިހުތިސޯސަށް ބަދަލު ގެނައުމުގެ ސަބަބުން ފަޅުން ގާތްގަނޑަކަށް 80 ހެކްޓަރުގެ ސަރަހައްދަކާއި، އެ ސަރަހައްދުގައި އޮންނަ ދެ ފަޅު ރަށް މާފުރުން ވަކިވީ އެވެ.

މި މައްސަލައިގައި މާފަރު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަތޮޅު ކައުންސިލަށް ހުށައެޅުއްވީ އެ ރަށު ކައުންސިލުގެ ރައީސް އަދި އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު އަދުނާނެވެ. އަދި އޭނާގެ ގަރާރުގައި ބުނި ގޮތުގައި، ފަޅުން ބޮޑު ބަޔެއް ގެއްލުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރި މައްސަލައެއް ކަމުން އަލުން މާފަރުގެ އިހުތިސޯސުގައި ހިމަނަން އެދޭ ކަމަށެވެ.

މި ގަރާރާ ގުޅިގެން އަދުނާނު "އަދަދު"އަށް ވިދާޅުވީ، ގަރާރު ހުށައެޅީ މާފަރުގެ ރައްޔިތުންގެ އިތުރުން، އެ އަތޮޅުގެ ރައްޔިތުންނަށް ނޭނގި ނޫނީ ރުހުން ނެތި އެއްވެސް ކަމެއް ކުރަން ނޭދޭތީ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެތަނުން މަންފާ ލިބެން ރައްޔިތުން ވެސް ބޭނުން ނުވާތީ ކަމަށެވެ. އަދި ގާރާރުގައި ބުނި ގޮތަށް މާޒީގައި ވެސް މިއިން ތަނަކުން މަންފާ ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރަމުންދަނީ ގަރާރާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރުމެވެ. އަދި އެކަންކަން ފުރިހަމަވީހާ އަވަހަކަށް ރައީސަށް ހުށައަޅަން ވަނީ ނިންމާފަ އެވެ.

އިހުތިސޯސުގެ މައްސަލައިގައި މާފަރުގެ އިތުރުން، ހއ. ފިއްލަދޫއިން ވެސް ވަނީ އެ ރަށުގެ އިހުތިސޯސުން އެ ރަށާ އެއްފަސް ދައްޕަރު ވަކިކުރުން ބާތިލުކުރަން ސަރުކާރަށް ގޮވާލަމުންނެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވެސް ވަނީ މި މައްސަލައިގައި ދޫދޭނެ ކަމުގެ އިޝާރާތެއްކޮށްފަ އެވެ.

އެެހެން ނަމަވެސް، އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް ރަށެއްގެ އިހުތިސޯސަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox