ހުޅުމާލެއިން ބިން ވިއްކުން: މޭޔަރާއި އެޗްޑީސީގެ ހިޔާލު ތަފާތުވުމަކަށް

ހުޅުމާލެ: އެ އަވަށުން ބިން ވިއްކުމުގެ ކަންތަކުގައި މޭޔަރާއި އެޗްޑީސީގެ ހިޔާލު ތަފާތު--

ހުޅުމާލެ: އެ އަވަށުން ބިން ވިއްކުމުގެ ކަންތަކުގައި މޭޔަރާއި އެޗްޑީސީގެ ހިޔާލު ތަފާތު--

ނިކަމެތިންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައި ދިނުމުގެ ބަދަލުގައި، ހުޅުމާލެއިން މުއްސަދިންނަށް ބިން ވިއްކަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު "އަދަދު"އަށް ވިދާޅުވީ ސަރުކާރުން ގެދޮރުގެ މައްސަލަ ހައްލު ކުރަން އެކަށީގެންވާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. އެއާއެކު، ބޮޑު އަގުގައި މުއްސަދިންނަށް ހުޅުމާލެއިން ބިން ވިއްކަން އުޅުމުން އެކަމުގައި ތަރުތީބު އޮޅިފައިވާ ކަން އެނގޭ ކަމަށް ވިދާޅުވި އެވެ.

"ބޮޑު އަގުގައި ބިން ވިއްކީމައި ޔަގީނުން ވެސް އެތަންތަން ނުލިބޭނެ ނިކަމެތިންނަކަށް. އެ ލިބޭނީ ވިޔަފާރިވެރިންނަށް މުއްސަދިންނަށް. ނިކަމެތިންނަށް ހައްލެއް ހޯދައިދީފައި ދެން އެކަމާ އުޅެންވީ. އެހެން ނޫނިއްޔާ އާދައިގެ ރައްޔިތުންނަށް މާބޮޑު އުއްމީދެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

"ނިކަމެތިން ކައިރީގައި ބުނަނީ ނިމެނީއޭ. އަންނަނީއޭ. އެކަމަކު ދުވަހަކު ވެސް އެތަނެއް ނުއެއް ފެނޭ."

މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއޫއެއްގެ ތެރެއިން: ހުޅުމާލޭން މުއްސަދިންނަށް ބިން ވިއްކާތީ ކަންބޮޑުވުން ފާޅު ކުރެއްވި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއޫއެއްގެ ތެރެއިން: ހުޅުމާލޭން މުއްސަދިންނަށް ބިން ވިއްކާތީ ކަންބޮޑުވުން ފާޅު ކުރެއްވި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއޫއެއްގެ ތެރެއިން: ހުޅުމާލޭން މުއްސަދިންނަށް ބިން ވިއްކާތީ ކަންބޮޑުވުން ފާޅު ކުރެއްވި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

މުއިއްޒު ވިދާޅުވި ގޮތުގައި ގޯތިދޫކޮށް ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫތައް ހިންގާއިރު އިސްކަން ދޭން ޖެހޭނީ ނިކަމެތި ރައްޔިތުންނަށެވެ. އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިދެންނެވީކީ މަގުމައްޗަށް ނުކުންނަ ވާހަކައެއް ނޫން. ރީތި ގޮތުގައި ޕްރޮފެޝަނަލް ގޮތުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން މާލޭ ރައްޔިތުންގެ ހައްގުގައި،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްވަރު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މަސައްކަތް ކުރެއްވި އެވެ. އޭރު އެކަން ނުކުރެވުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަން ހުއްޓުވައިގެންނެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އޭރު މަސައްކަތް ކުރީ އަކަފޫޓެއް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށް ކަމަށާއި އޭގެ ސަބަބުން އާދައިގެ ރައްޔިތުންނަށް ވެސް ބިން ގަތުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް އެޗްޑީސީން މިހާރު މަސައްކަތް ކުރަނީ ބޮޑު އަގުގައި ބިން ވިއްކުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިސޯސް ތެރޭގައި އޮތް ތަނަކަށް ވީނަމަވެސް އެއްވެސް ކަމެއްގައި އެޗްޑީސީން މަޝްވަރާ ނުކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު "އަދަދު" އަށް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީން ބިން ވިއްކުމަކީ އަބަދުވެސް ޕްލޭންގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ބިން ވިއްކާނެ އަގުތަކާއި އިތުރު ކަންކަން ވެސް އަދި މުޅިން ފައިނަލް ނުވާ ކަމަށް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު: ވިދާޅުވީ ހުޅުމާލޭން އެކި ފަންތީގެ މީހުންނަށް މަޝްރޫތައް ހިންގާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު: ވިދާޅުވީ ހުޅުމާލޭން އެކި ފަންތީގެ މީހުންނަށް މަޝްރޫތައް ހިންގާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު: ވިދާޅުވީ ހުޅުމާލޭން އެކި ފަންތީގެ މީހުންނަށް މަޝްރޫތައް ހިންގާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މުއްސަދިންނަށް ބިން ވިއްކަން އުޅެނީ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުހައިލް ވިދާޅުވީ ހުޅުމާލޭގައި އެކި ފަންތީގެ މީހުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

"ސޯޝަލް ވެސް ވަކި ގިނަ ކަންކަން އެބަ ހިނގާ ދެއްތޯ؟ ހަމައެކަނި ގޯތި ވިއްކުމެއް ނޫން. ވަރަށް ފަހުން 1،000 ފްލެޓް އަޅަން ވެސް އަޅުގަނޑުމެން މި ބިންގާ އެޅީ. އެހެންވީމައި އެކި ފަންތީގެ ކަންކަން އެބަ ކުރިއަށް ދޭ،" ސުހައިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox