ގާޑިއޯލާ އަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން: ބޮނޫޗީ

Sep 25, 2026, 9:19 AM
ޔުވެންޓަސް އަށް ކުރިން ކުޅުނު މެޗެއްގެ ތެރެއިން އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ

ޔުވެންޓަސް އަށް ކުރިން ކުޅުނު މެޗެއްގެ ތެރެއިން އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ

ޓިއުރިން، އިޓަލީ (ސެޕްޓެމްބަރު 25) - ފުޓްބޯޅަ ކެރިއަރުގައި އެންމެ އުނދަގުލުން ކުރި އެއް ކަމަކީ މެންޗެސްޓާ ސިޓީގެ ކޯޗަކަށް ހުރެފައި ޕެޕް ގާޑިއޯލާ އެ ކްލަބަށް އަންނަން ދިން އޮފާ ގަބޫލުނުކޮށް ދޫކޮށްލަން ޖެހުން ކަަމަށް އިޓަލީގެ ޑިފެންޑަރު، ލިއޮނާޑޯ ބޮނޫޗީ ބުނެފި އެވެ. 

ވޯލްޑް ސޮކާ އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި، އުމުރުން 39 އަހަރުގެ ބޮނޫޗީ ވަނީ 2016 ވަނަ އަހަރު ސިޓީ އަށް ދިއުމަށް ލިބުނު އޮފާއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ސިޓީ އަށް ގާޑިއޯލާ ބަދަލުވުމަށް ފަހު، އޭނާ ބޭނުންވީ އެ ޓީމުގެ ޑިފެންސް ބައްޓަންކުރަން ބޮނޫޗީ ލީޑުކުރާ ގޮތަށެވެ. 

"އަހަރެން ކުޅޭ ސްޓައިލްގެ ފުޓްބޯޅަ އަކީ ގާޑިއޯލާ އެންމެ ގަޔާވާ ގޮތް. އެކަން ގާޑިއޯލާ ވެސް ފާހަގަކުރި. އެހެންވެ، ގިނަ ހަފްތާތަކެއް ވަންދެން އޭރު ގާޑިއޯލާ ވަނީ ވާހަކަ ދައްކާފައި. އަހަރެން މި ބުނަނީ ގާޑިއޯލާ އެ ގޮތަށް ވާހަކަ ދެއްކުމަކީ މުޅިން އެހެން ކަހަލަ ތަޖުރިބާއެއް،" ބޮނޫޗީ ބުންޏެވެ. 

އޭނާ ބުނީ، އެ ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން އިޓަލީގެ މެޗުތަކަށް ތައްޔާރުވަމުންދިޔައިރު ވެސް ގާޑިއޯލާގެ އެ އޮފާގެ ކަންތައްތަކާ މެދު ވިސްނެމުންދިޔަ ކަމަށެވެ. އަދި، މުބާރާތުގެ ތެރެއިން ވެސް ބައެއް މަޝްވަަރާތައް ކުރިއަށްދިޔަ ކަމަށް ބޮނޫޗީ ވަނީ ބުނެފަ އެވެ. 

"ހަގީގަތަކީ އަހަންނަށް ބޮޑު ހިތްދަތި ކަމަކަށްވީ އޭރު ޔުވެންޓަސް ދޫކޮށްލަން ވިސްނުން ވެސް. ބައެއް ދުވަސްތަކުގައި ހިތައް އެރި ކިހާ ބޮޑު ފުރުސަތެއް ހޭ މިއީ، ޕްރިމިއާ ލީގުގައި ގާޑިއޯލާގެ ކޯޗުކަމުގައި ކުޅެލަން ލިބުމަކީ އެކަމަކު، އެ ހުރިހާ ކަމަަކަށް ވުރެން ޔުވެންޓަސްއާ އެކު އަހަރެންގެ ހުވަފެންތައް މާ ބޮޑު،" ބޮނޫޗީ ބުންޏެވެ.

ސީނިއާ ކެރިއަރުގައި ބަރީ، އިންޓަ މިލާން އަދި ޖެނޯއާ އަށް ކުޅުމަށް ފަހު، ބޮނޫޗީ، ޔުވެންޓަސް އަށް ބަދަލުވީ 2010 ވަނަ އަހަރު އެވެ. އެ ޓީމަށް ހަތް އަހަރު ކުޅެދިނުމަށް ފަަހު، ބޮނޫޗީ ވަނީ 2017-2018 ސީޒަނުގައި އޭސީ މިލާނަށް ކުޅެފަ އެވެ. އަލުން، 2018 ވަަނަ އަހަރުގެ މެދުތެރެއިން ޔުވެންޓަސް އަށް ގޮސް، 2023 ގެ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކުޅުމަށް ފަހު، ބޮނޫޗީ ފަހުން ވަނީ ޔޫނިއަން ބާލިން އާއި ފެނަބާޗޭ އަށް ކުޅެފަ އެވެ. އޭނާ ފުޓްބޯޅަ ކެރިއަރު ނިންމާލީ 2024 ގެ މެއި މަހު ފެނަބާޗޭގައި ހުރެފަ އެވެ. 

ޔުއެފާ ބީ ކޯޗިން ލައިސަންސް ހާސިލްކޮށްފައިވާ ބޮނޫޗީ ވަނީ އިޓަލީގެ 20 އަހަރުން ދަށުގެ އެސިސްޓަންޓް ކޯޗުކަމާއި އިޓަލީ ސީނިއާ ޓީމުގެ ޓެކްނިކަލް އެސިސްޓަންޓް ކޯޗުގެ ޒިންމާ އަދާކޮށްފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox