އެކުއެޑޯ އަތުން ކިއުރުސާއޯ އަށް ތާރީހީ ޕޮއިންޓެއް، ވިދާލީ ކީޕަރު

Jun 21, 2026, 7:26 AM
އެކުއެޑޯ މެޗަށް ފަހު އެލޯއި ރޫމް އުފާފާޅުކުރަނީ.

އެކުއެޑޯ މެޗަށް ފަހު އެލޯއި ރޫމް އުފާފާޅުކުރަނީ.

ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 21) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ކީޕަރު އެލޯއި ރޫމްގެ އާދަޔާހިލާފު މޮޅު ކުޅުމާ އެކު، ކިއުރުސާއޯ އިން 0-0 އިން އެކުއެޑޯއާ އެއްވަަރުކޮށް ތާރީހީ ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ. 

ވޯލްޑް ކަޕެއްގައި ވާދަކުރާ އެންމެ ކުޑަ ގައުމު ކަމަށްވާ ކިއުރުސާއޯ އިން ވަނީ ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅެ، 7-1 އިން ބަލިވެފަ އެވެ. އެހެންކަމުން، ދެ ވަނަ މެޗުގައި އެކުއެޑޯއާ ދެކޮޅަށް ނުކުތްއިރު އޮތީ ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއްގަ އެވެ.

އެކަމަކު، ކިއުރުސާއޯގެ ގޯލްކީޕަރު، އުމުރުން 37 އަހަރުގެ ރޫމް ވަނީ އެކުއެޑޯ އިން ފޮނުވާލި 15 ހަމަލާއެއް ހުއްޓުވައިފަ އެވެ. މިއީ، 2014 ވަނަ އަހަރު އެމެރިކާގެ ކީޕަރު، ޓިމް ހޮވާޑް، އެއް މެޗެއްގެ 90 މިނިޓް ތެރޭ، 15 ސޭވް ކޮށްގެން ހަދާފައިވާ ރެކޯޑާ އެއްވަރުގެ އަދަދެކެެވެ.

ރޫމް ވަނީ މި މެޗުގައި އެކުއެޑޯ އިން ފުރަތަމަ ހާފުގައި ފޮނުވާލި ހަ ޝޮޓެއް ދިފާއުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ހަމަލާތައް ފޮނުވާލީ އެނާ ވެލެންސިއާ އާއި ޔޮއާން ޔެބޯއާ އަދި ކެވިން ރޮޑްރިގޭޒް އަދި ނިލްސަން އެންގޯލޯ އެވެ. މީގެ އިތުރުން މި މެޗުގައި ގޮންޒާލޯ ޕްލާޓާގެ ހަމަލާ ވެސް ރޫމް ވަނީ ދިފާއުކޮށްފަ އެވެ.  

އެކުއެޑޯ އިން ޖުމްލަ އެކު، 27 އެޓޭކްކުރިއިރު ގޯލެއް ނުޖެހުމަކީ އެ ޓީމުން މުބާރާތުގައި ކުރިއަށްދިއުމަށް ބަލާއިރު ގޮންޖެހުމެކެވެ. 

ގްރޫޕް އީގެ ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، ޖަރުމަނުން ވަނީ ހަ ޕޮއިންޓާ އެކު، އަނެއް ބުރުގެ ޖާގައެއް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އައިވަރީ ކޯސްޓެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ އާއި ހަތަރެއްގައި އޮތް ކިއުރުސާއޯ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި، ކިއުރުސާއޯ އިން އައިވަރީ ކޯސްޓާ ކުޅޭއިރު، ޖަރުމަނުން ބައްދަލުކުރާނީ އެކުއެޑޯއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox