ވެކްސިން ލިބިއްޖެ، އަމާޒަކީ އަންނަ މަހުގެ ނިޔަލަށް އެންމެންނަށް ދެ ޑޯޒު ޖެހުން: ރައީސް

ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ ކޮވިޝީލްޑް ވެކްސިން: ރާއްޖޭގެ އެންމެންނަށް ދެ ޑޯޒު ހަމަވާވަރަށް ވެކްސިން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި

ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ ކޮވިޝީލްޑް ވެކްސިން: ރާއްޖޭގެ އެންމެންނަށް ދެ ޑޯޒު ހަމަވާވަރަށް ވެކްސިން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި

ރާއްޖޭގައި ކޮވިޑް ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒު ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނެވިއްޖެ ކަމަށާއި އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ކޮވިޑާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން އިސްކޮށް, ރާއްޖޭގައި އުޅޭ ބިދޭސީން ވެސް ހިމެނޭ ގޮތަށް ތަފާތުކުރުމެއް ނެތި ހިންގި ޕްރޮގްރާމް މެދުކެނޑުނީ ވެކްސިންގެ ނުލިބުމުގެ ދަތިކަން ރާއްޖެ އަށް ކުރިމަތިވުމުންނެވެ.

އެކަމަކު އޭރު ވެސް ދުނިޔޭގެ ވެކްސިން ޖެހި ގައުމުތަކުގެ ނިސްބަތުން ރާއްޖެ އޮތީ ކުރީގަ އެވެ.

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގައި ވިދާޅުވި އުފާވެރި އެއް ވާހަކައަކީ ރާއްޖޭގެ އެންމެންނަށް ވެކްސިން ކަށަވަރުވެފައި ވުމެވެ. ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފުތާގެ ތެރޭގައި އަލުން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަމާޒަކީ, ރައީސް ވިދާޅުވި ގޮތުގައި, އެ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ އެންމެންނަށް ދެ ޑޯޒު ވެކްސިން ޖަހައި ނިންމުމެވެ.

މިއީ, ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް ވަރަށް މަތިވެރި ނަސީބެއް. ރައީސް

ރައީސް އެދިވަޑައިގަތީ އެންމެންނަށް ވެކްސިން ހަމަވެފައިވާ މި ދަނޑިވަޅުގައި ވީހާވެސް އަވަހަކަށް އެންމެން ވެކްސިން ފުރިހަމަ ކުރުމަށެވެ.

ކޮވިޑުގައި ހޭދަވީ ދަތި އުނދަގޫ ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި ވިސްނުން އަމާޒުކުރަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އާއްމު ދިރިއުޅުމުގައި ކުރިއަށް ދިއުންކަން ރައީސް ފާހަގަކުރެއްވި އެވެ. އެއާއެކު އިގްތިސާދުގެ ދުވެލި ބާރުކޮށް އާ ދިރުމަކަށް ވިސްނުންތެރި ކަން އިސްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ކޮވިޑު ފެތުރުނު ފަހުން ހޭދަވީ މުއްދަތުގައި ވަރުބަލި ކަމެއް ދޫދިނުމެއް ނެތި ސިއްހީ ހިދުމަތްތެރިންނާއި ފުލުހުންނާއި ސިފައިން އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ކޮށްދެމުން އަންނަ ގައުމީ ހިދުމަތް ރައީސް މިއަދު ވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑުގެ އުނދަގޫ ހާލަތުގައި ވެސް ސަރުކާޒުގެ އަމާޒަކަށް ވީ އަދި މަސައްކަތުގައި ދެމިތިބީ ހިދުމަތެއް އަދި އަސާސީ ބޭނުންތައް ހުއްޓާނުލުމަށެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގުޅިފައިވާ ސްޓޫޑަންޓް ލޯނާއި ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔަވައިދިނުން ފަދަ ތައުލީމާ ގުޅޭ ޕްރޮގްރާމްތަކާއި ވިޔަފާރި އާއި ބޯފެނާއި ނަރުދަމާ ގާއިމްކުރުމާއި ސިއްހީ ހިދުމަތްތައް ތަރައްގީކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

އޭގެފަހުން ރަޝިއާ ވެކްސިން ގަތުމަށް ވެސް ރާއްޖެ އިން މަސައްކަތްތަކެއް ކުރި އެވެ.

ސަރުކާރުން އުއްމީދުކުރި ގޮތަށް ވެކްސިން ލިބުމުގައި ތާށިވީ، ދުނިޔޭގައި ވެސް ގޯސްވެފައި އޮތް ކޮވިޑު ހާލަތާ އެކު ވެކްސިންގެ ދަތިކަން ކުރިމަތިވަމުންނެވެ.

އެޗްޕީއޭ އިން މީގެ ހަފުތާއެއްހާ ދުވަސްކުރިން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ފުރަތަމަ ޑޯޒް 318،756 މީހުން ފުރިހަމަކޮށްފައިވެ އެވެ. އޭގެތެރެއިން ދެ ވަނަ ޑޯޒު ޖަހާފައި ވަނީ 235،615 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox