މިނިސްޓަރު މުއްތަލިބު ލައްވައި މުއިއްޒަށް އިންޖިނިއަރިންގެ އެވޯޑެއް އަރުވަނީ

ކޮންސްޓްރަކްޝަން ސައިޓެއް މުއިއްޒު ބައްލަވާލަނީ: އިންޖިނިއަރިން އެވޯޑަކީ އެމަނިކުފާނު ހެއްދެވި އެއްޗެއް -- ފޮޓޯ: ރައީސް އޮފީސް

ކޮންސްޓްރަކްޝަން ސައިޓެއް މުއިއްޒު ބައްލަވާލަނީ: އިންޖިނިއަރިން އެވޯޑަކީ އެމަނިކުފާނު ހެއްދެވި އެއްޗެއް -- ފޮޓޯ: ރައީސް އޮފީސް

ބުރާސްފަތި ދުވަހު ބާއްވާ އިންޖިނިއަރިން އެވޯޑުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ލައްވައި ރައީސް މުހައްމަދު މުއިއްޒަށް އެވޯޑެއް އެރުވުމަށް ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި މުއިއްޒަށް މި އެވޯޑު އެރުވުމަށް ހަމަޖެހިފައިވަނީ އިންޖިނިއަރިން ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. 

ކޮންމެ އަހަރެއްގެ އޮގަސްޓް 30، ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ އިންޖިނިއަރުންގެ ދުވަސް ކަމަށް މުއިއްޒު ކަނޑައެޅުއްވީ މިދިޔަ އަހަރު އެވެ. އޭގެއިތުރުން ކޮންމެ އަހަރަކު އިންޖިނިއަރުންގެ އެވޯޑު ބާއްވަން ވެސް ނިންމެވީ މުއިއްޒު އެވެ. 

Advertisement

މިކަމާ ގުޅިގެން ރައީސް އޮފީހާއި ހައުސިން މިނިސްޓްރީއާ ސުވާލުކުރުމުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ބުރާސްފަތި ދުވަހު ބާއްވާ އިންޖިނިއަރިން އެވޯޑުގައި  މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރަކު ދޭ ސްޕީޗުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަލްއަމީރު މުހައްމަދު ފަރީދު ދީދީގެ ނަން ހިމެނުމުން އެ ނަންތައް އުނިކޮށް، ސްޕީޗުގައި ހަމައެކަނި މުއިއްޒުގެ ނަން ހިމަނަން ހައުސިން މިނިސްޓްރީން ވަނީ އަންގާފަ އެވެ. 

ހައުސިން މިނިސްޓްރީން ބާއްވާ އިންޖިނިއާސް އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ "ހޮނަރިން އެކްސެލެންސް، މޭކިން ހިސްޓްރީ" ތީމްގެ ދަށުންނެވެ. މި އެވޯޑް ހަފްލާގައި 10 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، އިންޖިނިއަރިން ދާއިރާއަށް މުއިއްޒު ކޮށްދެއްވި ހިދުމަތްތަކަށް ޕީއެސްއެމްގެ އިތުރުން ސަރުކާރަށް ސަނާކިޔާ މީޑިއާތަކުން ދަނީ ތައުރީފްކޮށް އެކި ކަންކަން ކުރަމުންނެވެ. އޭގެއިތުރުން ރައީސް އޮފީހުން ވަނީ މުއިއްޒު ކޮށްދެއްވި ހިދުމަތަށް ހާއްސަކޮށް ޕްރޮމޯޝަނަލް ވީޑިއޯއެއްވެސް ހަދާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox