ކޮވިޑު މެނޭޖުނުކުރެވި ބިލިއަނުން ކުރި ހަރަދު ބޭކާރު: އިދިކޮޅު

ިނިމުނު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމަން އިދިކޮޅު ޕީޕީއެމް/ކޯލިޝަނުން ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ ލީޑަޝިޕް. -ފޮޓޯ: ހުސެއިން ވަހީދު އަދަދު

ިނިމުނު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމަން އިދިކޮޅު ޕީޕީއެމް/ކޯލިޝަނުން ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ ލީޑަޝިޕް. -ފޮޓޯ: ހުސެއިން ވަހީދު އަދަދު

ކޮވިޑުގެ މިހާލަތުގައި ސަރުކާރުގެ އިހުމާލުން މީހުން މަރުވަމުންދާކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ތަހުގީގުކޮށް އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

ކޮވިޑު ޖެހިގެން ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވި ކަމަށް ކުރާ ތުހުމަތާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް އާއިލާ އިން ދަނީ ދައްކަމުންނެވެ.

Advertisement

ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލަންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވި ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

އެކަމާ ގުޅިގެން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް މެނޭޖުކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ބައެއް މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއާއެކު ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ރޭގެ މަރާ ގުޅިގެން މިނިސްޓަރު މައާފަށް އެދިވަޑައިގެންފައިވާއިރު، ބަޔާނުގައި ބުނީ ފުރާނައެއް ގެއްލިގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީ އެންމެ އަވަހަށް ތަހުގީގުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މި ކޯލިޝަނުން ހަރުއަޑުން ގޮވާލަން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން 3.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާއިރު އެ ފައިސާ ހޭދަ ކޮށްފައިވަނީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫން ކަމަށެވެ.

ކޮވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ހާލަތަށް ރިއާޔަތްކޮށް ގާއިމް ކުރެވިފައި ނުވެ އެވެ.،-- ބަޔާން

ކޮވިޑް ކޮންޓްރޯލް ކުރުމުގައި މުޅި ސަރުކާރު ފެއިލް ވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކޮވިޑް މެނޭޖު ކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ކޯލިޝަނުން ގޮވައިލި އެވެ.

ކުޑަކުއްޖާ މަރުވި ހާދިސާގައި އިހުމާލުވާ ކަމަށް ތުހުމަތު ކުރާތީ ހެލްތު މިނިސްޓްރީންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ.

ކޮވިޑް ރާއްޖޭގައި ފެތުރުން އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox