އެސްއޯއީތަކުން ކަނޑާލި މުވައްޒަފުން ޕީއެންސީއަށް ސޮއިކުރުމުން އަލުން ވަޒީފާ ދެނީ

ޕީއެންސީން ބޭއްވި ހަރަކާތެއްގެ ތެރެއިން: އެސްއޯއީތަކުން ކަނޑާލާ މުވައްޒަފުން ޕީއެންސީއަށް ވަނުމުން އަލުން ވަޒީފާއަށް ދަނީ ވައްދަމުން -- ފޮޓޯ: އެމްއެމްޓީވީ

ޕީއެންސީން ބޭއްވި ހަރަކާތެއްގެ ތެރެއިން: އެސްއޯއީތަކުން ކަނޑާލާ މުވައްޒަފުން ޕީއެންސީއަށް ވަނުމުން އަލުން ވަޒީފާއަށް ދަނީ ވައްދަމުން -- ފޮޓޯ: އެމްއެމްޓީވީ

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ކަނޑާލި މުވައްޒަފުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރުމުން އަލުން ވަޒީފާދެމުންދާކަން އެނގިއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި އެސްއޯއީތަކުން ވަކިކުރާ ގިނަ އަދަދެއްގެ މުވައްޒަފުން އެ މުވައްޒަފުން ނިސްބަތްވާ ދާއިރާގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން މެދުވެރިކޮށް ޕީއެންސީއަށް ސޮއިކުރުމުން އަލުން ވަޒީފާ ހަމަޖައްސައިދީފައިވެ އެވެ.

އޭގެއިތުރުން އެސްއޯއީތަކުން ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ މުވައްޒަފުން ތިބުމުން އެ މުވައްޒަފުންނަށް އަލުން ވަޒީފާ ދެމުންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

Advertisement

މިދިޔަ އޮގަސްޓް 31، ގައި މުއިއްޒު ވިދާޅުވީ  "ރައިޓްސައިޒް" ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެ ކަމަށެވެ. އެއާއެކު މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން އެސްއޯއީތަކުގައި ތިބި މުވައްޒަފުންގެ އަދަދަށް މުވައްޒަފުންގެ އަދަދު މަދުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ މިހާރު ހިނގާ ރައިޓް ސައިޒުކުރުމުގެ މަސައްކަތް ނިމޭއިރުގައި ވެއްދި އަދަދަށްވުރެ މަދު ކުރި އަދަދު 6،000 އެތައް މުވައްޒަފުންނެއް މަދުވާނެ. މިހާރު ހިސާބުތައް ދާގޮތުން. މަދުވާ އަދަދު. އެހެންވީމަ އަޅުގަނޑުމެން ހަވާލުވިއިރުގައި އެސްއޯއީތަކުގައި ތިބި އަދަށްވުރެ މަދުވެގެންދާނެއޭ މާނައަކީ،" މުއިއްޒު ވިދާޅުވި އެވެ. 

އެސްއޯއީތަކުން އެއްވެސް އިންޒާރެއް ނުދީ ގިނަ އަދަދެއްގެ މުވައްޒަފުން ސަރުކާރުން ދަނީ ވަކިކުރަމުންދާއިރު، އެންމެ ގިނައިން ވަކިކުރަމުންދަނީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންކަން ފާހަގަކުރެވެ އެވެ. 

އެސްއޯއީތަކުން 14،733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށާއި، އޭގެ އަސަރު 50،000 އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ. 

ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. 

ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފަ އެވެ.

މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަމަށް ވެސް ޕީސީބީގެ ސާކިއުލަގައި ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox