ޕީއެންސީ ކޮންގްރެސްގައި ނެގި ހުރިހާ ވޯޓެއްގެ ނަތީޖާ އައީ މީގެ ދެ ދުވަސް ކުރިން ލީކުވި ލިސްޓާ އެއްގޮތަށް

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ވޯޓަށް ނުފޫޒު ފޯރުވި ކަމަށް ބައެއް ކެންޑިޑޭޓުން ވެސް ބުނޭ -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ވޯޓަށް ނުފޫޒު ފޯރުވި ކަމަށް ބައެއް ކެންޑިޑޭޓުން ވެސް ބުނޭ -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގައި މިއަދު ނެގި ހުރިހާ ވޯޓެއްގެ ނަތީޖާ މީގެ ދެ ދުވަސް ކުރިން ލީކުވި ލިސްޓާ އެއްގޮތަށް އައުމުން އިންތިހާބަށް ލީޑާޝިޕުން ނުފޫޒު ފޯރުވައި ބޭނުންވި ގޮތަކަށް ނަތީޖާ ނެރުނު ކަމުގެ ތުހުމަތުތައް އަމާޒުވެއްޖެ އެވެ. 

ޕީއެންސީގެ ކޮންގްރެސްގައި ވަކި ބަޔަކަށް ވޯޓުލާން ޕާޓީގެ ލީޑާޝިޕްގެ ފަރާތުން އަންގަމުންދިޔަކަން އަދަދު އަށް ވެސް ވަނީ ޔަގީންވެފަ އެވެ. އަދި ޕާޓީގެ މެންބަރުންނަށް ލީޑާޝިޕްގެ ފަރާތުން ފޮނުވަމުންދިޔަ ލިސްޓުގެ ކޮޕީއެއް އަދަދު އަށް ވެސް ވަނީ ލިބިފަ އެވެ. މިއަދު ނެގި ހަތަރު ވޯޓުގެ ނަތީޖާތައް ވެސް އައީ އެ ލިސްޓާ އެއްގޮތަށެވެ. 

ލިސްޓާ ދިމާނުވީ އެންމެ ދެ މަގާމެވެ. އެއީ ޒުވާނުންގެ ފަރާތުން މެންބަރުންގެ މަޖިލީހަށް ހޮވުނު މީހަކާއި އާންމުންގެ ފަރާތުން މެންބަރުންގެ މަޖިލީހަށް ހޮވުނު މީހެވެ. 

Advertisement

"ސީދާ ރައީސް [މުހައްމަދު] މުއިއްޒުގެ ފަރާތުން ކަމަށް ބުނެ މި ލިސްޓު ފަތުރަނީ. އެންމެންނަށް ވެސް އަންގާފަ އޮތީ މި ލިސްޓަށް ވޯޓު ދޭން،" ޕީއެންސީގެ ސީނިއާ މެންބަރަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ. 

ވޯޓުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލުމަށްޓަކައި ޕީއެންސީގެ ހުރިހާ ލެވެލަކަށް ވެސް ލީޑާޝިޕުން ނުފޫޒު ފޯރުވަމުންދިޔަ ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުންޏެވެ.  

ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް އަށް ކެންޑިޑޭޓުން ކުރިމަތިލެއްވިއިރު ހޮވުނީ ސަރުކާރުން ބެހި ލިސްޓުގައި ހިމެނިފައިވާ ހަ ކެންޑިޑޭޓެވެ. މެންބަރުންގެ މަޖިލީހަށް ކުރިމަތިލި 22 އަންހެން ކެންޑިޑޭޓުންގެ ތެރެއިން ހޮވުނީ ލިސްޓުގައި ހިމެނުނު 10 ކެންޑިޑޭޓުންނެވެ. 

މެންބަރުންގެ މަޖިލީހަށް ކުރިމަތިލި 13 ޒުވާނުންގެ ތެރެއިން ލިސްޓުގައި ނަން އޮތް ހަ ކެންޑިޑޭޓަކު ހޮވުނެވެ. ލިސްޓުގައި ނަން އޮތް އެއް ކެންޑިޑޭޓަކު ކުޑަ ތަފާތަކުން ވަނީ ބަލިވެފަ އެވެ. 

ޕާޓީގެ މެންބަރުންގެ މަޖިލީހަށް އިންތިހާބު ކުރާ 18 މަގާމަށް 73 ކެންޑިޑޭޓަކު ވާދަ ކުރިއިރު، ލިސްޓުގައި ނަން އޮތް 17 މީހަކު މަގާމުތަކަށް ހޮވުނެވެ. ލިސްޓުގައި ނަން އޮވެ އިންތިހާބުނުވީ އެންމެ މެންބަރެކެވެ. 

މި ނޫހަށް ލިބުނު ލިސްޓު މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ވެސް ވަނީ ލީކުކޮށްލައިފަ އެވެ. އެ ލިސްޓު ލީކުކޮށްލީ އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ސީނިއާ މެންބަރެއް ކަމަށްވާ އަހުމަދު މުސްތަފާ އެވެ.

އޭނާ ބުނެފައި ވަނީ އެ ލިސްޓުތަކަކީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު އާއި މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އާއި މެންބަރު އިބްރާހިމް ފަލާހު ފަތުރަމުންދާ ލިސްޓެއް ކަމަށެވެ. 

ޕީއެންސީގެ އެތެރޭގެ މަގާމަކަށް ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓަކު އަދަދު އާ ވާހަކަ ދައްކަމުން ބުނީ މިއަދު ހުރިހާ އިންތިހާބެއް ވެސް އޮތީ އޮޅުވާލާފައި ކަމަށެވެ. އަދި ވޯޓު އޮޅުވާލީ ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ. 

"އެމީހުން ބޭނުންވި ގޮތަކަށް ވޯޓުގެ ހުރިހާ ކަމެއް ވެސް ގެންދިޔައީ. ބޮޑު އޮޅުވާލުމެއް މިއީ،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުންޏެވެ. 

ޕީއެންސީގެ ކޮންގްރެސްގައި ބޭއްވި އިންތިހާބުތަކަށް ނުފޫޒު ފޯރުވިކަމަށް އެނގުނު ނަމަވެސް އިންތިހާބުތައް ކުރިއަށްދިޔައިރު ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓެވި މެންބަރު ފަލާހު ވިދާޅުވީ އިންތިހާބުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށެވެ. 

"އާދެ، އަޅުގަނޑު މި ޗެކުކޮށްލަނީ މިއަދު ރިޔާސަތުގައި އިނީ އަޅުގަނޑުކަމަށް ވާތީ ފަހަރެއްގައި އެއްވެސް ކަހަލަ ގޯހެއް އެއްވެސް ދިމާލަކުން ހިނގާފާނެތީ އަޅުގަނޑުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ވަރަށް ބޮޑު ޒިންމާއެއް ހުރިހާ ކަމެއް ވެސް ގޯހެއް ނުހިނގާނެ ގޮތަށް ހުރިހާ ބޭފުޅުންގެ ހައްގުތައް އެންމެ ރަނގަޅަށް ކަށަވަރު ކުރެވޭނެ ގޮތަށް، ހުރިހާ ކަމެއް ގެންދިޔުމަކީ. އެހެންވެ އަޅުގަނޑު ފުރަތަމަ ބަލައި ޗެކުކޮށްލާފައި މި އިންތިހާބު ކޮމިޓީއާ ދިމާލަށް މި ނަތީޖާ އިއުލާނުކުރަން ފޮނުވަނީ އިނގޭތޯ؟،" ފަލާހު ވިދާޅުވި އެވެ. 

މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި މޯބައިލް އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. މެންބަރުން ވޯޓުލާންޖެހެނީ ކިއުއާރް ކޯޑެއް ސްކޭންކޮށްގެންނެވެ. އަދި ވޯޓުލުމަށް ދީފައި ވަނީ ފަސް މިނެޓުގެ ވަގުތުކޮޅެކެވެ. ވޯޓު ނިމުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ވަނީ އިއުލާނުކޮށްފަ އެވެ. ނަތީޖާ އިއުލާންކޮށްދެއްވީ ޕީއެންސީގެ އިންތިހާބު ކޮމިޓީގެ ފަރާތުން ފުއާދު ތައުފީގެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox