ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް ލިބި ތިން ވަނަ ސެމީ އަށް

Oct 25, 2026, 12:26 PM
ދިވެހި ސިފައިންގެ ކްލަބުން ގައުމީ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން،--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިވެހި ސިފައިންގެ ކްލަބުން ގައުމީ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން،--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިވެހި ސިފައިންގެ ކްލަބުން ގައުމީ ފައިނަލުން ޖާގަ ހޯދިއިރު، ދިމާވި ކުއްލި ސަބަބަކާ ހުރެ، ކްލަބް އެމްޓީސީސީން މެޗު ދޫކޮށްލުމުން ކްލަބް އެޗްޑީސީ ތިން ވަނަ ސެމީ ފައިނަލަށް ދަތުރުކޮށްފި އެެވެ. 

ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ކުޅުވަން ބޭނުންވާ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ)ގެ މައްސަލަތަކެއް ދިމާވެގެން އެއް ދުވަސް ފަސްކުރަން ޖެހުނެވެ. 

ގައުމީ ވޮލީ މުބާރާތުގައި އިއްޔެ ހަވީރު ކުޅެން ޖެހިފައި އޮތީ ލީގުގެ ތިން ވަނަ ހޯދި އެޗްޑީސީ އާއި ހަަތަރު ވަނަ ހޯދި އެމްޓީސީސީ ބައްދަލުކުރާ ސެމީ ފައިނަލެވެ. މި މެޗު ކުޅެން އެމްޓީސީސީ ޓީމުން ސޯޝަލް އިންޑޯ އަށް ދިޔަ ނަމަވެސް މެޗު ކުޅެފައެއް ނުވެ އެވެ. އެއީ، އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ކަންކަން ފުރިހަމަ ކުރުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިއްޔެ މެންދުުރު ފޮނުވާފައިވާ އައިޓީސީ އެގްރީމެންޓެއްގައި ސޮއިނުކުރާތީ އެވެ. 

އެ އެގްރީމަންޓްގައި އޮތީ، ވީއޭއެމް އިން ބާއްވާ ގައުމީ ވޮލީބޯޅަ މުބާރާތް ވާން ޖެހޭނީ ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީގެ ލެވަލް 1 މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، އެ ގޮތަށް އެފްއައިވީބީގައި މުބާރާތް ރަޖިސްޓްރީ ކުރާތީވެ، ވީއޭއެމް އިން ނިންމީ ކުރިން ރަޖިސްޓްރީކޮށްފައިވާ އައިޓީސީތައް ބަދަލުކުރުމަށް ކްލަބްތަަކަށް އެންގުމަށެވެ. އަދި، އެގްރީމަންޓް ހަދަން ނިންމީ އެކަމުގެ ޒިންމާ ނަގާނެ ކަމަށް ކްލަބްތަކުން އެއްބަސްވުމަށްޓަކަ އެވެ.

އެކަމަކު، އިއްޔެގެ މެޗު ފަށަން ދެ ގަނޑިއިރެއްހާއިރު ތެރޭ އެ ވަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކުންފުންޏެއްގެ ދަށުން ހިންގާ ޓީމެއް ކަމަށްވާތީވެ، އެމްޓީސީސީން އެ ވަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ގާނޫނީ ލަފާ ހޯދަން ބޭނުންވެ، އެ އެގްރީމަންޓްގައި ސޮއިނުކުރެވުމުން، މެޗު ދޫކޮށްލަން ޖެހުނީ އެވެ. އެމްޓީސީސީގެ ކަންބޮޑުވުމަކީ އެ ވަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވީއޭއެމް އިން ދިން މުއްދަތު ކުރުވުމެވެ. 

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި، އެމްޓީސީސީ އިއްޔެގެ އެ މެޗު އެ ހާލަތުގައި ނުކުޅެން ނިންމުުމުން، އެޗްޑީސީ މޮޅުވީ ކަމަށް ނިންމީ، ތިން ސެޓު ވެސް 25-0 އިންނެވެ. 

މުބާރާތުގައި ރޭ ކުޅެފައިވަނީ، ގައުމީ ލީގު ޗެމްޕިއަންކަން ހޯދި ސިފައިންނާއި ލީގުގެ ދެ ވަނަ ހޯދި ޕޮލިސް ކްލަބް އެވެ. މި މެޗު 3-2 ސެޓުން ކާމިޔާބުކޮށް، ސިފައިން ވަނީ ގައުމީ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓު، 22-25 އިން އެމްޓީސީސީން ގެންދިޔައިރު، ދެ ވަނަ ސެޓު، 26-24 އިން ގެންގޮސް ސިފައިން މެޗު އެއްވަރުކުރި އެވެ. އަދި، ތިން ވަނަ ސެޓު، 25-15 އިން ގެންގޮސް ސިފައިން ލީޑެއް ނަގާފައި ވަނިކޮށް، ހަތަރު ވަނަ ސެޓު، 21-25 އިން ގެންގޮސް ޕޮލިހުން އެއްވަރުކުރި އެވެ. ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުން ސިފައިން މޮޅުވީ 15-12 އިންނެވެ. 

ގައުމީ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުގައި މިރޭ ފައިނަލުގެ ޖާގަ އަކަށް ޕޮލިހާއި އެޗްޑީސީ ބައްދަލުކުރާނެ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ސިފައިންނާ ދެކޮޅަށް ފައިނަލުގައި ކުޅޭނީ އަންގާރަ ދުވަހުގެރޭގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންގާރަ ދުވަހުގެރޭ ފައިނަލް ކުޅޭނަމަ އެ މެޗުގައި ސިފައިންގެ ބިދޭސީ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ކުޑަ އެވެ. އެއީ، އެ ކުޅުންތެރިން އެހެން ގައުމެއްގެ މުބާރާތް ކުޅެން ދާން ދުރާލާ ޓިކެޓާއި ކަންކަން ހަމަޖައްސާފައިވާތީ އެވެ. މީގެ ކުރިން، ޝެޑިއުލް ދީފައި އޮތް ގޮތުން، މިއަދުގެ ނިޔަލަށް ގައުމީ މުބާރާތް ނިމެ  އެވެ. އެކަމަކު، މިހާރު އެކި ސަބަބުތަކާ ހުރެ ދެ ދުވަސް އިތުރުވީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox