ނަޝީދު ވިދާޅުވަނީ ދެން ވެސް އައްޑޫ ކައުންސިލް ނަގާނީ އެމްޑީޕީ ކަމަށް

އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ: އައްޑޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ: އައްޑޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޑީޕީ

އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ފަސޭހަ ކަމާއެކު އެމްޑީޕީން ކާމިޔާބު ކުރައްވާނެ ކަމަށް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ބޭއްވި އައްޑޫ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީން އެ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރުން ގުޅިފައި އޮތީ އައްޑޫގެ ތަސައްވަރާ ކަމަށެވެ. އައްޑޫ ތަރައްގީގެ ތަސައްވަރު ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ކައުންސިލް މެދުވެރިކޮށް އައްޑޫގެ ތަރައްގީ ހައްގު މިންވަރުގައި އިންޑިއާ ކަނޑުގެ މެދުގައި އައްޑޫ ރައްޔިތުންނަށް ހޯދައި ދޭނެ،" އައްޑޫގައި އޮންލައިންކޮށް ގިނަ ބަޔަކު ބެލި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމެއް ކަމަށާއި ރާއްޖޭގެ ރަށްތަކުގެ ތެރެއިން ރަށްވެހިކަމެއް އެންމެ ބޮޑަށް ފައްކާ ކޮށްފައި އޮތީ އެ ސިޓީގައި ކަމަށެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސީޕޯޓް ހިންގުމާއި އެތަންތަނުގެ ހިއްސާ އައްޑޫގެ ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އައްޑޫގެ ބިމު އަޑީގައިވާ ހުރިހާ ނަރަކާއި ހުރިހާ ހޮޅިއަކާއި ބިމުމަތީގައިވާ ހުރިހާ ތާރަކާއި ހުރިހާ ގަލަކާއި ހުރިހާ މަގެއް. ހުރިހާ ޔޫޓިލިޓީއެއްގެ ހިދުމަތެއް އެއީ ކައުންސިލްގެ އެއްޗިއްސަށް ތަކެއްޗަށް ވުމަށް ލާމަރުކަޒީ ގާނޫނު މިވަނީ މާބޮޑަށް މާ ފުރިހަމައަށް ޖާގަ ދީފައި،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަކީ އިންޑިއާ ކަނޑުގެ މެދު ކަމަށާއި އޭގެ ބޭނުން އައްޑޫ ރައްޔިތުން ހިފާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަން ކުރަން އައްޑޫ މުޅި ދުނިޔެއަށް ހުޅުވެން ޖެހޭ ކަމަށާއި އެކަން ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އިރުމަތީ އެފްރިކާއަށް ދަތުރު ފައްޓަވާށޭ މޮމްބާސާއަށް އަނެއްކާ ވެސް ވަޑައިގަންނަވާށޭ އައްޑޫއާ އީސްޓް އެފްރިކާއާ ގުޅާލަދެއްވާށޭ. އެއީއޭ އައްޑޫގެ މުއްސަދިކަން އޮތް ތަނަކީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާގެ އެހީގައި އައްޑޫގައި ހަދާފައިވާ ފުލުހުންގެ ޓްރެއިނިން ސެންޓަރަކީ ސްޓްރެޓިޖިކް ޑިޕާޓްމަންޓަކަށް ހަދަން ޖެހޭ ކަމަށެވެ. އިންޑިއާ ކަނޑުގެ ސަލާމަތަށް ފަންނީ ލަފާ ދޭ ތަނަކަށް އެތަން ވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox