އާސެނަލަށް ދިއުމުގެ ވިސްނުމެއް ނެތް: ވެންގާ

Sep 4, 2021, 2:50 AM
އާސެނަލުން 2018 ވަަނަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން ވެންގާ.-- ފޮޓޯ: އޭއެފްޕީ

އާސެނަލުން 2018 ވަަނަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން ވެންގާ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 4) - ބާވީސް އަހަރު އާސެނަލަށް ކޯޗުކޮށްދިން ފްރާންސްގެ މަޝްހޫރު ކޯޗު އާސެން ވެންގާ އަލުން އާސެނަލާ ހަވާލުނުވާނެ ކަމަށް ބުނެފި އެވެ.

އާސެނަލާ 1996 ވަނަ އަހަރު ހަވާލުވި ވެންގާ ވަނީ އެ ކްލަބަށް ޕްރިމިއާ ލީގު ތިން ފަހަރު އަދި އެފްއޭ ކަޕް ހަތް ފަހަރު ހޯދައިދީފަ އެވެ. މީގެ ތެރެއިން 2004 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނީ މެޗަކުން ބަލިނުވެ އެވެ. ޕްރިމިއާ ލީގުގެ އެ ރަން ޓްރޮފީ އަކީ އާސެނަލްގެ ތާރީހުގެ އެންމެ ހާއްސަ ކާމިޔާބެވެ.

ވެންގާ އާސެނަލް ދޫކޮށްލީ 2018 ވަނަ އަހަރު މެއި މަހު ފުޓްބޯޅަ ސީޒަން ނިމުމުންނެވެ. ވެންގާ އޭރު ބުނެފައިވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތައް ވަރަށް ފަސޭހައިން ކިޔައިދެވޭނެ ކަމަށެވެ. އެ ގޮތުން އޭނާ ބުނީ "ފުރަތަމަ 10 އަހަރު އިވުނީ ތައުރީފްގެ އަޑުތައް. އޭގެ ފަހުން އަހަންނަށް މުޅިން ފެނުނީ ފާޑުކިޔުން،" ކަމަށެވެ.

Advertisement

ވެންގާ، އާސެނަލް ކޯޗުކަން ދޫކޮށްލީ އެ ކްލަބްގެ ގިނަ ސަޕޯޓަރުންތަކެއް އޭނާ މަގާމުން ދުރުކުރަން އެކި ޕްލެޓްފޯމްތަކުގައި އަޑުއުފަލުމުން ދިޔަތާ ތިން ވަރަކަށް އަހަރު ފަހުންނެވެ.

ސަޕޯޓަރަކު ވެންގާ އައުޓް ބޯޑެއް ހިފައިގެން.

މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ބަލާއިރު ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑު ހަރަދެއްކުރީ އާސެނަލުން ކަމަށް ވިޔަސް ލީގުގެ ފުރަތަމަ ތިން މެޗުން ލަނޑެއް ވެސް ނުޖެހި ބަލިވުމުން އާސެނަލް މި ވަގުތު އޮތީ 20 ޓީމު ވާދަކުރާ ލީގުގެ އެންމެ ފުލުގަ އެވެ.

ގަތަރުގެ ބީން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ އަލުން އާސެނަލަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"އަހަރެން އާސެނަލް ދޫކޮށްލިއިރު ވެސް ނިންމި އެއް ކަމެއް އެއީ އެ ކްލަބާ ދުރަށް ޖެހިލާނީ މުޅިން އެއްކޮށް ކަމަށް. މާނަ އަކީ އެނބުރި ދިއުމެއް ނޯންނާނެއޭ. އެކަމަކު ފުޓްބޯޅައިގައި ކަންކަން ބަދަލުވާނެ ގޮތެއް ނޭނގޭނެ. އާސެނަލްގައި ކުރެވުނު މަސައްކަތްތައް ހަނދާނުގައި ހުންނާނެ. ކްލަބަށް އެނބުރި ދިއުމަކީ ޖަޒުބާތީ ނިންމުމަކަށް ހަދައިގެން އެކަން ނުވާނެ. ފިޒިކަލީ ވެސް މެންޓަލީ ވެސް އެބަ ޖެހޭ ޗެލެންޖްތަކަށް ތައްޔާރުވާން. އާސެނަލްގެ ޗެލެންޖް ކުރިން ނެގިފައި ހުރީ ރަނގަޅަށް،" ފްރާންސްގެ ނޭންސީގެ ކޯޗުކަމުން 1984 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެންގާ ބުންޏެވެ.

ވެންގާ، އާސެނަލް ދޫކޮށްލި ފަހުން އެ ޓީމުން އެންމެ ފުރަތަމަ ގެނައީ ސްޕެއިންގެ ކޯޗު އުނާއި އެމެރީ އެވެ. އެކަމަކު އޭނާ ވަކިކޮށް 2019 ވަނަ އަހަރު ޑިސެމްބަރު މަހު މިކޭލް އާޓެޓާ ވަނީ އާސެނަލް ކޯޗަކަށް ގެނެސްފަ އެވެ.

އާޓެޓާ ވަނީ ފުރަތަމަ އަށް މަސް ތެރޭ އާސެނަލްގައި ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ. އެކަމަކު، މި ސީޒަނުގައި ނަތީޖާތައް ދަށްވުމުން އާޓެޓާ އަށް މަގާމު ދެމެހެއްޓިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމު ފުރަމުން އަންނަ ވެންގާ އަންނަނީ ފުޓްބޯޅަ އަށް ގެންނަން ޖެހޭ އެކިއެކި ބަދަލުތަކާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން ފުޓްބޯޅައިގައި ހުރިހާ ބައްރަކަށް އޮންނަން ޖެހޭ ފުރުސަތުތައް ހަމަހަމަ އުސޫލަކުން ބޭއްވުމަށް ވެންގާ ގޮވާލާފައިވާއިރު، އެ ކަމަށް އެންމެ ބޮޑަށް ތާއީދުކުރަނީ އޭޝިއާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox