ކުޑަކުއްޖާގެ މަރު: ފަރުވާ ލަސްވުން ކުށްވެރިކޮށް އެޗްއާރުސީއެމުން މައްސަލައިގެ ތެެރެއަށް ވަދެއްޖެ

ކޮވިޑުގައި މަރުވި މިޝްކާ: ފަރުވާ ލަސްވި ކަމަށް އާއިލާ އިން ކުރާ ތުހުމަތުތައް އެޗްއާރުސީއެމުން ވެސް އަންނަނީ ބަލަމުން.

ކޮވިޑުގައި މަރުވި މިޝްކާ: ފަރުވާ ލަސްވި ކަމަށް އާއިލާ އިން ކުރާ ތުހުމަތުތައް އެޗްއާރުސީއެމުން ވެސް އަންނަނީ ބަލަމުން.

ކޮވިޑު ޖެހި ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވި ކަމަށް ކުރާ ތުހުމަތާ ގުޅިގެން އެ މައްސަލަ ކުށްވެރިކޮށް، އެ ތަހުގީގުގެ ތެރެއަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަދެއްޖެ އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް އާއިލާ އިން ދަނީ ދައްކަމުންނެވެ. ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

އެމްބިއުލެންސް ފޮނުވި ވަގުތުގެ މައްސަލަ ބަލަން ފަށައި، ކުރިން އަމަލުކުރަމުން އަންނަ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވެ އެވެ.

Advertisement

އެޗްއާރުސީއެމުން ބުނީ "ބަލި މީހާ އަށް ލިބެން ޖެހޭ ހިދުމަތް އަވަސްމިނެއްގައި ފޯރުކޮށްނުދެވިގެން ފުރާނައެއް ނެތިދިއުން" ކުށްވެރިކުރާ ކަމަށެވެ. އެ ކޮމިޝަނުން އިލްތިމާސްކުރީ ކޮވިޑް-19ގެ ހާލަތުގައި ސިއްހީ ފަރާތްތަކުން ދޭންޖެހޭ ފަރުވާ ވީހާވެސް އަވަހަކަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށެވެ.

އާއިލާ އިން ބުނެފައިވާ ގޮތުގައި މިޝްކާގެ ހާލު ދެރަވުމުން ތަކުރާރުކޮށް ގުޅީ އެޗްޕީއޭގެ 1676 އަށެވެ. މެޑިކަލް ޓީމު ދާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް ގިނައިރުތަކެއް ވި އިރު ވެސް އެމްބިއުލެންސް ނުފޮނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކުރެ އެވެ.

އިމާދުއްދީން ސްކޫލްގައި ކިޔަވާ މިޝްކާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަފުތާއެއްހާ ދުވަަސްކުރިންނެވެ. އޭނާގެ އިތުރުން މަންމަ އާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގަ އެވެ.

ކޮވިޑުގައި ކުޑަ ކުއްޖަކު މަރުވިއިރު ރާއްޖޭގެ މިހާރުގެ ހާލަތުން ގިނަ އަދަދެއްގެ ކުޑަކުދިންނަށް މި ބަލި ޖެހި ބޮޑުވަރުވަމުންދާ ކަމުގެ ކަންބޮޑުވުން ޑޮކްޓަރުންގެ އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox