ޕޮޗެޓީނޯ ގޮސްފިނަމަ ޕީއެސްޖީން ބޭނުމީ ޒިދާން

May 29, 2021, 2:39 PM
މެޗެއްގެ ތެެރެއިން ޒިދާން (ކ) އާއި ޕޮޗެޓީނޯ.

މެޗެއްގެ ތެެރެއިން ޒިދާން (ކ) އާއި ޕޮޗެޓީނޯ.

ޕެރިސް (މެއި 29) - ޕީއެސްޖީގެ ކޯޗުކަން ދޫކޮށްލައި މައުރީސިއޯ ޕޮޗެޓީނޯ އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅެން ނިންމައިފިނަމަ ޕީއެސްޖީގެ ކޯޗަކަށް ޒިނެދިން ޒިދާން ގެންނަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޓޮޓެންހަމް ކޯޗުކަމުން 2019 ވަަަނަ އަހަރުގެ ނޮވެމްބަރު މަހު ވަކިކުރި ޕޮޗެޓީނޯ އަންނަނީ އަލުން އެ ޓީމާ ހަވާލުވާން މަޝްވަރާ ކުރަމުންނެވެ. އަދި ޓޮޓެންހަމުން ވެސް އަންނަނީ ޕީއެސްޖީއާ އެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން އުވާލެވޭނެ ގޮތަކާ މެދު އެ ކްލަބާ ވާހަކަ ދައްކަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ޕޮޗެޓީނޯ ޕީއެސްޖީއާ އެކު ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެެވެ. އެ އެއްބަސްވުމުގެ ވަކި މާއްދާތަކަކަށް ބަލައި ކޮންޓްރެކްޓް އުވާލެވޭ ގޮތެއް އޮވެ އެވެ. ޕޮޗެޓީނޯ އަށް މި ފަހަރު ޕީއެސްޖީއާ އެކު ކާމިޔާބުކުރެވުނީ ދެ ކަޕް މުބާރާތެވެ. ލީގު ދިފާއުކުރަން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. ފްރާންސްގެ ޗެމްޕިއަންކަން ހޯދީ ލިލް އިންނެވެ.

ފްރާންސް ލީގުގެ ތަށި ޕީއެސްޖީ އަށް ގެއްލުމުން އެ ކްލަބްގެ ބޯޑު މެމްބަރުންގެ މެދުގައި ޕޮޗެޓީނޯ މަގާމުން ދުރުކުރަން މަޝްވަރާ ކުރެވުނު ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ދި ޓެލެގްރާފުން ރިޕޯޓްކުރާ ގޮތުގައި ޕޮޗެޓީނޯ ގޮސްފިނަމަ ޕީއެސްޖީގެ އެއް ވަނަ ޓާގެޓަކީ ޒިދާން އެވެ. މި ސީޒަނަށް ފަހު ޒިދާން ވަނީ ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.

ބޮޑު ހަރަދުތަކެއްކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގު ހޯދަން ކުރާ މަސައްކަތުގައި އެ ޓީމަށް ބޭނުންވަނީ އެ މުބާރާތުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދާފައިވާ ކޯޗެކެވެ. ޒިދާން ވަނީ ރެއާލާ އެކު ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އަނެއްކޮޅުން ޕީއެސްޖީން އެ ޓީމުގެ ތަރި ކީިލިއަން އެމްބާޕޭ ކްލަބްގައި ބަހައްޓަން ކުރާ މަސައްކަތުގައި ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ޒިދާނާ އެ ޓީމު ހަވާލުކުރުމެވެ. ޕީއެސްޖީން އަންނަނީ އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ.

ޒިދާން އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ފެނުނީ ރެއާލުން އެކަންޏެވެ. އެންމެ ފުރަތަމަ 2014 އިން 2016 އަށް ކޯޗުކޮށްދިނީ ރެއާލް ބީ ޓީމަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ރެއާލްގެ ސީނިއާ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވުމަށް ފަހު އެ ޓީމަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ދެ ފަަހަރު ހޯދައިދިނެވެ. އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރިއިރު، 2018 ވަނަ އަހަރުގެ ޖޫން މަހު ރެއާލް ކޯޗުކަމުން ކުއްލިއަކަށް ޒިދާން ވަކިވި އެވެ.

އެ ފަހަރު ރެއާލުން ޒިދާންގެ ބަދަލުގައި ފުރަތަމަ ގެނައި ކޯޗު ހުލެން ލޮޕެޓެގީ ތިން މަސް ތެރޭ ވަކިކުރިއިރު ދެން އެ ޓީމާ ހަވާލުވި ސަންޓިއާގޯ ސޮލާރީ އަށް ވެސް މާ ރަނގަޅު މަސައްކަތެއް ނުކުރެވުނެވެ.

ޒިދާން އަލުން ރެއާލާ ހަވާލުވީ މަގާމު ދޫކޮށްލިތާ އަށް ވަރަކަށް މަސް ފަހުން 2019 ވަނަ އަހަރުގެ މާޗް މަހު އެވެ. އެ ޓީމާ ހަވާލުވެ ޒިދާނަށް ހޯދުނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގާއި ސުޕަ ކަޕް އެވެ. މި ސީޒަނުގައި ރެެއާލް ނިންމާލަން ޖެހުނީ ތަށްޓެއް ނުލިބި އެވެ. މިއީ 2011 ވަނަ އަހަރުގެ ފަހުން ރެއާލް ތަށްޓެއް ނުލިބި ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox