ނިންމުން ބަދަލުކޮށް ކަވާނީ ޔުނައިޓެޑްގައި މަޑުކުރަނީ

May 1, 2021, 10:20 AM
ޔުނައިޓެޑްގެ ފޯވާޑް އެޑިންސަން ކަވާނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ފޯވާޑް އެޑިންސަން ކަވާނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 1) - މެންޗެސްޓާ ޔުނައިޓްގެ ފޯވާޑް އެޑިންސަން ކަވާނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް ޔުނައިޓެޑްގައި މަޑުކުރަން ވިސްނަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޕީއެސްޖީ ދޫކޮށްލުމަށް ފަހު ނުކުޅެ ދުވަސްތަކެއް ހުރުމަށް ފަހު އުމުރުން 34 އަހަރުގެ ކަވާނީ މި ސީޒަނުގައި އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ގުޅުނީ ސެޕްޓެމްބަރު މަހު އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އަހަރަކަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަމަވެސް ދާދި ފަހުން ކަވާނީގެ ބައްޕަ ލުއިސް ބުނީ ކަވާނީ އިންގްލެންޑްގައި ހުރީ ހިތްހަމަނުޖެހިފައި ކަމަށާއި އޭނާ ހުރީ ދެކުނު އެމެރިކާ އަށް އަންނަން އޭނާ ބޭނުންވެފައި ކަމަށެވެ.

ލުއިސްގެ އެ ވާހަކަތަކަށް ފަހު އުރުގުއޭ އާއި އާޖެންޓީނާގެ މީޑިއާތަކުން ވަނީ ކަވާނީ އާޖެންޓީނާގެ ބޮކަ ޖޫނިއަސް އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 33 މެޗުން ކަވާނީ ވަނީ 12 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ގޯލަކީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރޯމާ އަތުން 6-2 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ޖެހި ދެ ގޯލެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ރޯމާ ކޮޅަށް ޖެހި މި ދެ ގޯލާ އެކު ކަވާނީ ވެފައިވަނީ ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގެ އެއް މެޗެއްގައި ދެ ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. ކުރިން މި ރެކޯޑް އޮތީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި އޭސީ މިލާން ކޮޅަށް ދެ ގޯލު ޖެހި ޕީއެސްވީގެ ފިލިޕް ކޮކޫ އަތުގަ އެވެ.

ރޯމާ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ކަވާނީ މަޑުކުރުވަން ޔުނައިޓެޑުން ކުރެވޭނެ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ގޮތެއް ނިމިގެންދާނެ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ކަވާނީ މިހާރު ނިންމާފައިވަނީ އިތުރު އެއް އަހަރަށް ޔުނައިޓެޑްގައި މަޑުކުރާށެވެ.

މީގެ ކުރިން ކަވާނީ ޔުނައިޓެޑްގައި މަޑުނުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ މި ސީޒަނުގެ ކުރީކޮޅުގައި ސޯޝަލް މީޑިއާގައި ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދިން ކަމަށް ބުނެ، ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމުންނެވެ. އެއީ ކަވާނީ އޭނާގެ ގާތް ރަހުމަތްތެރިއަކަށް ނިސްބަތްކޮށް އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި ކަވާނީ އަށް ދިން އަދަބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox