މަޝްވަރާ ކުރަން މުއިއްޒު އެދުމުން ޔޫކޭއިން މިފަހަރު ވެސް ބުނީ ޗާގޯސްގެ ސިޔާދަތާ ގުޅޭ މައްސަލައާ ރާއްޖެއާ ގުޅުމެއް ނެތް ކަމަށް

ރައީސް މުއިއްޒު އަދި އިނގިރޭސި ބޮޑުވަޒީރު ބާންހަމް

ރައީސް މުއިއްޒު އަދި އިނގިރޭސި ބޮޑުވަޒީރު ބާންހަމް

އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފޯޅަވަހި [ޗާގޯސް] ގެ ސިޔާދަތީ ބާރާ ގުޅޭ ކަންކަމުގައި ރަސްމީކޮށް މަޝްވަރާކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، އެންޑްރޫ ބާންހަމްއަށް ދައުވަތު ފޮނުވުމުން އެ މައްސަލައަކީ ރާއްޖެއާ ގުޅުމެއް އޮތް މައްސަލައެއް ނޫން ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

އެ ސިޓީގައި، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ހުރިކަން  މުއިއްޒު ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ދައުވަތާ ގުޅިގެން ރޮއިޓާސްއަށް އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އެ ގައުމުން އެކި ކަންކަމުގައި ރާއްޖެއާ ދަނީ މަޝްވަރާ ކުރަމުންނެވެ. 

"ނަމަވެސް، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު އޮތް ފަރާތަކާމެދު އުފެދިފައިވާ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް. ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއާއެކު މަޝްވަރާކުރުމުގެ ބަދަލުގައި، މޮރިޝަސްއާއެކު މި މައްސަލައިގައި މަޝްވަރާތައް ފެށީވެސް އެ ސަބަބަށްޓަކައި،" އިނގިރޭސި ސަރުކާރުގެ އޮފިޝަލަކު ބުނެފައިވެ އެވެ. 

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ރައީސް މުހައްމަދު މުއިއްޒު ދެ ސިޓީއެއް ފޮނުވި އެވެ. އެއް ސިޓީ ނޮވެމްބަރު 2024، ގައި ފޮނުވިއިރު ދެވަނަ ސިޓީ ފޮނުވީ ޖެނުއަރީ 2026، ގަ އެވެ. 

ނޮވެމްބަރު 10، 2024 ގައި ފޮނުވި ސިޓީއަށް އިޖާބަ ނުދީ މެއި، 2025، ގައި އިނގިރޭސި ސަރުކާރުން މޮރިޝަސްއާ ޗާގޯސް ހަވާލުކުރި އެވެ. އިނގިރޭސިވިލާތުން އެއްބަސްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށްފަހު އަހަރަކަށް 100 މިލިއަން ޑޮލަރަށް އެ ތަން ކުއްޔަށް ހިފުމަށެވެ.

ޗާގޯސްގެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާގައި ބޮޑު އަސްކަރީ މަރުކަޒެއް ހިންގަމުންދާ އެމެރިކާއިން އެ އެއްބަސްވުމަށް ފުރަތަމަ ރުހުނެވެ. ނަމަވެސް، ފަހުން އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕު އެ އެއްބަސްވުމާ ދެކޮޅު ހައްދަވައި އިނގިރޭސި ސަރުކާރަށް ޕްރެޝަރުތަކެއް ކުރިމަތި ކުރުވި އެވެ. ދެވަނަ ސިޓީއެއް މުއިއްޒު ފޮނުވީ ޓްރަމަޕް އެ އެއްބަސްވުމަށް ނުރުހޭކަން ހާމަކުރެއްވި ފަހުންނެވެ.

ފެބްރުއަރީ 2، 2025 ގައި މުއިއްޒު ޓްރަމްޕަށް ޑީލެއް ވެސް ހުށަހެޅުއްވި އެވެ. އެމެރިކާގެ ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުކޮށްފި ނަމަ، ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ މަރުކަޒު ހިންގަން ފުރުސަތު ދޭނެ ކަމަށެވެ. އެ ޑީލަށް އެމެރިކާ ސަރުކާރު އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

ރިޔާސީ ބަޔާން އިއްވި ފެބްރުއަރީ 5، 2026 ގައި މުއިއްޒު ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު ވެސް ހިމަނައިގެން ބެލުމަށް ނިންމާފަ އެވެ.

މިކަމާ ގުޅިގެން މޮރިޝަސް އިން ވަނީ ރާއްޖެއާ އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކޮށްފަ އެވެ. އެއާއެކު މޮރިޝަސްގެ ރައީސް ދަރަމްބީރު ގޮކޫލްއަށް ކުޑައިމީސްކޮށް ވަރަށް ބޮޑަށް މުއިއްޒު ފާޑުވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox