ކަވާނީ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

May 10, 2021, 7:28 PM
 ކަވާނީ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

މެންޗެސްޓާ (މެއި 11) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އުރުގުއޭ ގައުމީ ޓީމުގެ ފޯވާޑް އެޑިންސަން ކަވާނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އަހަރަކަށް އާ ކޮށްފި އެވެ.

އުމުރުން 34 އަހަރުގެ ކަވާނީ މި ސީޒަނުގައި އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ގުޅުނީ ސެޕްޓެމްބަރު މަހު އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އަހަރަކަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮވެ އެވެ. ޔުނައިޓެޑުން ކޮންޓްރެކްޓް އާ ކުރީ އެ ފުރުސަތުގެ ބޭނުން ހިފައިގެންނެވެ.

"މި ކްލަބާ މެދު ވަރަށް ބޮޑު ގާތް ކަމެއް އުފެދިއްޖެ. ޓީމުގެ ކުޅުންތެރިންނާއި ކްލަބްގެ ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރާ މީހުންނާ ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ. އެހެންވެ އަހަރެން ބޭނުންވީ މަޑުކުރަން،" ކަވާނީ ބުންޏެވެ.

ދާދި ފަހުން ކަވާނީގެ ބައްޕަ ލުއިސް ބުނީ ކަވާނީ އިންގްލެންޑްގައި ހުރީ ހިތްހަމަނުޖެހިފައި ކަމަށާއި އޭނާ ހުރީ ދެކުނު އެމެރިކާ އަށް އަންނަން އޭނާ ބޭނުންވެފައި ކަމަށެވެ. އެހެންވެ ކަވާނީ ޔުނައިޓެޑާ އެކު އިތުރު އެއްބަސްވުމެއް ނަހަދައި އާޖެންޓީނާގެ ބޮކަ ޖޫނިއާސް އަށް ބަދަލުވެދާނެ ކަމަށް ބެލެވުނު ނަމަވެސް ޔުނައިޓެޑްގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުމުގެ ނަތީޖާ އަކަށްވީ އޭނާ އެ ޓީމުގައި މަޑުކުރުމެވެ.

ކުރިން ނަޕޯލީ އާއި ޕީއެސްޖީ އަށް ކުޅުނު ކަވާނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 35 މެޗުން ވަނީ 15 ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ޖެހި އަށް ގޯލު ހިމެނެ އެވެ.

ޔުނައިޓެޑުން ކަވާނީ މަޑުކުރުވީ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއެޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox