އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ އެންމެ އިސްވެރިޔަކަށް އަދި ރައީސްގެ މުޝީރަކަށް ޗެއާޕާސަން

އެމްޑީޕީގެ ފަރާތުން ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ސޯލިހު --- ފޮޓޯ: މުހައްމަދު ޝާބިން

އެމްޑީޕީގެ ފަރާތުން ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ސޯލިހު --- ފޮޓޯ: މުހައްމަދު ޝާބިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމެއްގައި އެ ޕާޓީގެ އިސް ވެރިޔަކަށް ވާނީ ޗެއާޕާސަން ކަމަށް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މުޝީރަކަށްވެސް ޗެއާޕާސަން އައްޔަންކުރަންޖެހޭ ގޮތަށް އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި އެވެ. 

އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ޗެއާޕާސަން ކަމެވެ. އެހެންކަމުން އެ އިސްލާހު ފާސްވެއްޖެނަމަ އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅަކު އެ ޕާޓީގެ އިސްވެރިޔަކަށް ކުރިން ހަމަޖެހޭ އުސޫލު ނިމުމަކަށް އަންނާނެ އެވެ. 

އަސާސީ ގަވާއިދަށް ދެން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން އެ ޕާޓީގެ ސަރުކާރެއް އޮންނައިރު، ޕާޓީ އާއި ސަރުކާރާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސް މުޝީރަކަށް ޕާޓީގެ ޗެއާޕާސަން އައްޔަންކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތް، އެ އިންތިހާބު ކާމިޔާބުކުރުމަށްފަހު، ގައުމީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ސަރުކާރު އެކުލަވާލުމުގައި އާއި، މުހިއްމު ސިޔާސަތުތައް ކަނޑައެޅުމާއި، ތަންފީޒުކުރުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ ލަފަޔާ މަޝްވަރާ ހޯދުމަށް އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ. 

މީގެއިތުރުން އިސްލާހުގައިވާ ގޮތުން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅައިފިނަމަ، އެ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލުމާއި، އެ އިންތިހާބުގެ ކެމްޕޭނާ ގުޅޭ ކަންކަން ނިންމަންވާނީ ރިޔާސީ ކެންޑިޑޭޓުގެ މަތިންނެވެ. 

އެމްޑީޕީގެ އަސާސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ރިޔާސީ ޕްރައިމަރީ އިންތިޒާމުކޮށް ރޭވުން ވަނީ އުނިކޮށްފަ އެވެ. ކުރިން ޗެއާޕާސަނަށް އިންތިޒާމުކޮށް ރޭވުން މަނަލީ ހަމައެކަނި ޗެއާޕާސަން އިންތިހާބެވެ.

ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަ މި އިސްލާހާއެކު ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ކަންކަން ހިންގައި ބަލަހައްޓާނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އެވެ. އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޕާޓީގެ އެއްވެސް އިންތިހާބީ މަގާމެއް ނުވަތަ ސެކްރެޓޭރިއެޓްގެ މަގާމެއް ފުރާ މީހަކު އައްޔަން ނުކުރެވެ އެވެ. 

އެމްޑީޕީގެ ކޮންގްރެސް ރަސްމީކޮށް ރޭ ހުޅުވާފައިވާއިރު، މިއަދު މެންދުރުފަހުން ފެށިގެން ރޭގަނޑަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންވެސްޓްމަންޓް ފޯރަމެވެ. އަދި ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މިގޮތުން ހޮނިހިރު ދުވަހު އަސާސީ ގަވާއިދަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ބަހުސްކޮށް، އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތައް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެއިތުރުން ބޮޑު ބަދަލާ ގުޅޭ ގަރާރާއި، ލާމަރުކަޒީ ނިޒާމާ ގުޅޭ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox