ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާން ދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެނީ އަމިއްލައަށް

ވޯޓުލުމަށް މީހަކު ކިޔޫގައި: ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާން ދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެނީ އަމިއްލައަށް-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ވޯޓުލުމަށް މީހަކު ކިޔޫގައި: ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާން ދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެނީ އަމިއްލައަށް-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ކައުންސިލް އިންތިހާބު އޮންނަ ދުވަހު ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާން ނަގަން ޖެހޭ ހުއްދަތައް ނެގުމާއި ވޯޓުލާން ދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އުސޫލުގައި ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި އިންތިހާބަށް ނެރުނު ގައިޑްލައިންގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާން ގެންދިއުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެކެވެ. މިއީ, އިލެކްޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ކޮމިޝަނުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

ކޮވިޑް-19އާ ގުޅިގެން އައިސޮލޭޝަންގައި ތިބޭ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލު ކުރާނެ އުސޫލު މިއަދު އާއްމު ކޮށްފައިވާއިރު އޭގައި ބުނަނީ ވޯޓުލާ ދުވަހު ކަރަންޓީންގައި ނުވަތަ އައިސޮލޭޝަންގައި ތިބޭނެ މީހުންގެ މައުލޫމާތު އަންނަ ބުދަ ދުވަހުގެ ކުރިން އެޗްޕީއޭން އީސީއަށް އަންގަން ޖެހޭނެ ކަމަށެވެ.

އެ އުސޫލު ބުނާގޮތުން ކަރަންޓީންގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން ވޯޓުލައި ނިންމުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަސް ގަޑިއިރު ކުރިން އެޗްޕީއޭ މެދުވެރިކޮށް އީސީގެ ޓާސްކް ފޯހަށް އެކަން އަންގަން ވާނެ ކަމަށެވެ.

ކަރަންޓީންގައި ތިބޭ މީހުންނަށް ވެސް ވޯޓް ލެވޭނީ އެ މީހަކު ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފޮއްޓަކަށް ކަމަށް އުސޫލުގައި ބުނެ އެވެ. އެ މީހުންނަށް ހާއްސަކޮށްފައިވާ ގަޑިއަކީ އެ ދުވަހުގެ ހަވީރު ފަހަކުން ހައަކަށެވެ. އަދި އެ މީހުންނަށް ވޯޓުލެވޭނީ އެ ފޮއްޓަކަށް ވޯޓުލާން ކިޔޫގައި ތިބި މީހުން ވޯޓުލައި ނިމުމުން ކަމަށް ވެސް އުސޫލުގައި ބުނެ އެވެ.

އުސޫލުގައި އެހެން ބުނި ނަމަވެސް ކަރަންޓީންގައި ތިބޭ މީހުން ވޯޓުލުމަށް ވަގުތު ހާއްސަ ކުރުމަށް އެހެން އިންތިޒާމުތަކެއް އެޗްޕީއޭގެ ލަފާގެ މަތީން އީސީއަށް ހަމަޖެއްސޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އުސޫލު ބުނާ ގޮތުން ވޯޓުލުމަށް ކަރަންޓީންގައި ތިބޭ މީހުން ވައްދަން ޖެހޭނީ ސެނިޓައިޒް ކުރުމަށްފަހުގަ އެވެ. އަދި އެ މީހުން ވޯޓްލާން ވައްދާއިރު މަރުކަޒުތަކުގައި ތިބޭ އޮފިޝަލުން ތިބެން ޖެހޭނީ ހަ ފޫޓް ދުރުގަ އެވެ.

އީސީން އަންނަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓް ލުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެނެސް، އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކަށް، ވޯޓުލާ ދުވަހު ދަތުރުކުރެވޭ ގޮތް ހަދަން ވަނީ މަޝްވަރާ ފަށައިފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ބާއްވަން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑްގެ ސަބަބުންނެވެ. އަންނަ ހޮނިހިރު ދުވަހު ހާއްސަ އިންތިޒާމުތަކެއްގެ ދަށުން އިންތިހާބު ބާއްވަނީ އެތައް ތާރީހެއް ކުރިން ކަނޑައަޅައި ފަސްކުރުމަށް ފަހުގަ އެވެ.

މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު އަހަރަކަށް ފަސްކުރުމުން އެ މުއްދަތުގެ ތެރޭގައި 18 އަހަރު ފުރުނު މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox