ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

Oct 12, 2026, 8:25 PM
ޖަރުމަނުގެ ޓެނިސް ތަރި އަލެކްސަންޑަ ޒްވެރެވް

ޖަރުމަނުގެ ޓެނިސް ތަރި އަލެކްސަންޑަ ޒްވެރެވް

ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 12) - ޗައިނާގައި މިހާރު ކުރިއަށްދާ ޝަންހާއީ މާސްޓާސްގެ ދެ ވަނަ ބުރުން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިވުމާ އެކު، ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަށް މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ އެވެ. 

އުމުރުން 29 އަހަރުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަަނައިގެ ފުރުސަތު އެންމެ ފުރަތަމަ ފަހިވީ، އެ މަގާމުގައި އޮތް އިޓަލީގެ ޖަނިކް ސިނާ އަށް އަނިޔާވެ، މި ފަހަރުގެ ޓެނިސް ސީޒަނުގެ ބާކީބައިގައި ނުކުޅެވޭ ގޮތްވުމުންނެވެ. ދެން، އެއް ވަނަ އަށް އަރަން ރޭހުގައި އޮތީ ސްޕެއިނުގެ އަލްކަރާޒް އާއި ޒްވެރެވް އެވެ. އޭގެ ތެރެއިން، އަަލްކަރާޒް ވަނީ ޝަންހާއީ މާސްޓާސްގެ ތިން ވަނަ ބުރުގައި ބެލްޖިއަމްގެ ޒިޒޫ ބާގްސް އަތުން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު، އަލްކަރާޒްގެ ރޭންކިން ޕޮއިންޓް ރޭންކިން އެއް ވަނަ އަށް އަރާ ވަރަށް ދެން މި ސީޒަނުގައި ނުލިބޭނެކަން ޔަގީންވީ އެވެ. 

"ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރޭނެކަން ޔަގީންވުމަކީ ހުވަފެނެއް ހަގީގަތަކަަށް ވުން،" ހަކުރުގެ ސީރިއަސް ބައްޔަކަށް ފަރުވާ ހޯދަމުން ޓެނިހުގައި ޕްރޮފެޝަނަލް ކެރިއަރެއް ބިނާކުރި ޒްވެރެވް ބުންޏެވެ. 

Advertisement

 ޒްވެރެވް ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި، ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ. ޓެނިސް ސީޒަން ނިމޭއިރު، އެއް ވަނަ އަށް ޒްވެރެވް އަރާނެކަން ޔަގީންވާއިރު، އޭނާ އަކީ އެކަން ހާސިލްކުރާ ޖަރުމަނުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި، މުޅިން އަލަށް އެންމެ ދޮށީ އުމުރުގައި ރޭންކިން އެއް ވަނަ އަށް އަރާނެ ކުޅުންތެރިޔާ އެވެ. 

އެންމެ އަަވަހަށް ޒްވެރެެވް އަށް ރޭންކިން އެއް ވަނަ އަށް އެރޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. 

މީގެ ހަަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ފްރެންްޗް އޯޕަންގައި ކަކުލަށް ސީރިއަސް އަނިޔާއެއްވީ ނަމަވެސް އަލުން އެނބުރި އައިސް ޒްވެރެވް ފެންނަނީ ވަރުގަދަކޮށެވެ. އަދި، މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން، ޒްވެރެވް އައީ ފޯމު ރަނގަޅު ކުރަމުންނެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox