ސަސް އަތުން ޔުނައިޓެޑް ވިކްޓްރީ އަށް ބޮޑު މޮޅެއް

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ އީސަ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ އީސަ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 5-1 އިން ބަލިކޮށް, ޔުނައިޓެޑް ވިކްޓްރީން ޖެހިޖެހިގެން ދެ ވަނަ މޮޅު ހޯދައިފި އެވެ.

ލީގުގައި ކުޅުނު ފުރަތަމަ 11 މެޗުން ޔުނައިޓެޑް ވިކްޓްރީ އަށް މޮޅެއް ނުލިބެ އެވެ. އެންމެ ފަހުން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ ހޯދި މޮޅަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އެ ޓީމު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މިރޭގެ ކާމިޔާބީއާ އެކު ޔުނައިޓެޑް ވިކްޓްރީން މި ވަނީ ހަފްތާއެއްގެ ތެރޭގައި ޖެހިޖެހިގެން ދެ މޮޅު ހޯދައިފަ އެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވިކްޓްރީން ވަނީ ހަތް ވަނައިގައި އޮތް ސަސްއާ ތިން ޕޮއިންޓަށް ކައިރިއަށް ޖެހިލައިފަ އެވެ. އަށް ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް 13 މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ސަސް ހަތް ވަނައިގައި އޮތީ 13 މެޗުން 12 ޕޮއިންޓާ އެކު އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ސަސް އަތުން މި ހޯދުނު މޮޅަކީ ކުޅުންތެރިންގެ މަސައްކަތުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށާއި ލީގުގައި މި އޮތް ހިސާބުން ކުރިއަށް ޖެހިލައި ގަދަ ހައެއްގެ ރޭހުގެ ތެެރެއަށް ވަންނަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"އަސްލު ޔޫވީގެ ކުޅުންތެރިންގެ ކެތްތެރިކަން މީގެ ބޮޑުބައި މި ކުޅުނީ. ވަރަށް ހާލުގައި އޮވެފައި ހަަމަ ތިން ޕޮއިންޓާ އެއްކޮށް ޕޮއިންޓް ޓޭބަލް ބަލާލާ ކޮންމެ ފަަހަރަކު ހަމަ ޓީމު ތެރޭގައި މަސްލަހަތެއް ނެތި އޮއްވައި ކެތްތެރިކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ މި އަންނަނީ. ޓީމު ތެރޭގައި މި އޮތް ރޫހު ރަނގަޅުވެއްޖެ. މެސީ (އީސަ) އާއި ބަކާ މި ޓީމެއްގެ ގޮތުގައި ގެންގުޅެން ކުރި މަސައްކަތުގެ ނަތީޖާ މިއީ ވަރަށް އެޕްރިޝިއޭޓްކުރަން އެކަން،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ މިރޭގެ ނަތީޖާއާ އެކު ޔުނައިޓެޑް ވިކްޓްރީ އަށް ދެ ވަަނަ ބުރުގައި ކުރިއަށް އޮތް ވެލެންސިއާ މެޗާއި ތިން ވަނަ ބުރުގެ މެޗުތަކަށް ދާއިރު ލީގުގެ ކުރިއަށްދާން ހިތްވަރެއް ލިބުނީ ކަމަށެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އަތުން ގެއްލުނު ބޯޅައެއް ހޯދައި ސަސްގެ މުހައްމަދު ސާދިން ނެގި ހުރަހަކުން އެ ޓީމުގެ އަހުމަދު ހަމީދު (އައްމަޑޭ) އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.

ފުރަތަމަ 15 މިނިޓަށް ފަހު ޔުނައިޓެޑް ވިކްޓްރީން ރަނގަޅަށް ކުޅެން ފެށި އެވެ. އެ ޓީމުން ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 21 ވަނަ މިނިޓްގަ އެވެ. އަރިމަތިން މޫސާ އަޒީމް ނަގައިދިން ހުރަހަކުން ކީރްލޯ ސިލިޗް (ކީރާ) ބޮލުން ޖެހި ބޯޅަ ސަސްގެ ކީޕަރު އުޒްބެކިސްތާންގެ މިރްޒޮހިދު ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން މެޗުގެ 26 ވަަނަ މިނިޓްގައި ބަކާ ނަގައިދިން ހުރަހަކުން ކީރާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަންއިރު ކީޕަރު މިރްޒޮހިދަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ސަސް އަށް ފުރުސަތެއް ނުދީ ޔުނައިޓެޑް ވިކްޓްރީން ލީޑުފުޅާކުރީ މެޗުގެ 29 ވަަނަ މިނިޓްގައި އަހުމަދު ރަޝީދު ޖެހި ގޯލުންނެވެ. ފަަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އިސްމާއިލް އީސާ (މެސީ) ނެގި ކޯނަރަކުން އައްމަޑޭ މި ގޯލު ޖެހީ ބޮލުންނެވެ. ޔުނައިޓެޑް ވިކްޓްރީން ލީޑުފުޅާކުރިތާ ދެ މިނިޓް ތެރޭ ސަސް އިން ލަނޑެއް ޖަހައި އުއްމީދެއް ހޯދި އެވެ. މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާތެރެއިން ސަސްގެ ޖަޕާން މިޑްފީލްޑަރު އެއިސޫކޭ މޯރީ ދިން ބޯޅައަކުން މި ގޯލު ޖެހީ ސަސްގެ އައްމަޑޭ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ވަނީ އަލުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި މުހައްމަދު ރީހާން އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ އީސަ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެެ. މި ސަސްގެ އެޓޭކެއް ރޫޅާލުމަށް ފަހު ޔުނައިޓެޑް ވިކްޓްރީން އުފެއްދި އެޓޭކެއްގައި ޖެހި ގޯލެެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީސަ (ކ) އާއި ސާންތީ ބައްދާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީސަ (ކ) އާއި ސާންތީ ބައްދާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީސަ (ކ) އާއި ސާންތީ ބައްދާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދެ ވަނަ ހާފްގައި ސަސް އިން ވަނީ އެ ޓީމުގެ ސްވިޑަން ފޯވާޑް ޝޮކްޑްރަން މަހޯލީ އަރުވައިގެން ލަނޑު ޖަހަން މަސައްކަތް ފަށައިފަ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި އޭރިއާތެރެއިން މަހޯލީ ޖެހި ޝޮޓް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖިހު އަލީ (ނާޖީ) ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީގެ އައްމަޑޭ އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސަަސްގެ އާދަމް އިޝާމް (ސަން) އަށް ޔުނައިޓެޑް ވިކްޓްރީ އޭރިއާތެރެއިން ގޯލަށް ފޮނުވާލަން ލިބުނު ދެ ފުރުސަތުގައި ވެސް އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަަނަ ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި އަލީ ހައިޝަމް (ޗުމްޕު) އެވެ. އަރިމަތިން މޫސާ އަޒީމް ނަގައިދިން ހުރަހަކުން ޗުމްޕު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީން ވަނީ ފަސް ވަނަ ގޯލެއް ޖެހި އެވެ. މިއީ ޕެނަލްޓީ އަކުން އީސަ ޖެހި ގޯލެކެވެ. މިއީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ބައްސާމް (ބައްކު) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މިއީ މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސަސް ލީގުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ޖުމްލަކޮށް ބަލާއިރު ފުރަތަމަ 20 ވަރަކަށް މިނިޓް ސަސް އިން ކުޅުނު ކަމަށާއި އެކަމަކު އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީން ދެ ގޯލު ޖެހި ހިސާބުންނާއި އޭގެ ފަހުން ސަސްގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކާ މެދު ހިތްހަަމަ ނުޖެހޭ ކަމަށެވެ.

"ފަހުން ފެނިގެންދިޔައީ ކުޅުންތެރިންގެ ހިތްވަރު ނެތްތަން ވަރަށް ބޮޑަށް ފެނިގެންދިޔަ މޯޓިވޭޝަން ދަށްކަން. ޓީމު ކުޅޭ ކުޅުން ދަށްކަން ފެނިގެންދިޔަ. ބަލިވާތާގައި އެ ކުރަން ޖެހޭ ހިތްވަރެއް ނުފެނުނު. އާންމުކޮށް ދިމާވާ ކަމެއް މިއީ. މިއީ ވަރަށް ބޮޑު ބައްޔެއް. ކުރިއަށް އޮތްތަނަށް ވަރަށް މަސައްކަތްކުރަން ޖެހޭ ވަރަށް ކުޅުންތެރިން ފޯކަސް ކުރަން އެބަޖެހޭ އަދި އެޓިޓިއުޑް ވެސް ރަނގަޅުކުރަންޖެހޭ،" މޯހަން ބުންޏެވެ.

މޯހަން ބުނީ ޔުނައިޓެޑް ވިކްޓްރީ އަކީ އެންމެ ފުލުގައި އޮތް ޓީމު ކަމަށް ވުމުން ސަސް ކުޅުންތެރިން މެޗު ފަސޭހަކޮށްލީ ކަމަށް ނުދެކޭ ކަމަށާއި މީގެ މައްސަލަ އަކީ ސަސްގެ ކުޅުންތެރިންގެ އެޓިޓިއުޑް ގޯސްވުން ކަމަށެވެ. އަދި އޭނާ ވަނީ ސަސް އިން މި ކުޅުން ރަނގަޅުނުކޮށްފިނަމަ ރެލިގޭޝަން ކުޅެން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox