އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިނގަމުން ދިޔަ ޓޫރިސްޓުންތަކެއް: މި އަހަރު ރެކޯޑު ދުވެލީގައި ފެށި ޓޫރިޒަމް ސިނާއަތް މަޑުޖެހުނީ އިރާނު ހަނގުރާމައިގެ ތެރޭގައި --- އަދަދު ފައިލް ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިނގަމުން ދިޔަ ޓޫރިސްޓުންތަކެއް: މި އަހަރު ރެކޯޑު ދުވެލީގައި ފެށި ޓޫރިޒަމް ސިނާއަތް މަޑުޖެހުނީ އިރާނު ހަނގުރާމައިގެ ތެރޭގައި --- އަދަދު ފައިލް ފޮޓޯ

މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާ ހުރެ، މި އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ވަރަށް ބޮޑަށް ދަށްވެ، 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދުގެ ދަށް މިންވަރަކަށް ވެއްޓޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއުލާނު ކުރައްވައިފި އެވެ.

ސަރުކާރުން ކުރިން ލަފާކުރީ މި އަހަރު އިގުތިސޯދު 5.3 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މަސްރަހަށް އައި ބޮޑެތި ލޮޅުންތަކާއެކު އަންދާޒާތައް މިހާރު ވަނީ މުޅިން ބަދަލުވެފަ އެވެ.

އިގުތިސޯދީ ދުވެލި މިހާ ބޮޑަށް ތިރިއަށް ދިޔައީ ޔޫރަޕުން އަންނަ ޓޫރިސްޓުން މެދުއިރުމަތީގައި ޓްރާންސިޓު ކުރާ ހަބުތައް ބަންދުކުރުމުންނެވެ. އެ ދުވަސްވަރު ޓޫރިސްޓުން އަންނަ އަދަދު ވަރަށް ބޮޑަށް މަދުވި އެވެ. އޭރުގެ ދަށުވުމުން އަރައިގަނެވުނަސް، މި އަހަރަށް ލަފާކުރި ވަރަށް ޓޫރިސްޓުން ނާންނާނެ ކަމަށް މިހާރު ވަނީ ޔަގީންވެފަ އެވެ. އަދި، މިދިޔަ އަހަރު އައި އަދަދާ ގާތްކުރާ ވަރަށް ވެސް ޓޫރިސްޓުން ނައިސްދާނެ ކަމަށް މިހާރު ބެލެވެ އެވެ.

ބަޖެޓު ބަޔާން އިއްވަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، އިރާނު ހަނގުރާމައަކީ ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ މާލިއްޔާއަށް ކުރިމަތިވި ތިންވަނަ ބޮޑު ޝޮކް ކަމަށެވެ. އެ ހަނގުރާމައާ ހެދި ދަތުރުފަތުރަށް ބުރޫއަރައި، ތެލުގެ އަގު އުފުލި އަދި އެއާލައިންތަކުގެ ދަތުރުތައް މަދުވެ ރާއްޖޭގެ ޓޫރިޒަމަށް ސީދާ އަސަރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު ހިސާބުގައި މުޅި ދުނިޔޭގެ އިގުތިސާދު ގުޑުވާލީ ބޮޑު ހަނގުރާމައަކުން. މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މާލިއްޔާއަށް ކުރިމަތިވި ތިންވަނަ ބޮޑު ޝޮކް" ޒަރީރު ވިދާޅުވި އެވެ. 

އިގުތިސޯދަށް ދިމާވީ ހާލަތު ސިފަކޮށްދެއްވަމުން ޒަރީރު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރާއި، މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީގައި ވެސް ޓޫރިޒަމް ރަނގަޅު ކަމަށެވެ. ނަމަވެސް މާޗު އަދި އެޕްރީލްގައި ޓޫރިޒަމް 23 ޕަސެންޓު ދަށްވުމާ ގުޅިގެން، މިއަދާ ހަމައަށް އައިއިރު ވެސް މިދިޔަ އަހަރަށް ވުރެ ޓޫރިޒަމް 3.6 ޕަސެންޓު ދަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން މިހާރު ލަފާކުރަނީ މި އަހަރު ނިމޭއިރު އަންނާނީ 2.17 މިލިއަން ޓޫރިސްޓުން ކަމަށެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތްކުރި 2.25 މިލިއަން ޓޫރިސްޓުންނަށް ވުރެ 3.5 ޕަސެންޓު މަދު އަދަދެކެވެ.

މި އަހަރު މިހެން ދިމާވި ނަމަވެސް، އަންނަ އަހަރަކީ އުއްމީދީ އަހަރަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ގޮތުން އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގެ ހަލުވި މިނެއްގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްް އޭނާ ވިދާޅުވި އެވެ. އަދިދި އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ފާހަގަކޮށް، 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި އަމާޒު އޮތް ނަމަވެސް، ބަޖެޓުގައި އޮތް ބޭސްލައިން އަމާޒަކީ 2.28 މިލިއަން ޓޫރިސްޓުން ގެނައުމެވެ. 

ކުރިން އިގުތިސޯދީ ދުވެލި މިއަށް ވުރެ ދަށްވީ ގައުމަށް ދިމާވި ބޮޑެތި ކާރިސާތަކުގައި އެކަންޏެވެ

ވޭތުވެދިޔަ 30 އަހަރަށް ބަލާއިރު، ރާއްޖޭގެ އިގުތިސޯދީ ދުވެލި މިއަށް ވުރެ ދަށްވީ އިގުތިސޯދު މުޅިން އަޑިއަޅައިލި ހަތަރު އަހަރު އެކަންޏެވެ. އެއީ 2001 ވަނަ އަހަރާއި، ސުނާމީ ކާރިސާއަށް ފަހު 2005 ގަ އެވެ. ދެން ދުނިޔޭގެ މާލީ ކާރިސާ ދިމާވި 2009 އަދި ކޮވިޑްގެ ވަބާ ފެތުރުނު 2020 ވަނަ އަހަރު އެވެ. އިގުތިސޯދީ ކުރިއެރުން މުޅިން ހުއްޓި ނެގެޓިވް ނުވާ އަހަރުތަކަށް ބަލާއިރު، މިއީ ފަހުގެ ތާރީހެއްގައި ދުވެލި އެންމެ ބޮޑަށް މަޑުޖެހުނު އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox