ރޭލު އެކްސިޑެންޓުގެ ޒިންމާ ނަގާ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ހުށަހަޅުއްވައިފި

އެކްސިޑެންޓުވެފައިވާ ރޭލުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ރޮއިޓާޒް

އެކްސިޑެންޓުވެފައިވާ ރޭލުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ރޮއިޓާޒް

ޓައިވާނުގައި މިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގެ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފި އެވެ.

ފަންސާހަށް ވުރެ ގިނަ މީހުން މަރުވި އެ ހާދިސާ ދިމާވީ ރޭލު ނިޒާމުގެ ސަލާމަތީ ކަންކަމުގައި ފަރުވާ ކުޑަ ކުރުމުން ކަމަށް ބުނެ މިނިސްޓަރު ލިން ޗިއަ ލުންގްއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗިއަ ލުންގް ވިދާޅުވީ "ޒިންމާއިން ބަރީއަވާން" ނޫޅޭނެ ކަމަށެވެ.

Advertisement

"މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުން ކުޑަ ކުރުމުގެ މަސްއޫލިއްޔަތު ވެސް އުފުލަން ޖެހެނީ އަޅުގަނޑު. އެ މަސައްކަތް ނިމުމާއެކު ހާދިސާ ދިމާވުމުން އުފުލަން ޖެހޭ ޒިންމާ އަޅުގަނޑު އުފުލާން،" އޭނާ ވިދާޅުވި ކަމަށް ރޮއިޓާޒްގައި ވެއެވެ.

ޗިއަ ލުންގް އިސްތިއުފާ ދެއްވަން ނިންމާ އެކަން ވަނީ ބޮޑުވަޒީރު ސު ސެންގް ޗަންގްގެ އޮފީހަށް އަންގަވާފަ އެވެ. ނަމަވެސް އެ އިސްތިއުފާ ބަލައިގަނެފައެއް ނުވެ އެވެ. ބޮޑުވަޒީރު ސެންގް ޗަންގް ވިދާޅުވީ މި ވަގުތު ސަމާލުކަން ދޭންވީ ލިބުނު ގެއްލުމުން އަރައިގަތުމަށް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެ ހާދިސާ ހިނގިީ އޮޅިގެން ރޭލު ދަގަނޑު މައްޗަށް އަރާފައި އޮތް ކޮންސްޓްރަކްޝަން އުޅަނދެއްގައި ރޭލު ޖެހުމުންނެވެ. ކޮންސްޓްރަކްޝަން އުޅަނދު ނިސްބަތްވާ ސައިޓުގެ މެނޭޖަރު، ލީ ޔީ ސިއާންގެ ތަހުގީގު މިހާރު ވަނީ ފަށާފަ އެވެ.

ތުހުމަތު ކުރެވޭ ގޮތުގައި ހާދިސާ ހިނގަން މެދުވެރިވީ ކޮންސްޓްރަކްޝަން އުޅަނދުގެ ބްރޭކް ރަނގަޅަށް މަސައްކަތް ނުކުރުމުންނެވެ. އިއްޔެ ޔީ ސިއާން ހައްޔަރު ކުރުމަށް ފަހު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox