ރޭލު އެކްސިޑެންޓުގައި ތުހުމަތު ކުރެވޭ މީހާ މައާފަށް އެދިއްޖެ

ރޭލު އެކްސިޑެންޓުވި ސަރަހައްދުގައި މީހުން ސަލާމަތް ކުރާ ފަރާތްތައް އަދިވެސް ހަރަކާތްތެރިވަނީ -- ފޮޓޯ: އީޕީއޭ

ރޭލު އެކްސިޑެންޓުވި ސަރަހައްދުގައި މީހުން ސަލާމަތް ކުރާ ފަރާތްތައް އަދިވެސް ހަރަކާތްތެރިވަނީ -- ފޮޓޯ: އީޕީއޭ

ޓައިވާނުގައި މިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރޭލު ދަގަނޑު މައްޗަށް އެރި ކޮންސްޓްރަކްޝަން އުޅަނދު ނިސްބަތްވާ ސައިޓުގެ މެނޭޖަރު މައާފަށް އެދިއްޖެ އެވެ.

އުމުރުން 49 އަހަރުގެ ލީ ޔީ ސިއާންގް ބުނީ އެ ހާދިސާއާ ގުޅިގެން ހިތާމަ ކުރާ ކަމަށާއި އިހްލާސްތެރިކަމާއެކު މައާފަށް އެދެން ބޭނުންވާ ކަމަށެވެ.

ސިއާންގްގެ ކޮންސްޓްރަކްޝަން ސައިޓުގައި ދުއްވާ އުޅަނދު ރޭލު ދަގަނޑު ކައިރީގައި ޕާކުކޮށްފައި އޮތް އިރު، ދަގަނޑު މައްޗަށް އަރަން މެދުވެރިވީ އުޅަނދުގެ ބްރޭކް ޗެކުނުކޮށް ހުރުމުން ކަމަށް ބީބީސީގައި ވެއެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޓައިވާނުގައި ހިނގި އެންމެ ނުރައްކާތެރި ރޭލު ހާދިސާގައި 51 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ހާދިސާ ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި އުޅަނދު ދަގަނޑު މައްޗަށް އެރުމުން ރޭލު ދުއްވަން އިން މީހާއަށް ގޮތެއް ނިންމަން ލިބުނީ އެންމެ 6.9 ސިކުންތެވެ.

ރޭލާއި އުޅަނދާ ދެމެދު އޮތީ 250 މީޓަރުގެ ދުރުމިނެއް ކަމުން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޭލު ހުއްޓުވާނެ ފުރުސަތެއް ޑްރައިވަރެއް ލިބިފައެއް ނުވެ އެވެ.

ފުލުހުންގެ ތަހުގީގުން ބަލަމުން ދަނީ އުޅަނދުގެ ބްރޭކް މަސައްކަތް ނުކުރި ސަބަބެވެ. އެގޮތުން އެއީ އުޅަނދުގެ ވެރިފަރާތުގެ އިހުމާލު އޮތް ކަމެއްތޯ ބަލާނެ އެވެ.

ނިމުނު ހަފްތާ ބަންދުގައި އުޅަނދު ނިސްބަތްވާ ސައިޓުގެ ސިއާންގް ހައްޔަރުކޮށް ސުވާލު ކުރުމަށް ފަހު މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްފަ އެވެ.

ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ވަނީ އެކަމުގެ ޒިންމާ ނަންގަވާ އިސްތިއުފާ ހުށަހަޅުއްވާފަ އެވެ. ނަމަވެސް ބޮޑުވަޒީރުގެ އޮފީހުން އިސްތިއުފާ ބަލައިގަނެފައެއް ނުވެ އެވެ.

އެ އޮފީހުން ބުނީ މިއީ ލިބުނު ގެއްލުން ކުޑަކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެހެންކަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަށް ފަހު އޭނާ ޒިންމާ ނަންގަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

Newsletter

Get the latest news delivered straight to your inbox