ނަމްޒާ ޕީއެންސީގެ ސެނެޓަށް، ޕީއެސްއެމްގެ ބޯޑުގައި އިނުމުގެ ޝަރުތެއް އުނިވެއްޖެ

ޕީއެންސީގެ ކޮންގްރެސް 2026 ގައި ޕީއެސްއެމްގެ ޗެއާޕާސަން، ނަމްޒާ (މ) ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވަނީ މި ސަރުކާރުގައި ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައި --- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސް 2026 ގައި ޕީއެސްއެމްގެ ޗެއާޕާސަން، ނަމްޒާ (މ) ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވަނީ މި ސަރުކާރުގައި ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައި --- ފޮޓޯ: ޕީއެންސީ

ދައުލަތުގެ މީޑިއާތައް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާޕާސަން އައިމިނަތު ނަމްޒާ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓަށް އިންތިހާބުވެވަޑައިގެންނެވުމާއެކީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ ޝަރުތެއް އުނިވެއްޖެ އެވެ. 

މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ނަމްޒާ ވަނީ އެ ޕާޓީގެ ސެނެޓުން އަންހެނުންނަށް ހާއްސަކޮށްފައިވާ 10 ގޮނޑީގެ ތެރެއިން ގޮނޑިއެއް ކާމިޔާބުކުރައްވާފަ އެވެ. 

ޕީއެސްއެމް ގާނޫނުގައި ބުނަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ގައިގައި ތިން ޝަރުތެއް ހަމަ ވާން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުރި މީހަކަށް ނުވުން ހިމެނެ އެވެ. 

ޕީއެންސީގެ ސެނެޓު މެންބަރުކަން ސިޔާސީ ޕާޓީއެއްގެ މަގާމަކަށެވެ. މިހެންކަމުން ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކަށް ނުވުމުގެ ޝަރުތު ނަމްޒާގެ ކިބައިން ވަނީ އުނިވެފަ އެވެ. 

މި ކަމާ ގުޅިގެން އަދަދު ނޫހުން ވާނީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބަހެއް ހޯދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ބޯޑުގެ ރައީސް، މުހައްމަދު ނިޒާރު ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޯޑުގެ ބަހެއް ނުލިބުނެވެ.

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޝަރުތުތައް

  •  އުމުރުން 18 އަހަރު ފުރިފައިވުން
  • ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުވަތަ މުވައްޒަފެއްގެ ގޮތުގައި ހުރި މީހަކަށް ނުވުން
  • މަކަރާއި ހީލަތުގެ ކުށެއް، ނުވަތަ ކޮރަޕްޝަނުގެ ކުށެއް، ނުވަތަ މާރާމާރީގެ ކުށެއް، ނުވަތަ ވައްކަމުގެ ކުށެއް ޝަރީއަތަށް ސާބިތުވެ، އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބަށް މައާފު ލިބުނުތާ ފަސް އަހަރު ހަމަނުވާ މީހަކު ކަމުގައި ނުވުން.

މި މައްސަލައިގައި ނަމްޒާގެ ބަހެއް ލިބޭތޯ ވެސް މަސައްކަތް ކުރީމެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވެސް ނުލިބުނެވެ. މި ނޫހުން ވާނީ މެސެޖުގެ ޒަރިއްޔާއިން ވިޔަސް އޭނާގެ ބަހެއް ހިއްސާކޮށްދޭން އެދި ސުވާލުތައް ފޮނުވާފަ އެވެ. 

ނަމްޒާއަކީ އަހަރުތަކެއް ވަންދެން ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގައި ޕްރެސެންޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި އެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫނާއި ޔާމީންގެ ސަރުކާރުގައި ސަރުކާރު ވަޒީފާތައް އަދާކުރައްވާފަ އެވެ.

މި ސަރުކާރުގައި ނަމްޒާ އެންމެ ފުރަތަމަ ހުރީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ފަހުން އޭނާ ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ބައްޔާ ގުޅިގެން އެ މިނިސްޓްރީ އުވާލި ފަހުން ނަމްޒާ މިހާރު ކުރި މަގާމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox