މިޝްކާގެ މަރުގެ ރިޕޯޓު ލަސްވަނީ ގިނަ ކަންކަން ބަލަންޖެހޭތީ: މިނިސްޓްރީ

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބުދަ ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބުދަ ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ

ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވުމުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީން ވެސް އެއްބަސްވެފައިވާއިރު، އެކަމާ ގުޅިގެން އިއްޔެ ނެރޭނެކަމަށް ބުނި ރިޕޯޓު ލަސްވަނީ އެ މައްސަލައިގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާތީ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް އާއިލާ އިން ދަނީ ދައްކަމުންނެވެ. ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

މިކަން ހިނގައިދިއުމުގައި އިހުމާލުތަކެއް ހުރި ކަމަށް ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގު ބުދަ ދުވަހުގެ ރޭގެ ދަންވަރު ނިންމައި، އިއްޔެ އާއްމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަދަދު"އަށް އެނގުނު ގޮތުގައި، އެ ރިޕޯޓުގައި ހުރި މައުލޫމާތުތައް ހިއްސާކުރަން އިއްޔެގެ ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވެސް ތައްޔާރުވި އެވެ.

ނަމަވެސް، އެކަމުގެ އެއްވެސް ހަބަރެއް ނުވެގެން ނޫސްވެރިންގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ވެސް ސުވާލު އުފައްދަމުން ދަނިކޮށް، މިއަދު ހެނދުނު ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިޝްކާގެ މަރާ ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މި މައްސަލައިގައި ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގާ،" މިނިސްޓްރީން ބުންޏެވެ.

އަދި މަސައްކަތް ކުރަމުންމިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށް އެ ޓްވީޓުގައި ބުނެފައިވެ އެވެ.

މިނިސްޓަރު ނަސީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ތަހުގީގު ނިމުމުން ހުރިހާ މައުލޫމާތެއް އާއްމުކޮށް ފިޔަވަޅު އަޅަން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އާއިލާ އިން ބުނެފައިވާ ގޮތުގައި މިޝްކާގެ ހާލު ދެރަވުމުން ތަކުރާރުކޮށް ގުޅީ އެޗްޕީއޭގެ 1676 އަށެވެ. މެޑިކަލް ޓީމު ދާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް ގިނައިރުތަކެއް ވި އިރު ވެސް އެމްބިއުލެންސް ނުފޮނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކުރެ އެވެ.

އިމާދުއްދީން ސްކޫލްގައި ކިޔަވާ މިޝްކާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަފުތާއެއްހާ ދުވަަސްކުރިންނެވެ. އޭނާގެ އިތުރުން މަންމަ އާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގަ އެވެ.

މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ތަހުގީގު ކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ވެސް ވަނީ އެ މައްސަލަ ބަލަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox