ރާއްޖެ ސުޕަ ލީގު: ފެލިދޫ، ފޮނަދޫ އަދި ގޮއިދޫ ފެށީ މޮޅަކުން

Aug 4, 2026, 10:51 AM
ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ފެލިދޫން ހަނިމާދޫ ބަލިކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ވީއޭއެމް

ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ފެލިދޫން ހަނިމާދޫ ބަލިކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކުރާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ބ. ގޮއިދޫ މޮޅުވެއްޖެ އެވެ. 

ޖުމްލަ ހަތް ރަށުން ވާދަކުރާ ފިރިހެން ވޮލީބޯޅައިގެ މި މުބާރާތް ކުރިއަށްދަނީ، ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގަ އެވެ. ގްރޫޕް އޭގައި ވާދަކުރަނީ، ހދ. ހަނިމާދޫ، ވ. ފެލިދޫ، ލ. ފޮނަދޫ އަދި ކ. މާފުށި އެވެ. ގްރޫޕް ބީގައި ހިމެނެނީ ތ. ހިރިލަންދޫ، ބ. ގޮއިދޫ އަދި ލ. ތުލުސްދޫ އެވެ.

އިއްޔެގެ ފުރަތަމަ މެޗުގައި، ފެލިދޫން ވަނީ 3-1 ސެޓުން ހަނިމާދޫ ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ފެލިދޫންނެވެ. އެއީ، 25-21 އިންނެވެ. ދެ ވަނަ ސެޓު ފޯރިގަދަކޮށް ދިޔައިރު، ހަނިމާދޫން 25-27 އިން ގެންގޮސް އެއްވަރުކުރި އެވެ. އެކަމަކު، ފެލިދޫ ޓީމަށް ކުޅޭ ޕާކިސްތާންގެ ކުޅުންތެރިޔާ، މުރާދު ޖީހާންގެ މޮޅު ކުޅުމާ އެކު، ފަހު ދެ ސެޓު 25-22 އާއި 25-17 އިން ގެންގޮސް ފެލިދޫ މޮޅުވީ އެވެ. 

މި ގްރޫޕްގެ ދެ ވަނަ މެޗުގައި، ފޮނަދޫން މާފުށި ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ފޮނަދޫން މެޗުގެ ސެޓުތައް ގެންދިޔައީ، 25-20، 25-18 އަދި 25-18 އިންނެވެ. 

ތިން ޓީމު ހިމެނޭ ގްރޫޕް ބީގައި ރޭ ފެނިގެންދިޔައީ ފޯރިގަދަ ކުރިމަތިލުމެކެވެ. ގޮއިދޫން ހިރިލަންދޫގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ. ގޮއިދޫން މެޗުގެ ފުރަތަމަ ސެޓު، 25-22 އިން ގެންދިޔައިރު، ހިރިލަންދޫން ވަނީ ދެން ކުޅުނު ސެޓު، 17-25 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. އަނެއްކާ ވެސް ތިން ވަނަ ސެޓުގައި ގޮއިދޫން ކުޅުން ރަނގަޅުކޮށް 25-22 އިން މި ސެޓު ގެންދިޔަ އެވެ. ހަތަރު ވަނަ ސެޓުގައި ހިރިލަންދޫން ވަރުގަދަ ރޫހެއްގައި ކުޅެ، 25-14 އިން ސެޓު ގެންދިޔަ އެވެ. ނަތީޖާ ނެރެން ފަސް ވަނަ ސެޓެއް ކުޅެން ޖެހުނުއިރު، ގޮއިދޫން 15-13 އިން މި ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ. 

މުބާާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ހަނިމާދޫން ކުޅެނީ ފޮނަދޫއާ އެވެ. އަދި، މިރޭ، ގޮއިދޫން ތުލުސްދޫއާ ވާދަކުރާނެ އެވެ. 

ތަފާތު އެކި ސަބަބުތަކާ ހެދި ލަސްކުރަން ޖެހުނު މި މުބާރާތުގެ ފޯމެޓް އޮތް ގޮތުން، ގްރޫޕް ސްޓޭޖަށް ފަހު، ހޮނިހިރު ދުވަހު ކުޅޭނީ ސެމީ ފައިނަލް ދެ މެޗެވެ. އެއީ، ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެެއްގެ މެދުގަ އެވެ. އަދި، ސެމީ ދެ މެޗުން މޮޅުވާ ދެ ޓީމު ކުޅޭ ފައިނަލާއި ދެ ސެމީން ބަލިވާ ދެ ޓީމު ކުޅޭ ތިން ވަނަ ހޮވާ މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ. 

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox