ޗެލްސީން ބޮޑު އަގުދީފައި ހާލަންޑް ގެންނަން މަސައްކަތް ކުރަނީ

Jul 13, 2021, 6:19 PM
ޗެލްސީން ބޮޑު އަގުދީފައި ހާލަންޑް ގެންނަން މަސައްކަތް ކުރަނީ

މިއުނިކް (ޖުލައި 13) - ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އިން ބޮޑު އަގުދީފައި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ގެންނަން ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެ ޓީމުން ޝޯޓްލިސްޓު ކޮށްފައިވާ ފޯވާޑުންނަކީ ޓޮޓެންހަމްގެ ހެރީ ކޭން އާއި ކުރިން ޗެލްސީ އަށް ކުޅުނު އަދި މިހާރު އިންޓަ މިލާންގައި ހުރި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަދި ހާލަންޑް އެވެ. މީގެ ތެރެއިން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެންމެ ގަޔާވަނީ ހާލަންޑް ގެންނަން ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަންނަ އަހަރު ހާލަންޑް ގަންނަނަމަ 70 މިލިއަން ޕައުން (96 މިލިއަން ޑޮލަރު) އަށް އެ ޑީލް ނިންމައިލެވޭނެ އެވެ. އެކަމަކު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 20 އަހަރުގެ ހާލަންޑް ގަންނަނަމަ މަދުވެގެން 200 މިލިއަން ޑޮލަރުގެ ފީއަކަށް ޑޯޓްމަންޑުން ޑިމާންޑް ކުރާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ހާލަންޑްގެ ސޮއި ހޯދާ ކްލަބެއްގެ އަތުން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ މަދުވެގެން 20 މިލިއަން ޑޮލަރުގެ ފީއެއް ނަގާނެ އެވެ. މަޝްހޫރު ކްލަބްތަކުން ހާލަންޑްގެ ޑީލަށް މި ފަހަރު ނޫނެކޭ ބުނީ ވެސް އެ ސަބަބާ ހުރެ އެވެ. ރައިއޯލާ ވަނީ ހާލަންޑްގެ ޑީލްގެ މަޝްވަރާތަކެއް ރެއާލާއި ބާސެލޯނާއާ އެކު ކުރިއަށް ގެންގޮސްފަ އެވެ.

އިނގިރޭސި އަދި ޖަރުމަނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ވިސްނަމުން އަންނަނީ 100 މިލިއަން ޑޮލަރުގެ އިތުރުން ދެ ކުޅުންތެރިން ޑޯޓްމަންޑަށް ހުށަހަޅައިގެން އެ ޓްރާންސްފާ ކުރިއަށް ގެންދާށެވެ. އެކަމަކު، އެ ގޮތަށް ޑޯޓްމަންޑުން އެ ޑީލް އެއްބަސްވުމުގެ ފުރުސަތު ކުޑަ އެވެ.

ގިނަ ކްލަބްތަކަކުން ކިޔޫ ހަދައިގެން ހާލަންޑްގެ ސޮއި ހޯދަން ބުރަކޮށް މަސައްކަތް ކުރަމުން ދަނިކޮށް ޑޯޓްމަންޑުން އޭނާ ގެންދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އޭރު ހާލަންޑް ކުޅެމުން އައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް 20 މިލިއަން ޔޫރޯގެ ފީއެއް ދައްކާފައިފަ އެވެ. ނޯވޭ އަށް އުފަން ހާލަންޑް ޑޯޓްމަންޑާ އެކު ސޮއިކުރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ޑޯޓްމަންޑަށް ސޮއިކުރުމަށް ފަހު ހާލަންޑް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 59 މެޗުން 57 ގޯލު ޖަހައި 15 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ޑޯޓްމަންޑާ އެކު ޖަރުމަނު ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox