ސެނަޓައިޒާ ފަދަ ރައްކާތެރިކަމުގެ ސާމާނަށް އީސީން ދެ މިލިއަން ރުފިޔާ ހަރަދުކޮށްފި

އިލެކްޝަަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ވިދާޅުވީ އިންތިހާބަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އިލެކްޝަަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ވިދާޅުވީ އިންތިހާބަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ރައްކާތެރިކަމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ ޕެންޑެމިކެއްގައި އިންތިހާބު ބާއްވަން ޖެހުމުން އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ހަރަދުގެ ކަންތައް ކަމަށެވެ. އެގޮތުން ރައްކާތެރިކަމަށް ބޭނުން ކުރާ ސެނަޓައިޒާ އާއި ފޭސް ޝީލްޑާއި ހުންބަލާ ތަމޯމީޓާ ފަދަ ތަކެއްޗަށް ވެސް ދެ މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށް ޝަރީފް ވިދާޅުވި އެވެ.

މީގެން ގިނަ އެއްޗިއްސަކީ އެންމެ ފަހަރަކު ބޭނުން ކުރީމައި ދެން އިތުރަށް އިލެކްޝަންސް ކޮމިޝަނަކުން ބޭނުން ކުރާކަށް ނުޖެހޭނެ [އެއްޗެހި]،-- ޝަރީފް ވިދާޅުވި އެވެ.

ހަރަދު ބޮޑުވި ސަބަބުތަކުގެ ތެރޭގައި ވޯޓްލާ މަރުކަޒުތައް އެތައްތަނެއް އިތުރުވުން ވެސް ހިމެނެ އެވެ. ޝަރީފް ވިދާޅުވީ ކުރިން 532 ވޯޓްލާ މަރުކަޒެއް ހަދަން ނިންމިއިރު، ފަހުން އެ އަދަދު 700 އަށް ވުރެ އިތުރު ކުރަން ޖެހުނު ކަމަށެވެ.

"މުޅި ރާއްޖޭގައި މަރުކަޒުތައް އިތުރުވެގެން ދިޔައިރު މާލެ ސަރަހައްދުގައި އެންމެ ބޮޑަށް މި ގިނަ ވެގެން ދިޔައީ. ސަބަބަކީ ވޯޓްލާ މަރުކަޒަކަށް 500 އަށް ވުރެން ގިނައިން ހަމަޖެހިފައިވާ ގަޑީގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވޯޓް ނުލެވޭނެ ކަމަށް ގަބޫލު ކުރެވޭތީ،" ޝަރީފް ވިދާޅުވި އެވެ.

ކުރިން އިންތިހާބުތައް ސްކޫލްތަކުގައި ގިނައިން ބޭއްވިއިރު މިފަހަރު 40 މަރުކަޒެއް، ޓެންޓު ޖަހައިގެން ހަދަން ޖެހުނު ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ ޓެންޓުތަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޓެންޓަކީ އޭގެ ޒާތުގައި ހޫނު މޫސުމުގެ ތެރޭގައި ބާއްވާތީވެ ފިނި ކުރުމާއި އަދި ވަކިކަންތައްތަކެއް ކުރަން ޖެހުމާއެކު އެކަމަށް ވެސް ވަރަށް ބޮޑެތި ހަރަދުތަކެއް އެބަ ދޭ. އާއްމު ހާލަތެއް ނަމަ އެއީ ދާނެ ހަރަދުތަކެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބަށް އެންމެ ފުރަތަމަ 51 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި ނަމަވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބާއްވަން އީސީގެ އެދުމުގެ މަތިން އިތުރު 29 މިލިއަން ރުފިޔާ ވަނީ ހަމަޖއްސައިދީފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ބާއްވަން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑްގެ ސަބަބުންނެވެ. އަންނަ ހޮނިހިރު ދުވަހު ހާއްސަ އިންތިޒާމުތަކެއްގެ ދަށުން އިންތިހާބު ބާއްވަނީ އެތައް ތާރީހެއް ކުރިން ކަނޑައަޅައި ފަސްކުރުމަށް ފަހުގަ އެވެ.

މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު އަހަރަކަށް ފަސްކުރުމުން އެ މުއްދަތުގެ ތެރޭގައި 18 އަހަރު ފުރުނު މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox