ކޮރަޕްޝަންގެ ވާހަކައިން ފައްޔާޒާއި ނަޝީދު އަނެއްކާ ހޫނުވެއްޖެ

ނަޝީދާއި ފައްޔާޒު އިވެންޓެއްގައި އެކުގައި ބައިވެރިވަޑައިގަންނަވަނީ: ދެ ބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަން ދަނީ ބޮޑުވަމުން --

ނަޝީދާއި ފައްޔާޒު އިވެންޓެއްގައި އެކުގައި ބައިވެރިވަޑައިގަންނަވަނީ: ދެ ބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަން ދަނީ ބޮޑުވަމުން --

ސިޔާސީ މަޝްރަހުގައި މިވަގުތު އެންމެ ބޮޑު ނުތަނަވަސްކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޒާރު އިސްމާއިލްއާ ދެމެދު ވަނީ އުފެދިފަ އެވެ. ދެ ބޭފުޅުންނަކީ ވެސް ޕާޓީގެ ތެރޭގައި ނުފޫޒުގަދަ ދެ ބޭފުޅުންނަށްވާއިރު، އުފެދިފައި އޮތް ނުތަނަވަސްކަން އަނެއްކާވެސް ވަނީ ހޫނުވެފަ އެވެ.

މިފަހަރު ދެ ބޭފުޅުންގެ މެދުގައި ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރައްވާފަ އެވެ. މިކަން ފެށިގެން ދިޔައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ފައްޔާޒަށް އަމާޒު ކުރައްވައި ނަޝީދު ކުރެއްވި މެސެޖާ ހަމައިންނެވެ.

"ފަޔާ ފޮރުވަން އުޅެން ހަދައިން ރައިސުލްޖުމްހޫރިއްޔާ ހަލާކު ވާނީ،" ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވާތީ ހިތްހަމަނުޖެހިވަޑައިގެން ހުންނެވި ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު އަމާޒު ކުރެއްވި ހަމަލާއަށް ފައްޔާޒު ވަގުތުން ރައްދު ދެއްވި އެވެ.

"ސާފުކޮށްލައްވާ! އަޅުގަނޑު ފޮރުވާކަށް ނުޖެހޭނެ، އެހެން މީހުންނާ ދިމާލަށް އެއްޗެހި ބުނަންޏާ އެހެން މީހުން ވެސް އެއްޗެހި ބުނާނެކަން ގަބޫލު ކުރަން ވާނެ، މިއީ ހަމަ އަސްލު ވެސް ނޯތުކޮރެއާއެއް ނޫން، ނޯ މޯ ރޫމް ފޯ ޑިކްޓޭޓަޝިޕް،" ފައްޔާޒު ފޮނުއްވި މެސެޖްގައިވެ އެވެ.

ފައްޔާޒު އިތުރަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ މީހަކު ހަމަ އެއްޗެއް ބުނާއިރަށް ނަޝީދު ފުންމައިގެން ޖެހިވަޑައިގަންނަން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނާ ދިމާއަށް ހިތު ހުރިހާ އެއްޗެއް ކިޔާއިރު އަޅުގަނޑުމެން ލައިގެން ތިބެވޭނީ ވަކި ވަރަކަށް، އެހެން ގޮތަކަށް އެކްސްޕެކްޓް ނުކުރައްވާ، މި ސިކުންތައްވުރެ ދުރަށް އަމިއްލަ ސަލާމަތަށް ނުބަލަން،" ފައްޔާޒު ވިދާޅުވި އެވެ.

ރައްދުގައި ނަޝީދު ވިދާޅުވީ ފައްޔާޒާ އިދިކޮޅުވާން ލަދުގަންނާނެ ކަމަށާއި ނަމަވެސް ނުކުމެ ހުންނެވީ އެމްޑީޕީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވަން ކަމަށެވެ.

"ކޮރަޕްޝަންގެ ވާހަކަ ހިނގާ ރަނގަޅަށް ދައްކާލަން!" ކޮރަޕްޝަންގެ ވާހަކަ ޕަބްލިކްގައި ދެއްކުމަށް ދައުވަތު ދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.

"ހިންގަވާ! މާދަމާ! އަވަސް ކުރައްވާ!" ނަޝީދު ލިޔުއްވި އެވެ.

ނަޝީދު ވަނީ ޓީވީ ޗެނަލްތަކުން ލައިވް ކުރާ ގޮތަށް އެމަނިކުފާނާއި ފައްޔާޒު، ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ދަންނަވާފަ އެވެ.

"ލެޓް މީ ނޯ ޓައިމް އެންޑް ޕްލޭސް، ހަސަން ލަތީފް،" ފައްޔާޒު ލިޔުއްވި އެވެ.

ނަޝީދު މި ވާހަކަތައް ނިންމާލެއްވީ "ފައިސާ ނަގާ ގޮތާއި އެކަން ކުރި މީހުން" އަތުގައި އެބަހުރި ކަމާއި އަދި އެ ކަންކަން ފައްޔާޒު ވެސް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

"ހަމަ ހުރިހާ އެއްޗަކާއެކު، އާދެ! އަވަސް ކުރައްވާ!" ފައްޔާޒު ވެސް ވާހަކަތައް ނިންމާލެއްވި އެވެ.

ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރެއްގެ ގޮތުގައި ފައްޔާޒު ފާހަގަ ކުރެވިފައިވާއިރު ނަޝީދު ވަނީ މި ސަރުކާރުގެ "ބްރޯ"އަކަށް ފައްޔާޒު ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައި ކޮރަޕްޝަން އިންތިހާއަށް ފައްޔާޒު ހިންގަމުންދާ ކަމަށް ނަޝީދު ތުހުމަތު ކުރައްވަ އެވެ.

ނަޝީދު ވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ވެސް މަސައްކަތްޕުޅު ކުރައްވާފަ އެވެ. ނަމަވެސް އެކަމަށް އެމްޑީޕީ މެންބަރުންގެ ތާއިދު ލިބިފައެއް ނުވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ވެސް ނުތަނަވަސްކަން އުފެދިގެން ދިޔަ އެވެ.

ނަޝީދު ކުރައްވާ ތުހުމަތުތަކަށް ފައްޔާޒު އަބަދުވެސް އިންކާރު ކުރައްވަ އެވެ. ނަމަވެސް މަޖިލިސް މެންބަރުން އެކިއެކި ކަންކަމުގައި އޭނާ އަރިހަށް އަންނަ ކަމާއި އެހެން މިނިސްޓަރުން ވެސް ހިޔާލު ހޯދައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭނާއަކީ ވަރަށް ކޮލިޓީކޮށް މަސައްކަތް ކުރާ މީހެއް ކަމާއި ކޮރަޕްޝަން ހިންގިޔަސް އެއްވެސް މީހަކަށް ނޭނގޭނެ ކަަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox