ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ނަގަނީ

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންނާއި، ސިއްހީ ބައެއް މާހިރުންގެ ހިޔާލު ހޯދަން ބޭއްވު ބައްދަލުވުން. -- ފައިލް ފޮޓޯ: މަޖިލިސް

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންނާއި، ސިއްހީ ބައެއް މާހިރުންގެ ހިޔާލު ހޯދަން ބޭއްވު ބައްދަލުވުން. -- ފައިލް ފޮޓޯ: މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ފާސްކޮށްފި އެވެ.

އާއްމު ސިއްހަތުގެ ގާނޫނު މިހާރު ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ލަފާގެ މަތިން ހެލްތު މިނިސްޓަރެވެ. އަދި މިހާރު ގާނޫނު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސް ކުރާކަށް ނުޖެހެ އެވެ.

ރައީސް އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ފާސް ކުރަން ޖެހޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފާސް ކުރަން ނުޖެހޭތީ އޭރުވެސް މަޖިލީހުގެ މެމްބަރުން ގެންދެވީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރާއްޖެ އޮތީ އެފަދަ ހާލަތެއްގައި ނޫން ކަމަށް ބުނެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންވެ އާއްމު ސިއްހަތުގެ ގާނޫނަށް މިދިޔަ އަހަރުގެ ޖުލައި މަހު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ. އިސްލާހުތަކެއް އެ ގާނޫނަށް ގެންނަން ޖުޑީޝަރީ ކޮމެޓީން ފާސްކޮށް މިދިޔަ ބުދަ ދުވަހު ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ނަގަނީ-- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ނަގަނީ-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ނަގަނީ-- ފޮޓޯ: މަޖިލިސް

އޭގެ ތެރެއިން ފުރަތަމަ އިސްލާހުގައި ބުނަނީ އާއްމު ސިއްހަތަށް ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެ ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ލިބިގެންވަނީ ރައީސަށް ކަމަށެވެ. އެހާލަތު އަތުވެއްޖެ ނަމަ ހެއްކާ އެކު އެކަން ހެލްތު މިނިސްޓަރަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ހުށަހަޅަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ. އަދި މިނިސްޓަރަށް ދޭ އެ ލަފާ ވަގުތުން ރައީސަށް ދޭން ވާނެ ކަމަށް އިސްލާހުގައި ބުނެ އެވެ.

އެގޮތަށް ގާނޫނު ބަދަލު ކުރާ ސަބަބެއް ކަމަށް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ކަމާގުޅުންހުރި މިނިސްޓަރު އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ބަދަލުގައި، ގާނޫނު އަސާސީގެ 253 ވަނަ މާއްދާއިން އެއީ ރައީސަށް ލިބިދީފައިވާ ބާރެއްކަމަށްވާތީ ކަމަށެވެ.

އެގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ އެހެން ކުއްލި ނުރައްކަލުގެ ހާލަތްތަކެކޭ އެއްގޮތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް މަޖިލީހުން ފާސް ކުރަން ޖެހޭނެ އެވެ.

ގާނޫނު އަސާސީ ބުނަނީ ރައީސް ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރައްވާތާ 48 ގަޑިއިރުގެ ތެރޭގައި މަޖީލީހަށް އެ ގަރާރު ހުށަހަޅައި ފާސް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ބާރު އޮންނާނީ މަޖިލީހަށެވެ.

ސިއްހީ މާހިރުންގެ ކަންބޮޑުވުން

މަޖިލީހުން ފާސް ކުރަން ޖެހޭ ކުއްލި ނުރައްކަލުގެ ހާލަތުތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިމަނަން މަސައްކަތް ފެށުމުން ސިއްހީ ތަޖުރިބާކާރުން އޭރުވެސް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ފަންނީ ކަމެއްގެ ތެރެއަށް މަޖިލީހުން ވަނުން ކަމަށް ސިއްހީ ބައެއް ތަޖުރިބާކާރުން ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރު، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް، "އަދަދު" އަށް މިއަދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅުމަކީ ޓެކްނިކަލް ކަމަކަށްވާއިރު އެކަން ކުރަންވާނީ ސިއްހީ ދާއިރާގެ މީހުން ކަމަށެވެ. މަޖިލީހުން ކުރާނަމަ ކުރަންވީ ކަމަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅުމުގެ ގައިޑްލައިންތަކެއް ފާސް ކުރުން ކަމަށް އަފްއާލް ވިދާޅުވި އެވެ.

މި ކަންތައްތަކަކީ މަޖިލީހުން ފާސްކޮށް ރައީސްގެ ގަރާރެއް ނެރެންވެއްޔާ އެއީ ވަގުތު. އެހެންވީމައި ލިޔެވިފައި ރަނގަޅު ގައިޑްލައިންތަކެއް އޮންނަން ޖެހޭ. މަޖިލީހުން ފާސްނުވެގެން ހެލްތު އެމަޖެންސީ ފާސް ނުކުރެވި އޮވެއްޖެނަމަ ދަތިތައް ކުރިމަތިވާނެ. އެހެންވީމަ އެބަ ޕްރޮސެސް ދިގުވޭ، -- އަފްއާލް

ސިއްހީ ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޖުޑީޝިއަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) "އަދަދު" އަށް ވިދާޅުވީ މިހާރު އޮތްގޮތުން ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ ހެލްތު މިނިސްޓަރު ކަމަށް ވާތީ އެއީ މިހާރުވެސް ސިޔާސީ މީހުން މެދުވެރިކޮށް ކުރާ ކަމެއް ކަމަށެވެ. ގާނޫނުއަސާސީ ބުނާގޮތުން ހުރިހާ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރަން ޖެހޭނީ ރައީސް ކަމަށް އިންތި ވިދާޅުވި އެވެ.

ފފފ
ފފފ

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު. -- ފޮޓޯ: އެޗްޕީއޭ

ރައީސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މަޖިލީހުން އެކަން ފާސް ކުރާގޮތަށް ބަދަލު ކުރުމުން މިހާރަށް ވުރެ ރަނގަޅަށް ހާލަތު ބަލައި ގޮތް ކަނޑައެޅޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

މިއީ ގައުމީ މަސްލަހަތާ ގުޅުން އޮތް ކަމެއް. މަޖިލީހުން އެކަން ފާސްކުރާނީ ސިއްހީ މާހިރުންގެ ލަފާ ހޯދައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި. -- އިންތި

އޭގެ އިތުރުން މަޖިލީހަށް އިތުރު ބާރުތަކެއް ލިބޭގޮތަށް އިތުރު އިސްލާހުތަކެއް ވެސް ގާނޫނަށް ގެންނަން ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުގައި ހަރަދު ކުރުމަށް ހިމަނާފައިވާ އަދަދަށްވުރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރަން ޖެހޭ ހަރަދުބޮޑުވާނަމަ އެކަމުގެ ތަފުސީލް މަޖިލީހަށް ދޭން ޖެހޭނެ ކަމަށް ވެސް އިސްހާލުގައި ބުނެ އެވެ. އަދި މަޖިލީހުން ހުއްދަ ކުރާ މިންވަރަކަށް ކަނޑައަޅާ ވަކި އުސޫލެއްގެ މަތިން ނޫނީ ފައިސާ ބޭނުން ކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެ އެވެ.

އެ އިސްހާލު ގެންނަ ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައިވަނީ ހަރަދު ކުރާގޮތް ބަލައި ކަމާ ގުޅުންހުރި މީހުން މަޖިލީހަށް ޖަވާބުދާރީ ކުރުމަށް މަގުފަހި ކުރުމެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހާ ތަފްސީލުތަކާއި ރިޕޯޓްތައް އާއްމުންނަށް ލުއިފަސޭހަކޮށް ލިބޭނެހެން ގެޒެޓް ކުރަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox