ބަކެޓް ލިސްޓް: ކޮވިޑަށް ފަހު ފިޔޯރީ އަށް!

ބަކެޓް ލިސްޓް: ކޮވިޑަށް ފަހު ފިޔޯރީ އަށް!

ކޮވިޑުގެ ހާލަތު މައިތިރިވުމުން، ތާޒާ ވެލަން ދާންވީ ރަށްރަށުގެ ލިސްޓެއް މިހާރުއްސުރެ ހަދާނަމަ އެންމެ ކުރިއަށް ލާންވީ އެއް ރަށަކީ ގދ އަތޮޅު ފިޔޯރީ އެވެ. އަތޮޅުގެ އެންމެ ދެކުނަށް، އައްޑޫ އާއި ފުވައްމުލަކާ ދިމާލަށް ބޭރަށް ނިކުމެފައި އޮންނަ ފިޔޯރީ އަކީ އެ އަތޮޅުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ކޮންކްރީޓް ތަރައްގީ އެހާ ބޮޑަށް ނުފެތުރި އޮތް އެއް ރަށެވެ. މާ ސިންގާ ފަޅެއްގައި ފަސޭހައިން ހިނގާފައި ދެވޭ އެތައް ފަޅު ރަށްތަކެއްގެ މެދުގައި އޮންނަ ފިޔޯރީ އަކީ ގުދުރަތީ ރީތިކަން ބަލާލައި ޗުއްޓީ ހޭދަކޮށްލަން ދާ މީހުންނަށް "މަރަކަށް" ވާނެ އެވެ.

މި ގެނެސްދެނީ ފިޔޯރީ އަށް ޗުއްޓީ ހޭދަކޮށްލަން ދާ މީހަކަށް އެރަށުގައި ފޫހި ނުވެ އާދަޔާ ހިލާފު ޗުއްޓީއެއް ހޭދަކޮށްލަން ކުރެވިދާނެ ބައެއް ކަންތައްތަކާއި ރަށުގައި ހުރި ބައެއް ފުރުސަތުތަކެވެ.

ގދ ފިޔޯރީ ގެ ބޮޑު ކުޅި އާ ދިމާލުން ރަށް މަތިން ނަގާފައިވާ ފޮޓޯ އެއް - ފޮޓޯ: އަހުމަދު އާސިފް
ގދ ފިޔޯރީ ގެ ބޮޑު ކުޅި އާ ދިމާލުން ރަށް މަތިން ނަގާފައިވާ ފޮޓޯ އެއް - ފޮޓޯ: އަހުމަދު އާސިފް

ގދ ފިޔޯރީ ގެ ބޮޑު ކުޅި އާ ދިމާލުން ރަށް މަތިން ނަގާފައިވާ ފޮޓޯ އެއް - ފޮޓޯ: އަހުމަދު އާސިފް

ފިޔޯރީ އަށް ދާނެ ގޮތް

މާލޭގައި ހުރެފައި ފިޔޯރީއަށް ދެވެން އޮންނާނީ ދެ ގޮތެކެވެ. ނާލު ބޯޓެއްގައި ފިޔޯރީއަށް ދެ ރެއާއި ދެ ދުވާލުން ހެޔޮ އަގެއްގައި ދަތުރު ކޮށްލެވޭނެ އެވެ. މަތިން ދާނަމަ، ޓިކެޓެއްގެ އަގު އުޅޭނީ، 900ރ އާއި 1500 އާ ދެމެދުގަ އެވެ. ރަށާއި އެންމެ ގާތަށް އޮންނާނީ ކާޑެއްދޫ އެއާޕޯޓެވެ.

ފުވައްމުލަކު ސިޓީ އާއި ފިޔޯރީ އާއި ދެމެދު ހަފްތާއަކު ދެ ދުވަހު ލޯންޗު ދަތުރު އޮވެ އެވެ. އެއްކޮޅު ޓިކެޓެއްގެ އަގަކީ 500ރ އެވެ. ފުވައްމުލަކުން ފިޔޯރީ އަށް ލޯންޗުގައި 45 މިނިޓުން ދެވޭނެ އެވެ.

އައްޑޫ އިން ފިޔޯރީ އަށް ދާނަމަ 750 ރ އަށް ލޯންޗެއްގައި ދެވޭނެ އެވެ. ގަމުން ކާޑެއްދޫ އަށް ފްލައިޓް ދަތުރު އޮންނާތީ، މަތިން އަންނަން ބޭނުންވާ މީހުންނަށް އެއީ ވެސް ގޮތެކެވެ.

ފިޔޯރީގެ ތުނޑި އޮންނަ ދިމާލު މޫދު
ފިޔޯރީގެ ތުނޑި އޮންނަ ދިމާލު މޫދު

ފިޔޯރީގެ ތުނޑި އޮންނަ ދިމާލު މޫދު

ކާޑެއްދޫ އިން ފިޔޯރީ އަމިއްލަ އަށް ލޯންޗެއް ކުއްޔަށް ހިފައިގެން ދާނަމަ ހޭދަވާނެ ކަމަށް ބެލެވެނީ 1600 ވަރަކަށް ރުފިޔާއެވެ. އެކަމަކު ޕްރޮވިންސް ފެރީ އޮންނަ ދުވަހަކާ ދިމާކޮށްފައި ދަތުރުކުރާނަމަ، 25 ރުފިޔާ އަށް ހަތަރު ގަޑި އިރުން ކާޑެއްދޫ އިން ފިޔޯރީ އަށް ދެވޭނެ އެވެ.

ލޯންޗުގައި އަގުހެޔޮކޮށް އަންނަން ބޭނުން ނަމަ، ކާޑެއްދޫ އިން ފިޔޯރީ އަށް އޮންނަ ފެރީ ލޯންޗުގައި ވެސް ރަށަށް ދެވެނެ އެވެ. އޭރުން އަތުން ދައްކަން ޖެހޭނީ 260 ރުފިޔާ އެވެ.

ގޭގެއިން ކޮޓަރި ކުއްޔަށް ދޫކުރާ އަގުތައް

ފިޔޯރީގައި މިވަގުތު އޮޕަރޭޝަނުގައި ގެސްޓް ހައުސް އެއް ނެތެވެ. އެކަމަކު ޗުއްޓީ ހޭދަކުރަން އަންނަ މީހުން ތިބުމަށް ވަރަށް ގިނަ ގެތަކުން ކުއްޔަށް ކޮޓަރި ދޫކުރެ އެވެ. އޭސީ ކޮޓަރިއެއް ކުއްޔަށް ދޫކުރަނީ ދުވާލަކަށް 450 ރުފިޔާ އަށެވެ. އޭސީ ނުކުރާ ކޮޓަރިއެއް ނަމަ 350 ރުފިޔާގެ އަގަކަށް ލިބޭނެ އެވެ.

ފިޔޯރީގެ ބޮޑު ކުޅި: މިއީ ހުވަދު އަތޮޅުން ފެންނާނެ އެންމެ ބޮޑު އަދި އެންމެ ރީތި އެއް ކުޅި
ފިޔޯރީގެ ބޮޑު ކުޅި: މިއީ ހުވަދު އަތޮޅުން ފެންނާނެ އެންމެ ބޮޑު އަދި އެންމެ ރީތި އެއް ކުޅި

ފިޔޯރީގެ ބޮޑު ކުޅި: މިއީ ހުވަދު އަތޮޅުން ފެންނާނެ އެންމެ ބޮޑު އަދި އެންމެ ރީތި އެއް ކުޅި

ރަށުގައި ހުރި ހިތްގައިމު ސައިޓު ތަކާއި ކުރެވިދާނެ ބައެއް ކަންކަން

ފިޔޯރީ އަކީ ގުދުރަތީ ހިތްގައިމުކަން ތަޖުރިބާކޮށްލަން ދާ މީހަކަށް ހުސްނުވާ ފުރުސަތު ތަކެއް އޮތް ރަށެކެވެ. އެރަށުގެ ބޮޑު ކުޅި އަކީ ރާއްޖޭގެ ރަށަކުން ފެންނާނެ އެންމެ ބޮޑު އެއް ކުޅި އެވެ. ގދ އަތޮޅުގެ މީހުން ދިރިއުޅޭ އެ އަތޮޅު ރަތަފަންދޫ އާއި ނަޑެއްލާ އާއި މަޑަވެއްޔާއި އެއް ފަޅެއްގައި އޮންނަ ފިޔޯރީ އިން މަޑަވެއްޔާ ހަމައަށް ހިނގާފައި ދެވޭނެ އެވެ. އެހެންކަމުން އެ ދެމެދުގައި ހުރި ފަޅު ރަށްތަކަށް އެރަށުން ފަސޭހައިން ހިނގާފައި ދެވޭނެ އެވެ.

ކުޅީގައި ބަޔަކު ކެނޯ ދުއްވަނީ: މިއީ މިރަށަށް ޗުއްޓީ ގހޭދަކޮށްލަން އަންނަ މީހުންގެ މެދުގައި މަގުބޫލު ކަމެއް
ކުޅީގައި ބަޔަކު ކެނޯ ދުއްވަނީ: މިއީ މިރަށަށް ޗުއްޓީ ގހޭދަކޮށްލަން އަންނަ މީހުންގެ މެދުގައި މަގުބޫލު ކަމެއް

ކުޅީގައި ބަޔަކު ކެނޯ ދުއްވަނީ: މިއީ މިރަށަށް ޗުއްޓީ ގހޭދަކޮށްލަން އަންނަ މީހުންގެ މެދުގައި މަގުބޫލު ކަމެއް

ފޮޓޯ: އަހުމަދު އާސިފް
ފޮޓޯ: އަހުމަދު އާސިފް

ފޮޓޯ: އަހުމަދު އާސިފް

ރާއްޖޭގެ އެންމެ ތަފާތު އެއް ރަށުގެ ގޮތުގައި ފާހަގަކޮށް، ހިމާޔަތް ކޮށްފައިވާ ދިގު ލާބަދޫ އަށް ފިޔޯރީ އިން ޑިންގީ ގައި ހަތަރު ވަރަކަށް މިނިޓުން ދެވޭނެ އެވެ.

ފިޔޯރީ އަށް ލިބިފައިވާ އެންމެ ހާއްސަ އެއް ސިފަ އަކީ އެ ރަށުގެ ޗަސްބިންތަކެވެ. ރަށުގެ މެދު ތެރޭގެ ބޮޑު ސަރަހައްދަކަށް ދެމިލައިފައި އޮންނަ ޗަސްބިންތަކުގައި ކާބަފައިންގެ ޒަމާނުއްސުރެ އޮޅު އަލަ ހައްދައި އުޅެ އެވެ. މި ޗަސް ބިންތަކުގައި އަލައިގެ އިތުރަށް ދިވެހި ކުނާ ވިޔަން ބޭނުންކުރާ ހައު ހައްދަ އެވެ. ރާއްޖޭން ހައު ލިބެން ހުންނަ ހަމައެކަނި ރަށަކީ ވެސް ފިޔޯރީ އެވެ.

ފިޔޯރީގެ އަލަ އޮޅު - ފޮޓޯ: އަހުމަދު އާސިފް
ފިޔޯރީގެ އަލަ އޮޅު - ފޮޓޯ: އަހުމަދު އާސިފް

ފިޔޯރީގެ އަލަ އޮޅު - ފޮޓޯ: އަހުމަދު އާސިފް

ފޮޓޯ: އަހުމަދު އާސިފް
ފޮޓޯ: އަހުމަދު އާސިފް

ފޮޓޯ: އަހުމަދު އާސިފް

އާބާދީގެ 500 އެއްހައި މީހުން ދިރިއުޅޭ ފިޔޯރީ އަކީ ބިމުގެ ގޮތުން ތަނަަވަސް ރަށެކެވެ. އެރަށުގެ ބިމުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށް އޮންނަނީ ވަލެވެ. ރަށުގެ ބޮޑު ބައެއް ދަނޑުވެރިކަމަށް ވެސް ބޭނުންކުރެ އެވެ.

ފޮޓޯ: އަހުމަދު އާސިފް
ފޮޓޯ: އަހުމަދު އާސިފް

ފޮޓޯ: އަހުމަދު އާސިފް

ފިޔޯރީގެ ތުނޑި އާއި ފުއްޓަރު ފަރާތުން މޫދުން ބޭރަށް ދެމިލައިފައި އޮންނަ ގުދުރަތީ ތޮއްޓާއި ރަށް ވަށައިގެން ހުރި ރަށްތަކާއެކު ސަންސެޓް ފެންނަ ހިތްގައިމު މަންޒަރުތަކަކީ ކޮންމެހެން ބަލައިލަން "އަރާމު" މަންޒަރުތަކަކަށް ވާނެ އެވެ. އެހެންވީމަ އެންމެ އަވަހަށް ދެން ދަތުރެއް ރާވަންވީ ފިޔޯރީ އަށެވެ.

ފިޔޯރީގެ ހުޅަނގު ފަރާތު ބީޗުން އިރު އޮއްސޭ މަންޒަރު ފެންނަ ފޮޓޯ އެއް
ފިޔޯރީގެ ހުޅަނގު ފަރާތު ބީޗުން އިރު އޮއްސޭ މަންޒަރު ފެންނަ ފޮޓޯ އެއް

ފިޔޯރީގެ ހުޅަނގު ފަރާތު ބީޗުން އިރު އޮއްސޭ މަންޒަރު ފެންނަ ފޮޓޯ އެއް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox