ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ ދެ މުސާރަ ނެގި މައްސަލައެއް ފަޅާއަރައިފި

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީއަކަށް ހުރި ހުސައިން މުއާޒު: އޭނާއަކީ މިހާރު އެ ކައުންސިލުގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ނޫން --- ފޮޓޯ: ރައީސް އޮފީސް

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީއަކަށް ހުރި ހުސައިން މުއާޒު: އޭނާއަކީ މިހާރު އެ ކައުންސިލުގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ނޫން --- ފޮޓޯ: ރައީސް އޮފީސް

ވ. ރަކީދޫ ކައުންސިލުގެ އިދާރާގެ ވަގުތީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފަކު، އޭނާގެ އަސްލު މުސާރައިގެ އިތުރުން ގަވާއިދާ ހިލާފަށް އެހެން ނަމެއްގައި ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއް އޮޑިޓް އޮފީހުން ފަޅާއަރުވާލައިފި އެވެ.

ރަކީދޫ ކައުންސިލުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުން ހާމަވެފައިވާ ގޮތުގައި، މި މުވައްޒަފު ވަނީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ވަޒީފާގެ މުސާރައިގެ އިތުރުން މިސްކިތު ވޭޖު ގެ ނަމުގައި ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ނަގައިފަ އެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ، އެ މުވައްޒަފަށް ދެ މަގާމުގެ މުސާރަ ލިބޭ ގޮތަށް ފައިސާ ދޫކުރަމުން ދިޔަ ނަމަވެސް، އިތުރު މުސާރައެއް ނުވަތަ އުޖޫރައެއް ދޭންޖެހޭ ފަދަ އެއްވެސް މަސައްކަތެއް އޭނާއާ ހަވާލުކޮށްފައިވާކަން އެނގޭކަށް ނެތް ކަމަށެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި އޮޑިޓް އޮފީހުން ބުންޏެވެ.

Advertisement

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީގެ "ދެ ވަނަ" ވަޒީފާގެ އާމްދަނީ

  • 2022 - 88،200ރ.
  • 2023 - 69،300ރ.
  • 2024 - 61،300ރ.
  • 2025 - 118،800ރ.
  • ހަތަރު އަހަރުގެ ޖުމްލަ - 337،600ރ.

މީގެ އިތުރުން، ކައުންސިލުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 79،771ރ. އެ މުވައްޒަފުގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކޮށްފައި ވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ. މި ފައިސާއަކީ އެ ކައުންސިލުން އެހެނިހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. 

އޮޑިޓް އޮފީހުން ބުނި ގޮތުގައި، މި ބުނާ ފަރާތްތަކަށް ރައްދުކުރުމަށް އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށް ބުނި ނަމަވެސް، އެ ފައިސާގެ ހައްގުވެރިންނަށް އެ ފައިސާ ލިބުނުކަން ކަށަވަރުކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ކައުންސިލް އިދާރާގައި ބަލަހައްޓާފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ އޭނާގެ މައްސަލަ ބަލައި ފިޔަވަޅުތަކެއް އެޅުމަށް އަންގާފަ އެވެ.

އެ ގޮތުން، އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާއަށް ވީގޮތެއް ބަލައި ކަށަވަރުކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދަން ވަނީ އަންގާފަ އެވެ.  އަދި ގަވާއިދާ ހިލާފަށް ދެ މުސާރަ ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

އޮޑިޓު ރިޕޯޓުގައި ނެތް ނަމަވެސް އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީއަކަށް ހުރީ ހުސެއިން މުއާޒެވެ. އޭނާއަަކީ މިހާރު އެ ކައުންސިލުގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ނޫން ކަން ވެސް ވަނީ ކަށަވަރުކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox