25 މިނިޓް ތެރޭ ހާލަންޑްގެ ހެޓްރިކެއް

Aug 8, 2021, 6:04 AM
ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބާލިން (އޮގަސްޓް 8) - ޖަރުމަނު ކަޕްގެ ފުރަތަމަ ބުރުގައި ރޭ އާލިން ބްރައުޓް ހާލަންޑް 25 މިނިޓް ތެރޭ ހެދި ހެޓްރިކާ އެކު ޑޯޓްމަންޑުން 3-0 އިން ތިން ވަނަ ޑިވިޝަނުގެ ވަހެން ވިއެސްބަޑެން ބަލިކޮށްފި އެވެ.

ޖަރުމަނު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޑޯޓްމަންޑް މި މެޗަށް ނުކުތްއިރު އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ހޫލިއަން ބްރަންޑްޓް އާއި ތޯމަސް މޮނިއޭ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހާލަންޑް، 21، ހޯދަން ގިނަ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް ޑޯޓްމަންޑުން ނިންމީ އޭނާ ނުވިއްކާށެވެ. ރޭގެ މެޗުގައި ހާލަންޑް ފުރަތަމަ ގޯލު ޖެހީ 26 ވަނަ މިނިޓްގައި މާކޯ ރެއުސް ދިން ބޯޅައަކުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ހާލަންޑް ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ އޭނާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ.

ހާލަންޑް، އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 51 ވަަނަ މިނިޓްގަ އެވެ. މިއީ އެމެރިކާގެ މިޑްފީލްޑަރު ޖިއޮވާނީ ރޭނާ ދިން މޮޅު ޕާހަކުން ހާލަންޑް ޖެހި ގޯލެކެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ޑޯޓްމަންޑަށް ސޮއިކުރި ފަހުން ހާލަންޑް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 60 މެޗުން 60 ގޯލު ޖަހައި 15 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޖަރުމަނު ކަޕްގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އާ ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން އާރްބީ ލައިޕްޒިގު ކުޅުނު ފުރަތަމަ މެޗުން ވަނީ ދެ ވަނަ ޑިވިޝަނުގެ ސޭންޑްހޯސެން އަތުން 4-0 އިން މޮޅުވެފަ އެވެ. ބަޔާ ލެވަކޫސަނުން ވަނީ ހަތަރު ވަނަ ޑިވިޝަނުގެ ލޮކޮމޯޓިވް ލައިޕްޒިގު އަތުން 3-0 އިން މޮޅުވެފަ އެވެ. އަދި ސްޓުޓްގާޓުން ވަނީ ހަތަރު ވަނަ ޑިވިޝަންގެ ޑިނަމޯ ބާލިން 6-0 އިން ބަލިކޮށްފަ އެވެ.

ޖަރުމަނު ކަޕްގައި ބަޔާން މިއުނިކް ކުޅެން ޖެހިފައި އޮތީ ފަސް ވަނަ ޑިވިޝަނުގެ ބްރެމާ އެސްވީއާ ދެކޮޅަށެވެ. ހުކުރު ދުވަހު ކުޅެން އޮތް އެ މެޗު ފަސްކުރަން ޖެހުނީ ބްރެމާ އެސްވީގެ ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox