ޑެންމާކުގައި އޮކްސްފޯޑް ވެކްސިން ދިނުން ހުއްޓާލައިފި

މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ-- ފޮޓޯ އީޕީއޭ

މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ-- ފޮޓޯ އީޕީއޭ

ލޭގަނޑުވުމުގެ މައްސަލައިގައި ޑެންމާކުން، އޮކްސްފޯޑާއި އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން ދިނުން ހުއްޓާލައިފި އެވެ.

މިއީ ޔޫރަޕުގެ ގައުމަކުން އެ ވެކްސިން ދިނުން ހުއްޓާލި ފުރަތަމަ ފަހަރެވެ. އެހެން ގައުމުތަކުން ނިންމީ އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި ވަކި އުމުރެއްގެ މީހުންނަށް އެ ވެކްސިން ދިނުމަށެވެ.

ޑެންމާކުގެ ނިންމުމާ ގުޅިގެން އެ ގައުމުގެ ވެކްސިން ޕްރޮގްރާމް ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް ބެލެވެ އެވެ.

ޔޫރަޕިއަން މެޑިސިންސް އެޖެންސީން މިދިޔަ ހަފްތާގައި ބުނީ ލޭގަނޑުވުމާއި އޮކްސްފޯޑް ވެކްސިނާ ގުޅުމެއް ވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

އެހެންކަމުން އެ އިދާރާއިން ބުނީ ވެކްސިނުގެ ސަބަބުން ލިބިދާނެ ނުރައްކަލަކަށް ވުރެ ވެކްސިން ނުޖަހާ ހުރުމުން ލިބިދާނެ ނުރައްކާ މާ ބޮޑު ކަމަށެވެ.

ޔޫރަޕުގެ އެހެން ގައުމުތަކުގެ އޮކްސްފޯޑް ވެކްސިން މިހާރު ގިނައިން ދެނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެއީ ލޭގަނޑުވުމުގެ މައްސަލަ ދިމާވަނީ ޒުވާނުންނަށް ކަމަށް ބެލެވިފައި ވާތީ އެވެ.

އޮކްސްފޯޑް ވެކްސިނުގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ވެކްސިނު ޖެހި ބައެއް މީހުންނަށް ވެސް ވަނީ ލޭގަނޑުވުމުގެ މައްސަލަ ދިމާވެފަ އެވެ.

އެކަމާ ގުޅިގެން އެމެރިކާ، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ އެ ވެކްސިން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ދެކުނު އެފްރިކާއިން ވެސް އެގޮތަށް ނިންމާފައި ވާއިރު، އެ ގައުމުން ފެނުނު ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓާ ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ ވެކްސިނަކީ ޖޯންސަންގެ ވެކްސިނެވެ.

އޮކްސްފޯޑާއި ޖޯންސަން ވެކްސިން ޖެހި މީހުންގެ ތެރެއިން ލޭގަނޑުވުމުގެ މައްސަލަ ދިމާވީ ވަރަށް މަދު އަދަދެއްގެ މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox