މިޝްކާ މަރުވި މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަނީ

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދު. -

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދު. -

ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވުމުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީން ވެސް އެއްބަސްވެފައިވާއިރު، އެކަމުގެ ހުރިހާ މައުލޫމާތެއް އެއްކޮށް، ކަމާގުޅޭ މުއައްސަސާތައް ހާޒިރުކުރަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް ހުރި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މިޝްކާގެ މަރާ ގުޅޭ މައުލޫމާތުތައް ހޯދަން ކަމާ ގުޅޭ މުއައްސަސާތަކުގައި އެދިފައިވާ ކަމަށެވެ.

އެގޮތުން، މިއަދު މެންދުރުގެ ވަގުތެއްގައި ހެލްތު މިނިސްޓްރީން ޖަވާބެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، އަދި މިހާތަނަށް އެ ޖަވާބު ލިބިފައިނުވާ ކަމަށް ޖީހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތުތައް ހޯދައި ހާދިސާ ހިނގައިދިޔަ ގޮތް ސާފުކުރުމުގެ ބޭނުމަކީ އެކަމުގައި ހުރި އިހުމާލުތައް ބަލައި، ނިޒާމުގައި ހުރި ބަލިކަށިކަން ދެނެގަނެ، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމެވެ.

"ހެލްތު މިނިސްޓްރީން އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ ފަހުގެ މައުލޫމާތަކީ އެކަމުގެ ތަހުގީގު ނިމި އާއްމު ކުރައްވާނެ ކަން. އެކަމަކު މިކަން އަޅުގަނޑުމެން ބެލުމުގެ ބޭނުމަކީ ކޮވިޑުން ކުޑަކުދިންނަށް އޮތް ރައްކާތެރިކަމަކީ ކޮބައިކަން ބެލުމާއި، ނިޒާމު ބައްޓަންވެފައިއޮތީ ކުޑަކުދިންނަށް ރައްކާތެރިކަން ލިބޭ ގޮތަށްތޯ ބެލުން،" ޖީހާން ވިދާޅުވި އެވެ.

ކުޑަކުދިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ރައްކާތެރިކަން ލިބޭގޮތަށް އެޗްޕީއޭއިން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ކުރެވޭތޯ އާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހުރިތޯ ބެލުމަކީ ވެސް ކޮމިޓީން މިކަން ބަލާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، އެ ހާދިސާއާގުޅޭ ގިނަ މައުލޫމާތުތަކެއް އަމިއްލަ ހައިސިއްޔަތުން އެއްކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް، އެ މައުލޫމާތު ކޮމިޓީގެ އެހެން މެމްބަރުންނާ ހިއްސާކުރައްވާނީ ކަމާގުޅޭ އިދާރާތަކުން މައުލޫމާތު ލިބުމުން، އެއާ އެކީގައި ކަމަށް ވިދާޅުވި އެވެ.

އެއާއެކު ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ހުށަހެޅުއްވީ އެ މައުލޫމާތުތައް ލިބުމުން، ވީއެންމެ އަވަހަކަށް ކަމާގުޅޭ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

އެ ހުށަހެޅުމަށް ރާއީ ތާއީދުކުރެއްވުމުން، ޖީހާން ވިދާޅުވީ ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމަކަށް އެކަން އެޖެންޑާ ކުރައްވާނެ ކަމަށެވެ.

މިޝްކާގެ ހާލު ކުއްލިއަކަށް ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

އެޗްއޯއީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތަހުގީގު ނިމުމުން ހުރިހާ މައުލޫމާތެއް ހާމަކޮށް އިހުމާލުވެފައިވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރޭގެ ނިޔަލަށް އެ ތަހުގީގު ނިންމައި އަޅާ ފިޔަވަޅުތައް ވެސް ހާމަކޮށް ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މިޝްކާގެ އިތުރުން، މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހ. ހުދުފިޔާގެ، ލިއުޝާ ޝާކިރުގެ މަރުގެ ހާދިސާ ވެސް ކޮމިޓީގެ މިއަދު ބައްދަލުވުމުގައި މެމްބަރުންގެ ސަމާލުކަމަށް ޖީހާން ގެންނެވި އެވެ.

އެގޮތުން، ލިއުޝާއަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ފަރާތެއްކަން އެނގިވަޑައިގެންފައިވާ ކަމަށާއި، އެހެންކަމުން އެންޑީއޭގެ އިތުރުން ކަމާގުޅޭ އެހެން އިދާރާތަކުން އެކަން ސާފުކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ލިއުޝާގެ މަރަކީ ވެސް ކަންބޮޑުވުންއޮތް ހާދިސާއެއް ކަން ފާހަގަކުރައްވައި، ކަމާގުޅޭ މުއައްސަސާތައް ހާޒިރުކޮށް މައުލޫމާތު ސާފުކުރަން ޔޫނުސް ހުށަހެޅުއްވުމުން، އެކަމަށް ރާއީ ތާއީދު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox