ޓެނިސް ތަރި ކިރްގިއޯސް ކޮކޭން ބޭނުންކުރި މަައްސަލައެއްގައި ސަސްޕެންޑްކޮށްފި

Aug 20, 2026, 9:40 AM
އޮސްޓްރޭލިއާގެ ޓެނިސް ތަރި ކިރްގިއޯސް.

އޮސްޓްރޭލިއާގެ ޓެނިސް ތަރި ކިރްގިއޯސް.

ސިޑްނީ (އޮގަސްޓް 20) - އޮސްޓްރޭލިއާގެ ޓެނިސް ތަރި، ނިކް ކިރްގިއޯސް، ކޮކޭން ބޭނުންކުރި ކަމަށް ޓެސްޓް ސާމްޕަލަކުން ދެއްކުމުން އޭނާ ސަސްޕެންޑްކޮށްފި އެވެ. 

ސްޕެއިނުގެ މަޔޯކާ އޯޕަންގައި ވާދަކުރަމުން ދިޔައިރު، ޖޫން 22 ވަނަ ދުވަހު ކިރްގިއޯސް ވަނީ މެޗަކަށް ފަހު، ޑޯޕިން ޓެސްޓެއްގައި ބައިވެރިވެފަ އެވެ. އެ ޓެސްޓްގެ ނަތީޖާ އައިއިރު، ކުރިން ދުނިޔޭގެ 13 ވަނައިގައި އޮތް ކިރްގިއޯސް ވަނީ ކޮކޭން އަށް ޕޮޒިޓިވްވެފަ އެވެ. 

ދި އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެޖެންސީން ކިރްގިއޯސް ސަސްޕެންޑްކުރީ ވަގުތީ ގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ، ފުލް ރިޕޯޓަށް ބަލައި، އޭނާ އަށް ދޭން ޖެހޭ ސަސްޕެންޝަނެއް ޑިސިޕްލިނަރީ ކޮމީޓީން ވެސް ނިންމަން ޖެހޭނެތީއާ އެކު އެވެ. މި މުއްދަތުގެ ތެރޭގައި ވެސް ކިރްގިއޯސް ބޭނުންނަމަ އެޕީލް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޓެނިސް އިންޓެގްރިޓީ އެޖެންސީން ވަނީ ބުނެފަ އެވެ. އެކަމަކު، މިހާތަނަށް ކިރްގިއޯސްގެ ފަރާތުން އެޕީލް ކުރުމުގެ ލިޔުމެއް ވެސް ލިބިފައިނުވާ ކަމަށް ވެސް އެޖެންސީން މައުލޫމާތު ދީފައިވެ އެވެ. 

Advertisement

އިންސްޓަގްރާމްގައި ކިރްގިއޯސް ބުނެފައިވަނީ، އޭނާ އަށް ބޮޑު ގޯހެއް ހެދިފައިވާ ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށެވެ. 

ކިރްގިއޯސް އަށް ދީފައިވާ ސަސްޕެންޝަންގެ މި މުއްދަތުގައި، އޭނާ އަށް ކުޅުމާއި ކޯޗުކޮށްދިނުމުގެ ފުރުސަތެއް ނެތްއިރު، ޓެނިހުގެ ގްރޭންޑް ސްލޭމް ހިމެނޭހެން އެއްވެސް އިވެންޓެއް ކުރިއަށްދާ ތަނަކަށް ދިއުމުގެ ހުއްދައެއް ނެތެވެ. 

ރިޕޯޓްތައް ބުނާގޮތުން، ކިރްގިއޯސްގެ މައްސަލަ އެއްކޮށް ބަލައިނިމި، އަންނަ ސަސްޕެންޝަންގެ މުއްދަތު ހަތަރު އަހަރަށް ވުުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، އެ އަދަބުގެ މުއްދަތު ކުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ، އޭނާ ކޮކޭން ބޭނުންކޮށްފައިވަނީ، މުބާރާތެއްގެ މެދުތެރެއިން ނޫން ކަމަށް ސާބިތުކޮށްދީގެންނެވެ. އޭރުން ސަސްޕެންޝަން އަންނާނީ ތިން މަހަށެވެ. 

އުމުރުން 31 އަހަރުގެ ކިރްގިއޯސް މި އަހަރުގެ  މިހާތަނަށް ކުޅެފައިވަނީ، ސިންގަލްސް ހަތަރު މެޗެވެ. ކަކުލާއި އަތުގެ ކުޑަހުޅުގެ ގިނަ އަނިޔާތަކެއް މިދިޔަ އަހަރުތަކުގައި ދިމާވި ކިރްގިއޯސް އަށް މި އަހަރު ކުޅުނު މެޗުތަކުގެ ތެރެއިން، މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox