ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރާއްޖޭގެ ވޮލީ ޗެމްޕިއަންކަން ފެލިދޫ އަށް

Aug 10, 2026, 8:51 AM
ރާއްޖެ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ފެލިދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ރާއްޖެ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ފެލިދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން، ކުރިއަށްގެންދިޔަ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ވ. ފެލިދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ޖުމްލަ ހަތް ޓީމު (ހަތް ރަށް) ވާދަކުރި ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ފެލިދޫން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ޒުވާނުންގެ މަރުކަަޒު އެތެެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލުގައި ފެލިދޫއާ ދެކޮޅަށް ނުކުތީ ބ. ގޮއިދޫ އެވެ. ފައިނަލާ ހަމައަށް އައިއިރު، ގޮއިދޫން ވެސް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެކަމަކު، ފައިނަލުގައި ފެލިދޫ ވަނީ ސީދާ ތިން ސެޓުން ގޮއިދޫ ބަލިކޮށްފަ އެވެ. 

ގައުމީ ވޮލީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ފެލިދޫން ތަފާތު ރޫހެއްގައި މުޅި މުބާެރާތުގައި ކުޅުނުއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ޝަރަފް އެވެ.

ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ، އަލީ ހުޒާމް (ހުޒަންޓެ) އާއި އާދަމް ފައިރޫޒް ވެސް ކުޅުނު ފެލިދޫ ޓީމުގައި ގައުމީ ޓީމުގެ ސެޓަރަކަށް ކުޅެފައިވާ ހުސެއިން ވިޝާމް (ބުޅިކެ)ގެ އިތުރުން އެޓޭކަރު، ހަސަން ނިލާމް (ޕާޓޭ) ވެސް ހިމެނެ އެވެ. އަދި، ބިދޭސީ ކުޅުންތެރިއަކަށް ކުޅެނީ، ޕާކިސްތާން ގައުމީ ޓީމުގެ މުރާދު ޖީހާން އެވެ. އޭނާ ވަނީ ރާއްޖޭގެ ގިނަ މުބާރާތްތަކެއް ކުޅެފަ އެވެ. 

ފެލިދޫން ގޮއިދޫ ބަލިކުރިއިރު، ސެޓުތައް ގެންދިޔައީ، 25-21، 25-16، 25-23 އިންނެވެ. 

މުބާރާތުގެ ޑްރީމް ޓީމުަގައި ހިމެނެނީ، ފެލިދޫގެ ހުޒަންޓެ، ބުޅިކެ، ޕާޓޭ، އަހުމަދު ނަބީލް، ގޮއިދޫގެ ޝަމާއިލް ހުސެއިން، މުހައްމަދު ލަތުފާން އަލީ، އިބްރާހިމް ފަޒީލް އެވެ. މުބާރާތުގެ މޮޅު ކޯޗަކީ ފެލިދޫގެ ކޯޗު، ޝަރަފް އެެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ، މާފުށީގެ ޔައީޝް ރިއްފަތު ހަމީދު އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ފެލިދޫގެ މުރާދު ޖީހާން އެވެ. މުބާެރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފެލިދޫގެ ޕާޓޭ އެވެ.  

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި، ތ. ހިރިލަންދޫން ވަނީ ސީދާ ތިން ސެޓުން ލ. ފޮނަދޫ ބަލިކޮށްފަ އެެވެ. 

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox