އީގަލްސް އިން ނަތީޖާ ނެރުމުން ޝާޒް ހިތްހަމަޖެހިފައި

އިއްޔެ ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އީގަލްސްގެ ކޯޗު ޝާޒް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިއްޔެ ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އީގަލްސްގެ ކޯޗު ޝާޒް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިންގައި އިއްޔެ ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކުމަށް ވުރެ ބޮޑަށް ފޯކަސް ކުރީ ނަތީޖާ ނެރުމަށް ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ކޮލިފައިން ފުރަތަމަ މެޗުގައި ތިމްޕޫ އަތުން އީގަލްސް އިއްޔެ މޮޅުވީ 2-0 އިންނެވެ. އެކަމަކު މުޅި މެޗަށް ބަލާއިރު އީގަލްސްގެ ފަރާތުން އާންމުކޮށް ފެންނަ ރަނގަޅު ކުޅުން އެ މެޗުގައި އެ ޓީމަށް ނުދެއްކުނެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުނީ އޭއެފްސީ ކަޕް ކަހަލަ ނަތީޖާ ނެރެން ކުޅޭ މުބާރާތެއްގައި ފޯކަސް ކުރަން ޖެހޭނީ އެކަމަށް ކަމަށެވެ.

"މީގެ ރިޒަލްޓަށް (ނަތީޖާ އަށް) ކުޅޭ އެއްޗެއް މިއީ. ދެން ގޭމަށް ބަލާއިރު ގޯހެއް ނޫން ދެން. 2-0 ގެ ނަތީޖާ ނެރެވޭނީ ރަނގަޅަށް ކުޅެވިގެން. ބޭނުންވީ މެޗުން ވިން (މޮޅު) ވާން. އެކަމަކު ދޭތެރެ ދޭތެރެއިން އެބަހުރި ކަންތައްތަކެއް (ކުޅުން ގޯސްވި ވަގުތުތަކެއް). ދެން ފެށިއިރު ވެސް އެނގޭ ތިމްޕޫ އަކީ ދަށް ޓީމެއް ނޫން. މޮޅު ޓީމެއް. އޭގެ އެބަތިބި ވަރަށް ރަނގަޅު ނެޝަނަލް ޕްލޭޔަރުން," މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަކުރި ޝާޒް ބުންޏެވެ.

Advertisement

މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން އީގަލްސްގެ ރަޝިއާ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން އަށް އަނިޔާވި ނަމަވެސް އިއްޔެގެ މެޗުގެ ވޯމްއަޕާ ހަމައަށް އޭނާ އަށް ކުޅެވޭނެ ގޮތެއްވޭތޯ އީގަލްސް އިން މަސައްކަތްކުރި އެވެ. އެކަމަކު ވޯމް އަޕަށް ފަހު އޭނާ އަށް ނުކުޅެވޭނެކަން ކަށަވަރުވުމުން އޭނާ މި މެޗުގައި ބޭނުންނުކުރަން ނިންމީ އެވެ.

ޝާޒް ބުނީ އެ ހުރިހާ ކަމަކަށް ބަލާއިރު މެޗުގެ ނަތީޖާ ގޯހެއް ނޫން ކަމަށެވެ.

"އުއްމީދު ކޮށްގެން ހުރީ (ކޮރްމިޝިން އަށް) ކުޅެވޭނެ ކަމަށް. ދެން އެއްގޮތަކަށް ވެސް ނުކުޅެވޭނެކަން އެނގުނީމަ ބަދަލުކުރީ. ދެން އޭގެ އިމްޕެކްޓް (އަސަރު) ކޮންމެވެސް ވަރަކަށް ޓީމަށް ކުރާނެ. އެކަމަކު އެހެންވެއްޖިއްޔާ (ނުކުޅެވިއްޖިއްޔާ) ދެން ހަދާނެ ގޮތަކަށް ތައްޔާރުވެފައި އިނީމަ ދެން އެގޮތަށް ބަލާފައި ތަންކޮޅެއް އަސަރުކުޑަކޮށް މިދިޔައީ އޭގެ," ޝާޒް ބުންޏެވެ.

އީގަލްސްގެ 31 އަހަރުވީ ތާރީހުގައި އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަކީ ވެސް ހިތްހަަމަޖެހުމެއް ކަމަށް ޝާޒް ބުންޏެވެ. އަދި މި މެޗުން މޮޅުވުމުގައި ހޯމް އެޑްވާންޓޭޖް ނެގުނު ކަމަށް ޝާޒް ބުންޏެވެ.

އާންމު ގޮތެއްގައި އީގަލްސްގެ ފަހަތުގެ މަގާމުތަކަށް ކުޅޭ ހިސާމް ސަލީމް (ކޮކީ) މިއަދުގެ މެޗުގައި ކުޅުނީ މެދުތެރެއަށެވެ. ޝާޒް ބުނީ އެއީ ތިމްޕޫ ޓީމަށް ބަލާފައި ގެނައި ބަދަލެއް ކަމަށެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމްޕޫގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ އެވެ. އޭނާ ބުނީ ތިމްޕޫ އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެއީ އެ ގައުމުގެ އެއް ވަނަ ޓީމު ކަމަށް ވުމުން އެ މީހުންނަށް ވެސް ފުރިހަމަ އަށް އިހުތިރާމް އަދާކުރަން ޖެހޭ ކަމަށެވެ.

"އަހަންނަކީ އީގަލްސް ކުޅުންތެރިއެއް. އަހަންނަށް އީގަލްސް އިން ކުރި އިތުބާރުގެ ބަދަލު ދޭން ބޭނުން. އެކަން މިކޮށްދެނީ. ޓީމު ކުރިއަށް ގެންގޮސްދޭން ވެެވެން އޮތް ގޮތަކަށް އެހީވާން ބޭނުން," ތޯހާ ބުންޏެވެ.

އިއްޔެގެ މެޗުގައި ތިމްޕޫ އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމަށް އެ ފުރުސަތުތަކުން ގޯލެއް ނުޖެހުނީ ނަސީބުގެ އެހީ ވެސް ނެތުމުންތޯ ސުވާލުކުރުމުން ތިމްޕޫގެ ކޯޗު ނަވަން ދެންޑަޕް ބުނީ ނަސީބު ދެރަވީ ކަމަށް ނުދެކޭ ކަމަށެވެ.

"އަހަރެމެން މަސައްކަތްކުރީ ރަނގަޅު ފުޓްބޯޅަ ކުޅެން އަހަރެމެން ބޭނުންވި ވަރަށް ފުރުސަތު ތަނަވަސް ނުކުރެވުނު. އަަހަރެމެން މި ބަލި ގަބޫލުކުރަން. ދެން އަންނަ ސީޒަނުގައި ވަރުގަދަކޮށް އެނބުރި އަންނަން ބޭނުމީ," ދެންޑަޕް ބުންޏެވެ.

"އަހަރެމެން ބޭނުންވީ ފުރަތަމަ ހާފު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ދެ ވަނަ ހާފުގައި ބޮޑަށް އެޓޭކިން އަށް ވިސްނަން. ރިކަވާ ކޮށްގެން ކުޅެމުންދާން އުޅުނީ,"

އީގަލްސް ފެނުނީ ފިޒިކަލީ ތިމްޕޫ އަށް ވުރެ ވަރުގަދަކޮށް ކަމަށާއި މިއީ ތިމްޕޫ އަށް އެ ޓީމުގެ ފެންވަރު ވަޒަންކޮށްލައި ކުރިއަށްދާން ލިބުނު ރަނގަޅު މެޗެއް ކަމަށް ދެންޑަޕް ގަބޫލުކުރެ އެވެ.

"އަހަރެމެންގެ މި ތިބީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް އެ މީހުންނަށް މި އަށް ވުރެ ރަނގަޅަށް ވާދަކުރެވިދާނެ. އެ މީހުންގެ އެބަހުރި ފެންވަރު ވެސް. އަހަންނަށް ޔަގީން މި މެޗުން އެ މީހުންނަށް ފިލާވަޅު ލިބިއްޖެ. ދެން ފަހަރަކުން މި އަށް ވުރެ ރަނގަޅުވާނެ," ކުރިން ބޫޓާން ގައުމީ ޓީމަށް ކުޅުނު ދެންޑަޕް ބުންޏެވެ.

ކޮލިފައިން ދެ ވަނަ ބުރުގައި އީގަލްސް އަންނަ ހަފްތާގެ ބުދަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. މިހާރު އޮތްގޮތުން އެ މެޗު ކުޅޭނީ ބަންގްލަދޭޝްގަ އެވެ.

އިއްޔެ ކޮލިފައިން ފުރަތަމަ ބުރުގައި ނޭޕާލްގެ އާމީ ކްލަބް ވަނީ 5-1 އިން ސްރީލަންކާ ޕޮލިސް ބަލިކޮށްފަ އެވެ. ނޭޕާލްގެ އާމީ ކްލަބް ކޮލިފައިން ދެ ވަނަ ބުރުގައި ނުކުންނާނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ. ކޮލިފައިން ދެ ވަނަ ބުރުން މޮޅުވާ ދެ ޓީމު ޕްލޭއޮފްގައި ބައްދަލުކުރާނެ އެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕް ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.

އެ ގްރޫޕްގައި މި ވަގުތު އޮތީ ތިން ގައުމުގެ ޗެމްޕިއަނުންނެވެ. އެއީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ސެންޓްރަލައިޒްކޮށް އެ ގްރޫޕްގެ މެޗުތައް ކުރިއަށްދާނީ ރާއްޖޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox