ޗާގޯސްގެ ސިޔާދަތީ ބާރާ ބެހޭގޮތުން މަޝްވަރާކުރުމަށް ޔޫކޭގެ ބޮޑުވަޒީރަށް މުއިއްޒު ދައުވަތު ދެއްވައިފި

މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފޯޅަވަހި [ޗާގޯސް] ގެ ސިޔާދަތީ ބާރާ ގުޅޭ ކަންކަމުގައި ރަސްމީކޮށް މަޝްވަރާކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، އެންޑްރޫ ބާންހަމްއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ސިޓީއަކުން ދައުވަތު އަރުވައިފި އެވެ.

އެ ސިޓީގައި، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ހުރިކަން  މުއިއްޒު ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ޗާގޯސް ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭ ކަމަށާއި ޗާގޯސްއާ ގުޅޭ ކަންކަމުގައި އިނގިރޭސިވިލާތާއެކު ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް އެ ސިޓީގައި މުއިއްޒު ލިޔުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement

އަދި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގުޅުން އާލާކޮށް ބަދަހިކުރުމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް ލިބޭނެ ބޮޑު ބާރެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެ ސިޓީގައި ލިޔުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗާގޯސްގެ މިލްކުވެރިކަމާ މެދު މުއިއްޒު މިހާރު ވިދާޅުވަނީ އޮތް ގޮތަށް ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް

ޗާގޯސްއަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ހޯދުމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެތަން އެހެން ބަޔަކަށް ދޭނަމަ އެންމެ ހައްގީ ރާއްޖެ ކަމަށާއި އެހެން ނޫންނަމަ މިހާރު އޮތްގޮތަށް އޮތުމަކީ މައްސަލައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި.

މި ސަރުކާރުން ވެރިކަމަށް އައީ ޗޯގާސްގެ އިތުރުން ރާއްޖޭގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ ވައުދާއެކުގަ އެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން މުއިއްޒު ވާހަކަދައްކަވަމުން ގެންދެވި ރާގު ކުއްލިއަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ.

ޕީއެސްއެމްއިން މިދިޔަ ޖުލައި މަހު ކުރިއަށް ގެންދިޔަ ނޭޝަން ޗެޓް އެޕިސޯޑުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރީ ޒަމާނުއްސުރެ ދިވެހިންގެ ތަނެއް ގޮތުގައި އޮތް ޗާގޯސް އެއްވެސް ބަޔަކަށް ދޭނަމަ އެންމެ ހައްގީ ރާއްޖެއަށް ދިނުން ކަމަށެވެ. ނަމަވެސް، މިހާރު އޮތް ގޮތަށް އެ ތަން ބޭއްވުން އެއީ މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް އެހެން ގައުމަކަށް އެތަން [ޗާގޯސް] ދޫކޮށްލާނަމަ އެތަން ދޫކޮށްލެވެން ޖެހޭނީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށޭ. އެއީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނޭ. އެ ތަނަކީ ކުރީ ޒަމާނުގައި ދިވެހި ރައްޔިތުންގެ ތަނެކޭ. ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނިފައި އޮތް ތަނެއްކަން އެއީ ފެންނަން އޮތް ހަގީގަތެއް،" މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ ފޯޅަވެހި އެހެން ގައުމަކާ ހަވާލުކުރާ ކަމަށްވަންޏާ ހަވާލުކުރުން އެންމެ އައުލާކަން ބޮޑުވާނީ ރާއްޖެއާއޭ. އެހެން ނޫނިއްޔާ ދެން މިހާރު އޮތްގޮތަށް ކުރިއަށްދިޔުން އެއީ ދެން މައްސަލައެއް ނޫން."

ކުއްލިއަކަށް މުއިއްޒުގެ ރާގު ބަދަލުވެ ޗާގޯސް އޮތް ގޮތަށް ބޭއްވުން މައްސަލައަކަށް ނުވި ސަބަބެއް ނޭނގެ އެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި އަދި މޮރިޝަސް އާއި ރާއްޖެއާދެމެެދު ކަނޑުގެ ބޯޑަރު ބަހާފައި އޮއްވައި، އެ ނިންމުމަށް އަމަލު ނުކުރައްވާނެ ކަމަށް ފެބްރުއަރީ 5، ގައި މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ، ބައިނަލްއަގްވާމީ ކޯޓުން މޮރިޝަސްއަށް ދީފައިވާ ކަނޑުގެ ބަޔަކީީ ރާއްޖޭގެ ބައެއް ކަމަށެވެ. އަދި އެތަން ދިވެހި ސަރުކާރުން ބަލަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ކަނޑުގެ އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން އޭގެ ފަހުން ދިވެހި ސިފައިން އޭރު އިއުލާންވެސް ކުރި އެވެ. 

މިކަމާ ގުޅިގެން މޮރިޝަސް އިން ވަނީ ރާއްޖެއާ އޮތް ހާރިޖީ ގުޅުން ކަނޑާލާފަ އެވެ. އެއާއެކު މުއިއްޒު ވަނީ މޮރިޝަސްގެ ރައީސް ދަރަމްބީރު ގޮކޫލްއަށް ކުޑައިމީސްކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ވަރަށް އިމެޗުއާ، ނައީވް ކަމެއް. އެ ނިންމުން އެހެން ނިންމުމަކުންނެއް ހަގީގަތް ބަދަލެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް މޮރިޝަސްއަށް ހައްގެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ.

ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.

އިނގިރޭސިވިލާތުން އެއްބަސްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށްފަހު އަހަރަކަށް 100 މިލިއަން ޑޮލަރަށް އެ ތަން ކުއްޔަށް ހިފުމަށެވެ. އެ މައްސަލައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަދެވަޑައިގަތީ، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިން ހެދި ޑީލަށް އެމަނިކުފާނު ފާޑުވިދާޅުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox