ރާއްޖޭގެ އެންމެ ބޮޑު ޓެންޓު ވޯޓަށް ހާއްސަކޮށް ޖަހައިފި

ވޯޓްލުމަށް ސްޓޭޑިއަމް ސަރަހައްދުގައި ޖަހާފައިވާ ޓެންޓް: ސްޓޭޑިއަމްގައި ޖަހާ ޓެންޓަކީ މިހާތަނަށް ރާއްޖޭގައި ޖަހާ އެންމެ ބޮޑު ޓެންޓް-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

ވޯޓްލުމަށް ސްޓޭޑިއަމް ސަރަހައްދުގައި ޖަހާފައިވާ ޓެންޓް: ސްޓޭޑިއަމްގައި ޖަހާ ޓެންޓަކީ މިހާތަނަށް ރާއްޖޭގައި ޖަހާ އެންމެ ބޮޑު ޓެންޓް-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

މާފަންނު ސްޓޭޑިއަމްގައި ކަޅުތުއްކަލާ ކޮއްޓާވީ ފަޅީގައި ތިން ޓެންޓު ޖަހާފައި އެބަހުއްޓެވެ. އާދައިގެ ދެ ޓެންޓާއެކު ދެން ޖަހާފައި ހުރީ ރާއްޖޭގައި މިހާތަނަށް ޖެހި އެންމެ ބޮޑު ޓެންޓެވެ. ވަރަށް އުސްކޮށް އަދި ފުޅާކޮށް ޖަހާފައިވާ އެ ޓެންޓުގެ ދެ އަރިމަތީގައި ފިނި ކުރުމަށް ގިނަ އޭސީތަކެއް ވަނީ ބަހައްޓާފަ އެވެ. އަދި ކޮންމެ ޓެންޓެއްގައި ފާހާނާ ވެސް ހުރެ އެވެ.

ވޯޓް ލުމަށް ހަދާ މި ޓެންޓުތައް ތިން ސަރަހައްދެއްގައި ޖެހުމުގެ މަސައްކަތް އެބަ ކުރެ އެވެ. އެއީ މާފަންނު ސްޓޭޑިއަމާއި ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމާއި ކާނިވާ ސަރަހައްދެވެ.

އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު މިއަދު "އަދަދު" އަށް ވިދާޅުވީ އޭގެ ތެރެއިން ސްޓޭޑިއަމްގައި ޖަހާ ޓެންޓްގައި އެއްފަހަރާ 12،000 މީހުންނަށް ތިބެވޭނެ ކަމަށެވެ. އެއީ މިހާތަނަށް ރާއްޖޭގައި ޖަހާ އެންމެ ބޮޑު ޓެންޓް ކަމަށް އީސީން ބުނެ އެވެ.

ދަރުމަވަންތަ ސްކޫލް ހުރި ބިމާއި ކާނިވަލުގައި ހަދަނީ 2،500 މީހުންގެ ޖާގައިގެ ޓެންޓެވެ.

ރަބަރުން ހަދާފައިވާ އެ ޓެންޓްތައް އޭސީ ކުރުމަށް ބަހައްޓާ ބޮޑެތި އޭސީތަކެއް ވަނީ ގެނެސްފަ އެވެ. އަދި ކޮންމެ ޓެންޓެއްގައި ޕްލާސްޓިކުން ފްލޯރިން ވެސް އަޅާފައިވެ އެވެ.

ސްޓޭޑިއަމްގައި ޖަހާ ބޮޑު ޓެންޓްގައި 40 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. ދަރުމަވަންތަ އާއި ކާނިވާ ސަރަހައްދުގައި ޖަހާ ކޮންމެ ޓެންޓެއްގައި ފަސް ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

އެ ޓެންޓުތައް ޖެހުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް އީސީން ބުނެ އެވެ. އަދި އެ ޓެންޓްތައް ޖަހައި މިއަދު ނިންމާލެވޭނެ ކަމަށް ވެސް އީސީން ބުނެ އެވެ.

މީގެ ކުރިން މާލެ އާއި އަތޮޅުތެރޭގައި ވެސް ވޯޓްލުން ބާއްވަމުން ދިޔައީ ސްކޫލްތަކާއި ޖާގަ ބޮޑު ދައުލަތުގެ އިމާރާތްތަކުގަ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ވޯޓްލާ މަރުކަޒުތައް މިފަހަރު ވަނީ އިތުރު ކުރަންޖެހިފަ އެވެ. އެއީ ގިނަ ބަޔަކު ތޮއްނުޖެހި ވޯޓް ލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ހަރަދާއި ގޮންޖެހުންތައް ބޮޑު އިންތިހާބެއް ކަމަށް އީސީން ބުނެ އެވެ. މިދިޔަ އަހަރު ބާއްވަން ނިންމި އިންތިހާބު ލަސްވީ ކޮވިޑްގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox