މިލާންގެ ކޯޗުކަމާ އަމޮރިމް ހަވާލުވުމުން ޔުނައިޓެޑަށް 11 މިލިއަން ޑޮލަަރު ސަލާމަތްވެއްޖެ

Sep 24, 2026, 11:19 AM
ޕޯޗުގީސް ކޯޗު އަމޮރިމް.

ޕޯޗުގީސް ކޯޗު އަމޮރިމް.

މެންޗެސްޓާ (ސެޕްޓެމްބަރު 24) - އޭސީ މިލާނުން ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް އެ ޓީމަށް ގެނައުމާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑަށް 11 މިލިއަން ޑޮލަރު ސަލާމަތްކުރެވިއްޖެ އެވެ. 

ސްޕޯޓިން ލިޒްބަންގެ ކޯޗަކަށް ހުރެފައި، ޔުނައިޓެޑާ ހަވާލުވި އަމޮރިމް އެ ޓީމުގައި ހުރީ 14 މަސް ދުވަހު އެވެ. ޖެނުއަރީ މަހު، ޔުނައިޓެޑްގެ ކޯޗުކަމުން އަމޮރިމް ވަކިކުރިއިރު، އެ ކްލަބާ އެކު އޭނާ ހަދާފައި އޮތް އެއްބަސްވުން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން، އަމޮރިމްގެ އެއްބަސްވުން ހަމަވުމުގެ ކުރިން އޭނާ ވަކިކުރާނަމަ ދެ ބަޔަކަށް ބަހާލައިގެން، ކޮންޓްރެކްޓްގެ މުއްދަތަށް މާލީ ބަދަލެއް ދޭން ޖެހޭ ގޮތަށް މާއްދާއެއް ހިމަނާފައިވެ އެވެ. 

އެ ގޮތުން، ޔުނައިޓެޑުން އަމޮރިމް ވަކިކުރިއިރު، އެންމެ ފުރަތަަމަ ޕޭމަންޓް ވަނީ ދައްކައިފަ އެވެ. އެއީ، 10.8 މިިލިއަން ޑޮލަރެވެ. އެކަމަކު، އޭގެ ދެ ވަނަ ޕޭމަންޓް ދޭން އޮތީ ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ. އެކަމަކު، އެ ޕޭމަންޓް ދޭން ޖެހެނީ އަމޮރިމް، އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން އެހެން ޓީމަކާ ހަވާލުނުވާނަމަ އެވެ. އެކަމަކު، މިލާނުގެ ކޯޗަކަށް ވާން އަމޮރިމް އަށް ދިން އޮފާ އޭނާ ގަބޫލުކުރުމާ އެކު، ޔުނައިޓެޑުން ދޭން ޖެހޭ 11 މިލިއަން ޑޮލަރުގެ ދެ ވަނަ ޕޭމަންޓް ދައްކަން ނުޖެހޭކަން އެނގިގެންދިޔައީ، ޔުނައިޓެޑުން އާންމުކުރި އެ ކްލަބްގެ މާލީ ހިސާބުތަކުންނެވެ. 

މިލާނާ ހަވާލުވެ، އަމޮރިމް އަންނަނީ ރަނގަޅު މަސައްކަތެއް ކުރަމުންނެވެ. އިޓާލިއަން ލީގުގެ އާ ސީޒަނުގެ ފުރަތަމަ ފަސް މެޗު ނިމުނުއިރު، މިލާން މެޗަކުން ބަލިވެފައިނުވެ އެވެ. ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެންމެ ފަހުން މިލާން ކުޅުނު މެޗުން ވަނީ ލެއްޗޭ އަތުން 3-0 އިން މޮޅުވެފަ އެވެ. މިލާން އޮތީ ލީގު ތާވަލުގެ ފަސް ވަނައިގަ އެވެ. އެކަމަކު، ޔޫރޮޕާ ލީގުގައި މިލާން ކުޅުނު ފުރަތަމަ މެޗުން ބެންފީކާ އަތުން ވަނީ 2-0 އިން ބަލިވެފަ އެެވެ. 

ޔުނައިޓެޑުން މި ފަހަރު އާންމުކުރި މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެހިޖެހިގެން ހަތް ވަނަ ސީޒަނަށް ވަނީ މާލީ ގޮތުން ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން، ޖޫން މަހުގެ ނިޔަލަށް ރެކޯޑް ކުރެވިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޔުނައިޓެޑްގެ އެނުއަލް ލޮސް އަކީ 56 މިލިއަން ޑޮލަރެވެ.

ޔުނައިޓެޑްގެ ޖުމްލަ ދަރަަނި އުޅެނީ، 1.3 ބިލިއަން ޑޮލަރުގަ އެވެ. މިއީ، ޔުނައިޓެޑް ހިންގުމުގެ ތެރެއަށް ޖިމް ރެޓްކްލިފްގެ އިނިއޯސް އައިސް، ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅި ފަހުން ވެސް އެ ކްލަބްގެ ދަރަނި ރެކޯޑް ކުރެވިފައިވާ މިންވަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox