ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް، ލީގު ބްރޭކަކަށް!

Oct 25, 2026, 11:02 PM
ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުކޫ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުކޫ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްެރިމިއާ ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅެއް ހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ. 

މި މެޗަށް ފަހު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މަހެއްހާ ދުވަހަށް މެދުކަނޑާލާނެ އެވެ. އެއީ، އަންނަ މަހު 4-17 އަށް ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ތައްޔާރުވާން މާދަމާ ގައުމީ ޓީމުން އިންޑޮނޭޝިއާގައި ޓްރެެއިނިން ކޭމްޕަކަށް ފުރާނެ އެވެ. އެއީ، އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޭމްޕެކެވެ. 

އަންނަ މަހުގެ 22 ވަނަ ދުވަހު އަލުން ފަށާ ގޮތަށް ލީގު މެދުކަނޑާލާފައިވާއިރު، މި ވަގުތު އެއް ވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ކްލަބް އީގަލްސް އަށް 11 ޕޮއިންޓް ހަމަކުރެވުނީ ހަ މެޗުންނެވެ. 

ފަސް ވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސް ކްލަަބަށް ވަނީ ހަ މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ހަ މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި އޮތް ހއ. ދިއްދޫ އަށް ހަ މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ނުވަ ވަނައިގައި އޮތް ބުރު އަށް ހަ މެޗުން ތިން ޕޮއިންޓް ލިބިފައިވެ އެވެ. ފުލުގައި އޮތީ ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ލިބިފައިނެތް ގދ. ގައްދޫ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި މާޒިޔާގެ ނައްސާހު އިބްރާހިމް ނާސިރު ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ލިބުނު ހުސް ފުރުސަތެއްގައި ގޯލު ޖެހޭ ގޮތެއްނުވި އެވެ. 

މެޗުގައި މާޒިޔާ އަށް ލީޑުނަގައިދިން ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ނައިޖީރިއާގެ ފޯވާޑް، ބެންޖަމިން ކުކޫ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ބުރުގެ ކުޅުންތެރިންނަށް އެ ބޯޅަ ޖައްސާލެވުނީ އޭރިއާތެރޭގައި ހުރި ކުކޫ އަށް ރަނގަޅަށް ފޮނުވާލެވޭ ހިސާބަށެވެ. އޭނާ ވަނީ އެއް ފަހަރުން ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. 

ބުރު އަށް އެއްވަރުކޮށްދޭން މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލް ޖެހި ޝޮޓް ވަނީ މާޒިޔާ އިން ސަލާމަތްކޮށްފަ އެވެ. 

މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އަހުަމަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅަ ކީޕަރު، ހަސަން އަލީފް އިބްރާހިމް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުފުޅާކޮށްދިނީ ވެސް ކުކޫ އެވެ. މިއީ، ފޭދޫ އިއްބެ ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ދުރު ކަނަށް އަމާޒުކޮށްލައިގެން ކުކޫ ޖެހި ލަނޑެކެވެ. 

މިއީ، މި ސީޒަނުގައި މާޒިޔާ އިން ބުރު ބަލިކުރި ދެ ވަނަ ފަހަރެވެ. އެ ގޮތުން، މި ފަހަރުގެ ކަޕް ވިނާސް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 އިންނެވެ. އަނެއްކޮޅުން، އެންމެ ފަހުން ފަސް ސީޒަނުގެ ލީގު ޗެމްޕިއަން، މި ފަހަރުގެ ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު، އެންމެ މޮޅެއް ހޯދި ނަމަވެސް، އޭގެ ފަހުން ކުޅުނު ތިން މެޗުން މި ވަނީ މޮޅުވެފަ އެވެ. މާޒިޔާ އަށް މޮޅުނުވެވުނީ، ނިއު އަތުން ބަލިވެ، ވިކްޓަރީއާ އެއްވަރުވި މެޗުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox