ކޮވިޑް ޖެހިގެން ކްރިކެޓް ލެޖެންޑް ސަޗިން އެޑްމިޓްކޮށްފި

Apr 3, 2021, 4:38 AM
ސަޗިން 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ތަށި ހިފައިގެން.-- ފޮޓޯ: ގެޓީއިމޭޖަސް

ސަޗިން 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ތަށި ހިފައިގެން.-- ފޮޓޯ: ގެޓީއިމޭޖަސް

ނިއުދިއްލީ (އޭޕްރީލް 3) - މިދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ, އޭނާގެ އާއިލާ ޑޮކްޓަރުގެ ލަފާގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

އުމުރުން 47 އަހަރުގެ ޓެންޑުލްކާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަފްތާއެއް ކުރިންނެވެ. ކޮވިޑް ޖެހިގެން މާ ބޮޑަށް ހާލަތު ގޯސްނުވި ނަމަވެސް ޓެންޑުލްކާގެ އާއިލީ ޑޮކްޓަރު ލަފާދިނީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްވުމަށެވެ. ޓެންޑުލްކާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލްގައި އެޑްމިޓްވި ނަމަވެސް އުއްމީދުކުރަނީ ވީ އެންމެ އަވަހަށް ގެއަށް ދިއުމަށް ކަމަށެވެ.

ފަހަކަށް އައިސް އިންޑިއާގައި ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އިން ވަނީ 81,466 ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އެ ދުވަހު ކޮވިޑް ޖެހިގެން 469 މީހުން މަރުވިއިރު, މިއީ މިދިޔަ ޑިސެމްބަރު މަހަށް ފަހު އެއް ދުވަހެއްގައި އިންޑިއާ އިން ޕޮޒިޓިވް ކޭސް ފެނުނު ދުވަހެވެ.

އިންޑިއާ އިން މި ފަހުން އެންމެ ގިނައިން ޕޮޒިޓިވް ކޭސް ފެންނަނީ ޓެންޑުލްކާ ދިރިއުޅޭ މުމްބާއީ މަހަރާޝްތުރާ ސްޓޭޓުންނެވެ.

ޓެންޑުލްކާ ކްރިކެޓް ކުޅުން ހުއްޓާލީ 2013 ވަނަ އަހަރު އެވެ. އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ ކްރިކެޓްގެ އިތުރުން ކުޅިވަރު ދުނިޔޭގައި މަޝްހޫރު ޓެންޑުލްކާ ދާދި ފަހުން ވަނީ އިންޑިއާގެ ވެޓަރަންސް ކްރިކެޓް މެޗެއްގައި ކުޅެފަ އެވެ. އުމުރުން 16 އަހަރުގައި ބައިނަލްއަގުވާމީ ކްރިކެޓަށް 1986 ވަނަ އަހަރު ނުކުތް ޓެންޑުލްކާ އަތުގައި ކްރިކެޓްގެ ބޮޑެތި ރެކޯޑްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ރެކޯޑަކީ ޓެސްޓް މެޗުތަކުގައި ޖުމްލަ 15,921 ލަނޑު ހެދުމެވެ. އޭނާ އަކީ ކްރިކެޓް ތާރީހުގައި ޓެސްޓް މެޗުތަކުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox