ގައުމު ސަލާމަތްވާނީ ޔާމީނަށް ކަން އެމްޑީޕީން ވެސް ގަބޫލުކޮށްފި: އަދުރޭ

އަބްދުއްރަހީމް ޕީޕީއެމްގެ ޖަލްސާއެއްގައި: އޭނާ ވިދާޅުވީ ވެރިކަން ކުރާ ޕާޓީ އާއި ވާދަވެރިން ކޯލިޝަން ހެދުން ދެކޮޅު ޖެހޭ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް.

އަބްދުއްރަހީމް ޕީޕީއެމްގެ ޖަލްސާއެއްގައި: އޭނާ ވިދާޅުވީ ވެރިކަން ކުރާ ޕާޓީ އާއި ވާދަވެރިން ކޯލިޝަން ހެދުން ދެކޮޅު ޖެހޭ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް.

މި ވެރިކަމުގައި ގައުމަށް ދިމާވެފައި އޮތް ހާލަތުން ސަލާމަތްކޮށްދެވޭނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަން އެމްޑީޕީން ވެސް ގަބޫލުކޮށްފި ކަމަށާއި އިއްތިހާދުވެގެން ވެރިކަން ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެހެންވެ ކަަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އަދުރޭ ރައްދު ދެއްވީ، ގައުމު ސަލާމަތްކުރުމުގެ ކޯލިޝަނެއް އެމްޑީޕީ އާއި ޕީޕީއެމުން ހަދަން ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިގަތުމަށް ބޭނުންވާ ކަމަށް ނަޝީދު މިއަދު ވިދާޅުވުމުންނެވެ.

އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފައްދަން ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި އެމްޑީޕީ އަށް މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމާއި ޕީއެންސީއަށް އެންމެ ރަނގަޅު ގޮތް ނިންމާނީ އެ ކޯލިޝަނުންނެވެ. އިދިކޮޅު ލީޑަރު، ޔާމީންގެ ލީޑަޝިޕްގައި ކުރިއަށްދާ އެ ކޯލިޝަންގައި އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން ކަމަށް ވިދާޅުވި އެވެ.

އޭނާ "އަދަދު"އަށް ވިދާޅުވީ ޕީޕީއެމާއި އެމްޑީޕީއަކީ ވިސްނުމާއި ސިޔާސަތުތައް ދިމާނުވާ ދެ ޕާޓީ ކަމަށެވެ. އަދި އެމްޑީޕީއަކީ ވެރިކަންކުރާ މައި ޕާޓީއަށްވާ އިރު، ވާދަވެރި (ޕީޕީއެމް/ޕީއެންސީ)ން ސަރުކާރާ އެކު އިއްތިހާދުވުން ދެކޮޅު ޖެހޭ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީގައި، އިދިކޮޅު ޕާޓީގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ ހައްގުތައް ހޯދަން މަސައްކަތްކުރުން ކަމަށާއި އެ ކޯލިޝަން ދެމިތިބީ އެ މަސައްކަތުގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަޝީދާއި އެމްޑީޕީން ވެސް ގަބޫލުކޮށްފި ރައީސް ޔާމީން ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވެން ނެތް ކަން،" އަދުރޭ ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމާއި ޕީއެންސީއަށް ރަނގަޅު ގޮތް ނިންމާނީ އެ ކޯލިޝަނުން ކަމަށެވެ. އެއީ އެހެން ޕާޓީއެއްގެ ރައީސަކަށް ނުވަތަ އެހެން ޕާޓީއަކަށް އޮތް ބާރެއް، ޒިންމާއެއް އަދި ހައްގެއް ވެސް ނޫން ކަމަށެވެ.

"ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިޔާސަތުތައް ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ސިޔާސަތުތައް ކަން ސާބިތުކޮށްދެއްވައިފި،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރެއް އޮއްވައި ރައީސް ޔާމީންގެ އެހީއަށް އެދުމުން ދޭހަވަނީ ސަރުކާރު ފެއިލްވެއްޖެ ކަން އެމްޑީޕީން ވެސް ގަބޫލުކުރާ ކަމެވެ. ސަރުކާރަށް ގާނޫނީ ޒިންމާ އަދާނުކުރެވޭއިރު ސަރުކާރުން ވަކިވާން އެމްޑީޕީއަށް ކެރޭނެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ "ހިހޫތަނުން ކާން އުޅުމަކީ ރީތި ގޮތެއް ނޫން" ކަމަށެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް އެމަނިކުފާނު ކުރިން ދެއްކެވި ވާހަކަ އޮޅުންއަރާތީ ކަމަށް ވިދާޅުވެ ފޮނުއްވި މެސެޖުގައި އޮތީ، ޕީޕީއެމަށް ބަދަލުތަކެއް ގެނެވި އެ ގެނެވޭ ބަދަލުތަކަކީ އިންޑާއައުޓްގެ ފަލްސަފާ އާއި ދުރު އަދި ނަފްރަތުގެ ބިލަށް ތާއީދު ކުރާ، މިއުޒިކަށް ވެސް އެއްބަސްވެވޭ ބަދަލުތަކަކަށް ވާން ޖެހޭ ކަަމަށެވެ. އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެކު އެއްބަސްވެވޭ އެމްޑީޕީ/ޕީޕީއެމް އިއްތިހާދެއް އުފައްދުމަށް ބޭނުންވާ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

"..އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ދެކެމެވެ،" ރައީސް ނަޝީދުގެ މެސެޖުގައިވެ އެވެ.

އެކަމަކު ޔާމީންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ނަޝީދު ނުކުންނަވައި، ވެރިކަމުގައި ހެއްދެވި ގޯސްތަކާއި ގާނޫނާ ހިލާފު ކަންކަން ރާއްޖޭގައި އަލުން އިޔާދަވާން ބޭނުން ނުވާ ކަމަށް އެކި ވާހަކަފުޅުތަކުގައި ކުރިން ވިދާޅުވެފައިވެ އެވެ.

ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނެވުމުގައި ޔާމީން ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު، އޭގެ ކުރިން އެކުގައި ސިޔާސީ މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރެއްވުމުން، މީގެ ކުރިން ވެސް ޕީޕީއެމުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox