ހުޅުމާލެ ހަވާލުކުރަން ދެކޮޅު ހަދާތީ މޭޔަރުގެ ޝަކުވާ

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންނަށް ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ. -ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންނަށް ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ. -ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ގާނޫނުން ހުޅުމާލެ ހިމެނިފައިވީ ނަމަވެސް، އެތަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގެ ދަށުގައި އޮންނާތީ، ކައުންސިލުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްއެޅޭކަމަށް ވިދާޅުވެ، މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ޝަކުވާ އޮއްސާލައްވައިފި އެވެ.

މާލެ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންނަށް ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފަރުކޮޅުފުށި ހިއްކައި، އެޗްޑީސީގެ އެސެޓުތަކުގެ ތެރޭގައި ހިމެނި ނަމަވެސް، އަދިވެސް އެ ރަށްއޮތީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށެވެ.

އެގޮތުން، ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްތަކަކީ އެ ކައުންސިލެއްގެ ދަށުގައި އޮންނަ ރަށްތައް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement

ނަމަވެސް، އެކި ފަހަރު މަތިން ސަރުކާރުގައި އެދިގެން ވެސް ހުޅުމާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން ދެކޮޅު ހަދަމުންދާކަމަށް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.

އެކަމާ ގުޅުވައި މޭޔަރު ވިދާޅުވި ގޮތުގައި ގާނޫނުން ކައުންސިލުގެ މައްޗަށް މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލާޒިމުކޮށްފައިވީ ނަމަވެސް، ހުޅުމާލޭގައި އެ ހިދުމަތްތަކާއި މަސައްކަތްތައް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިނުވެ އެވެ.

"އެއްވެސް ގާނޫނީ ހަމައެއް މި އުޑުދަށަކު ނޯންނާނެ މިކަން ކުރަން ސިޓީ ކައުންސިލަށް ހުރަސްއަޅަންޖެހޭ. ތިމަންނާމެންގެ އިންޓާނަލް މީޓީންއެއްގަ އެކަން ކޮށްފަ އަންގާނަމޭ. އެހެން ނަމަވެސް ތާރީހު އައިއްސި. އަދިވެސް އެކަމެއް ނުކުރޭ،" މުއިއްޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މުއިއްޒު ވަނީ ގާނޫނުގެ ދަށުން ހުޅުމާލެއަށް ސިޓީ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މަސައްކަތްތަކުގެ ތަފްސީލު ވަކިވަކިން ހިއްސާކުރައްވައިފަ އެވެ.

އޭގެ ބޭނުމަކީ އެކަންކަމުގެ މައުލޫމާތު މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ސާފުވެފައި އޮތުން ކަމަށް މޭޔަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ އެ ބައްދަލުވުމުގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ހިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި ޕެޓިޝަނެއް ވެސް ވަނީ މޭޔަރަށް އަރުވައިފަ އެވެ.

އެ ޕެޓިޝަން ހުށަހެޅި ފަރާތުން ބުނީ އޭގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލައި 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގެ މުހިންމުކަން ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި ހިއްސާކުރާ މިންވަރު ހާމަވެއްޖެކަމަށް އޭނާ ފާހަގަކުރި އެވެ.

އޭނާގެ އިތުރުން، ރޭގެ ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ އެޗްޑީސީގެ ދަށުން މުނިސިޕަލް ހިދުމަތް ވަކިކޮށް ސިޓީ ކައުންސިލަށް ހަވާލުކުރުމަށް ގޮވާލައިފަ އެވެ.

އެގޮތުން، ބައެއް މަސައްކަތްތައް ކުރުމުގައި ދިވެހިންނާއި ބިދޭސީންނާ ދެމެދު އެޗްޑީސީން ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތު ވެސް ބައެއް މީހުން ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox