ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް، އޭގައި ބިސް އަޅާނެ: ނަޝީދު

ނަޝީދު މިއަދު ކެމްޕެއިން ހަރަކާތުގައި: ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށް ވިދާޅުވި

ނަޝީދު މިއަދު ކެމްޕެއިން ހަރަކާތުގައި: ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށް ވިދާޅުވި

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ "ހާއްޔެއް" ކަމަށާއި އޭގެން ރައްޔިތުންނަށް ފައިދާ ނެރެދޭނީ ވެސް އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން މިއަދު ހަވީރު އެ ޕާޓީގެ ޖަގަހަ ކުރިމަތީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހާލި ހަދަމުން ދަނީ އެމްޑީޕީއިން ކަމާއި އެ ހާލި ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގެ ތަރައްގީގެ ހާލި، އެއީ އެމްޑީޕީގެ ހައްޔެއް. އޭގެން ކޮންމެ ނަރެއް ވެސް ކޮންމެ ފަތެއް ވެސް ގެނެސް އެ ގަހުގަ ބާއްވާ ހަދާ މި ނިންމީ އެމްޑީޕީއިން، ކޮވެލީގެ ޒާތަށް ޕީޕީއެމްއިން ދާ އުޅޭނެ ކަމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދުގެ ފާޑުވިދާޅުވުން ޕީޕީއެމްއަށް އަމާޒު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ކާޅު ހާއްޔަށް އަނބަދުވެސް ކޮވެލި ބިސް އަޅާ ކަމަށާއި ނަމަވެސް ޕީޕީއެމްއަށް ކޮވެލި ހެދިގެން އެމްޑީޕީގެ ހާއްޔަށް ބިސް ނޭޅޭނެ ކަމަށެވެ.

"މިއީ އެމްޑީޕީގެ ހާއްޔެއް، އެ ހާލި އަޅުގަނޑުމެން ހެދީ ބިސް އަޅަން ވެގެން ބިސް ފީ ކުރަން ވެގެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ހާލީގައި އަޅާ ބިހުން ފިޔޮއް ނުކުމެ އުދުއްސައިގަންނާނެ އެވެ. އެ އުދުއްސައިގަންނަނީ އަނެއް ދިވެހިރާއްޖެ ކަމަށް ވެސް ވިދާޅުވި އެވެ. އަނެއް ދިވެހިރާއްޖެއަކީ ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ގެންގުޅުއްވި ސިޔާސަތުތަކުގެ މައްޗަށް ޖުމްލަކޮށް ކިޔާ އުޅޭ ނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ބޭނުން ވަނީ ގައުމިއްޔަތެއް ބިނާކުރުމަށެވެ. ގައުމިއްޔަތެއް ލާމަރުކަޒީ ނިޒާމާ ނުލާ ގާއިމް ނުކުރެވޭނެކަން ފާހަގަ ކުރެއްވި އެވެ.

"ގައުމިއްޔަތެއް ބިނާ ކުރުމަށް ރައްޔިތުން އެދޭ އެދުން އެމްޑީޕީއިން ކަނުލާ އަޑުއެހާ، އެމްޑީޕީއަކީ ރައްޔިތުންގެ ޝަކުވާ އަޑުއަހަން ބޭނުންވާ ޕާޓީއެއް،" ނަޝީދު ވިދާޅުވި އެވެ. "ސަނާ ކިޔުން އެއީ އެއްވެސް އިރެއްގައި އެމްޑީޕީއިން ބާރު އަޅާ ބޭނުންވާ ކަމެއް ނޫން، އަޅުގަނޑުމެން އަހަން ބޭނުން ވަނީ ޝަކުވާ، އެ ޝަކުވާ އެބަ އިވޭ، ލަސްކަމުގެ ވާހަކަ ވެސް ހުއްޓިފައި ހުންނަ ވާހަކަ ވެސް،"

އެެހެންނަމަވެސް އެމްޑީޕީގެ ފޯކަސް ނުގެއްލޭ ކަމަށާއި އެއީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯދައިދީ ރައްޔިތުން ފުދުންތެރިކުރުވުން ކަމަށެވެ. ރައްޔިތުން ބޭނުންވާ އެ ބަދަލު ގައިމު ވެސް ހޯދައިދޭނެ ބަޔަކީ އެމްޑީޕީ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެމްޑީޕީއިން ފޯރުކޮށްދިން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ފަހިކޮށް ދިނީ އަނެއްކާވެސް ވިސްނަން، އަނެއްކާވެސް އުއްމީދު ކުރުމަށް، އަނެއްކާވެސް މާބޮޑު އެއްޗަކަށް އުއްމީދު ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުއްމީދުތައް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެ އުއްމީދުތައް ހާސިލްކޮށް ނުދީ ސިޔާސީ ހަޔާތް ނިންމާ ނުލައްވާނެ ކަމަށް ވެސް ވަރަށް ޖޯޝުގައި ނަޝީދު ވިދާޅުވި އެވެ.

"ހަޔާތް މި ހުސްކުރަނީ ސިޔާސީ ހަރަކާތުގަ، އެ ގުޅިފައި އޮތީ ރައްޔިތުންގެ ބޭނުންތަކާ، ސިޔާސީ ހަޔާތް ނިންމައެއް ނުލާނެ އެކަން އަޅުގަނޑުމެން ނުކޮށް،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox