ޝަކީލްގެ މައްސަލަ ޕީއެންއެފްއިން މިއަދު ޕޮލިހަށް ހުށަހަޅާއިރު، ތުހުމަތުތައް އޭނާ ދޮގުކުރޭ!

Sep 17, 2026, 8:30 AM
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަކީލް އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަކީލް އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ޕާޓީ، ޕީއެންއެފްގެ މެމްބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މިއަދު ހުށަހަޅަން ނިންމައިފި އެވެ. 

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ކަންކަންވަނީ ހައްދުން ނައްޓާފަ ކަމަށާއި ޕީއެންއެފްގެ މެމްބަރުންނަށް ނޭނގި ޕާޓީން ވަކިކޮށްފައިވާ މިހާރު ސާބިތުވެއްޖެ ކަމަށެވެ.

"[އެހެންވެ] އީސީގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދިނުމަށް އެދި މާދަމާ [މިއަދު] 2 ޖަހާއިރު ޕޮލިހަށް ހުށަހަޅާނަން. ތަކުރާރުކޮށް ނަސޭހަތްދީ އިސްލާހު ނުވި،" މަލީހު ވިދާޅުވި އެވެ. 

Advertisement

މަލީހުގެ މި ތުހުމަތުތަކާ ގުޅިގެން، 'އަދަދު' ނޫހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން، މީހަކަށް ނޭނގި އެހެން މީހަކު ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި އަދި ވަކިވެސް ނުކުރެވޭނެ ކަމަށެވެ.

"އީސީގެ ނިޒާމު މިހާރު ހަމަޖެހިފައިވާ ގޮތުން މީހަކަށް ނޭނގި މީހެއް ޕާޓީއަކަށް ނުވެސް ވެއްދޭނެ އަދި ވަކިވެސް ނުކުރެވޭނެ. މަލީހު ވިޔަސް އަދި އެހެން މީހެއް ވިޔަސް ޕަބްލިކް އެޓެންޝަން ހޯދަން މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ދަންނަވަން،" ޝަކީލް ވިދާޅުވި އެވެ. 

ޕީއެންސީއަށް ވަގަށް މެންބަރުން ވައްދާފައިވާ ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައިވާއިރު، އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox