ސަރުކާރުން ރިވެތި އަހުލާގާއި ސުލޫކުގެ ވާހަކަދައްކާއިރު، މިސާލު ދައްކަނީ މުޅީން އިދިކޮޅަށް: ރާޝިދާ ޔޫސުފް

މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެއްގައި ރާޝިދާ ޔޫސުފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެއްގައި ރާޝިދާ ޔޫސުފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ވެރިން އިހުތިރާމާއި ސުލޫކުގެ ވާހަކަދައްކާއިރު، މިސާލު ދައްކަނީ މުޅިން އިދިކޮޅަށް ކަމަށް ރާއްޖޭގެ ފުރަތަމަ ޔޫތު އަދި އަންހެނުންގެ މިނިސްޓަރު، ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ވަޒީރުކަމުގެ އިތުރުން، ނޫ އަދި ފެހި ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރި ހާއްސަ މަޖިލިސްތަކުގައި ވެސް މެންބަރުކަން ކުރެއްވި ރާޝިދާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރާޝިދާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ކެމްޕޭނުކުރި ދުވަސްވަރު، ކުރީގެ ރައީސް ޔާމީންއަށް ތައުރީފުކުރުމުގެ އަޑު ޕީޕީއެމް/ޕީއެންސީގެ ޕޯޑިއަމްތަކުން ވަރަށް ބާރަށް އަޑުއިވުނު ކަމަށެވެ.

Advertisement

އަބަދުވެސް ތިއްބަވާނީ ޔާމީންގެ ފަހަތުގައި ކަމަށް މިހާރު މި ގައުމުގެ ހުންގާނުގައި ތިއްބެވި ގިނަ ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވި ކަމަށް ރާޝިދާ ލިޔުއްވާފައިވެ އެވެ.

"އެ ބޭފުޅުން އަބަދުވެސް ތިއްބަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް، ސިޔާސީ ހަޔާތް ފެށެނީ ވެސް އަދި، ނިމޭނީ ވެސް ރައީސް ޔާމީންއާ އެކު ކަމަށް. ހަމަ ކިރިޔާ ސަޖިދަ ނުޖަހާ ހިސާބަށް ވެސް ނުދިޔައީ،" ރާޝިދާ ލިޔުއްވާފައިވެ އެވެ.

ނަމަވެސް، އެ ހާލަތު މިއަދު މުޅީން ބަދަލުވެ ޔާމީން އާމެދު ވާހަކަދައްކަމުން ގެންދިޔަ ބަހުރުވަ ވަރަށް ހުތުރުވެއްޖެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

އެގޮތުން، ދިވެހިބަހުން ވާހަކަދެއްކޭނެ އެންމެ ހުތުރުކޮށް މިސަރުކާރުގެ އިސް ފަޑީގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ މެންބަރުން ޔާމީންއަށް ފުރައްސާރަކުރާ އަޑުގަދަވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދެން އަނެއްކާ އާ ކޮށްފައި މި ދައްކަނީ ރިވެތި އަހުލާގާއި ސުލޫކާއި ގައުމިއްޔަތު ދިރިވުމުގެ ގައުމީ މަޝްރޫއުއެއް ފަށާ ވާހަކަ، މިސާލު ދައްކަވަނީ މުޅީން އިދިކޮޅަށް. ގައުމުގެ ޅަ ކުދިންގެ ހަލާކުގެ ކޮޅުމަތި މި ފެންނަނީ،" ރާޝިދާ ލިޔުއްވާފައިވެ އެވެ.

މި މޭރުމުން ރާޝިދާ ޕޯސްޓެއް ކުރައްވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި އެ ޕާޓީގެ އިސްބޭފުޅުން ޔާމީންއަށް ވަރަށް ހުތުރު ތުހުމަތުތައް ކުރައްވައި އެއްޗެހި ކިޔާފައިވަނިކޮށެވެ.

އެ ޖަލްސާގައި ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އާއި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އާއި ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއުގެ އިތުރުން، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީންއަށް ވަރަށް ހުތުރުކޮށް އެއްޗެހި ކިޔައިފަ އެވެ.

ޔާމީންއަކީ ސިހުރު ހައްދަވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ގައުމަށް ހިޔާނާތްތެރިވި ގައްދާރެއްގެ ލަގަބު އެ ބޭފުޅުން އެ ރޭ ދެއްވި އެވެ. އޭގެ އިތުރުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމްގެ ސަރުކާރަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ކޮރަޕްޓު ވެރިކަން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox