ޖަރުމަނު ދެ ވަަނަ ބުރަށް، އެނބުރި އައުން ވަރުގަދަ

Jun 21, 2026, 3:11 AM
އައިވަރީ ކޯސްޓު ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަރުމަނު ކުޅުންތެރިން އުފާފާޅުކުރަނީ.

އައިވަރީ ކޯސްޓު ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަރުމަނު ކުޅުންތެރިން އުފާފާޅުކުރަނީ.

ޓޮރޮންޓޯ، ކެނަޑާ (ޖޫން 21) - ފަހު ވަގުތު ޖެހި ގޯލާ އެކު، 2-1 އިން އައިވަރީ ކޯސްޓު ބަލިކޮށް، ޖަރުމަނުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ޔަގީންކޮށްފި އެވެ. 

ގްރޫޕް އީގައި ފުރަތަމަ ކުޅުނު މެޗުތަކުން ޖަރުމަނާއި އައިވަރީ ކޯސްޓު ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، ކިއުރުސާއޯ އަތުން 7-1 އިން ޖަރުމަނު މޮޅުވިއިރު، ފަހު ވަގުތު ޖެހި ގޯލުން އައިވަރީ ކޯސްޓުން ވަނީ 1-0 އިން އެކުއެޑޯ ބަލިކޮަށްފަ އެވެ. މިރޭގެ މެޗުގައި ޖަރުމަނުން އައިވަރީ ކޯސްޓު އަތުން ހޯދި މޮޅާ އެކު، ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ މާޔޫސްކަން ފިލުވާލައި ވަނީ މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. 

ރަޝިއާގައި 2018 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ޖަރުމަނު ކެޓީ ގްރޫޕްް ސްޓޭޖުންނެވެ. 

Advertisement

ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ޖަރުމަނުން ރަނގަޅު ކުޅުމެއް ދައްކައި ގިނަ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، ޖަރުމަނުގެ ފޯވާޑް، ކައި ހަވާޓްްޒް ބޮލުންޖެހި ބޯޅައެއް އައިވަރީ ކޯސްޓު ކީޕަރު ޔަހިއާ ފޮފާނާ ވަނީ މަތަކޮށްފަ އެެވެ. އޭގެ ފަހުން، ހަވާޓްޒް އާއި އަަލެކްސަންޑަ ޕަވްލޯވިޗް ވަނީ ލަނޑު ޖަހައިފަ އެވެ. އެކަމަކު، ފަވްލޯވިޗް ޖެހި ގޯލު ކީޕަރު ފޮފާނާ އަށް ފައުލުކުރި ކަމަށް ނިންމިިއިރު، ހަވާޓްޒްގެ ގޯލު ވަނީ އޮފްސައިޑްވެފަ އެވެ. 

ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށް ފަހު އައިވަރީ ކޯސްޓުގެ ކެޕްޓަން، ފްރޭންކް ކެސިއޭ އުފާފާޅުކުރަނީ.
ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށް ފަހު އައިވަރީ ކޯސްޓުގެ ކެޕްޓަން، ފްރޭންކް ކެސިއޭ އުފާފާޅުކުރަނީ.

އައިވަރީ ކޯސްޓުން ލީޑުނެގީ ކައުންޓަ އެޓޭކުގައި 30 ވަަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ފްރޭންކް ކެސިއޭ ޖެހި ގޯލުންނެވެ. އެ ގޮތުން، އަރިމަތިން ޔެން ޑިއޮމާންޑޭ ނެގި ހުރަހަކުން އޭރިއާތެރެއިން އަމަދު ޑިއާލޯ ފޮނުވާލަން އުޅުނު ބޯޅަ، ކެސިއޭ އަށް ލިބުނު ވަގުތު އޭނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. 

ފުރަތަމަ ހާފުގެ ފަހުކޮޅުގައި، ޖަރުމަނުން ކުރިއަށްޖެހިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އަައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާ ޓެސްޓްކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާއެއް ފޮނުވާނުލެވުނެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭގައި ޖަރުމަނު އޭރިއާތެރެއިން އައިވަރީ ކޯސްޓަށް ތިން ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭގެއިން އެއްވެސް ފުރުސަތެއްގައި ކީޕަރު މެނުއަލް ނޯޔާ އަށް ނުރައްކާ ކުރެވޭވަރުގެ ހަމަލާއެއް ފޮނުވާނުލެވި، ލީޑުފުޅާކުރަން ލިބުނު ފުރުސަތުތައް ގެއްލުނީ އެވެ. 

ޖަރުމަނުން އެއްވަރުކުރީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުމެ، ނަޑިއެމް އަމީރީ އާއި ޑެނިސް އުންޑާވް ގުޅިގެން ކާމިޔާބުކުރި ގޯލެކެވެ. އަމީރީ ބަލާލާފައި އޭރިއާތެެރެއަށް ނަގައިދިން ބޯޅަ އުންޑާވް ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެެވެ. 

އޭގެ ފަހުން، ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓު މޮޅުކޮށްދޭން ބަދަލު ކުޅުންތެރިޔާ ސިމޯން އަޑިންގްރާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ. ބަދަލަކަށް ކުޅެން އެރި ނިކޮލަސް ޕެޕޭ ނަގައިދިން ބޯޅަ އެއް ފަަހަރުން ފޮނުވާލަން އަޑިންގްރާ އަށް ފުރުސަތު އޮތްނަަމަވެސް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ފުރުސަތު ގެއްލުނީ އެެވެ. 

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުންޑާވް ވަނީ ލިބުނު ފުރުސަތުގައި ޖަރުމަނު މޮޅުކޮށްދީފަ އެވެ. ފެލިކްސް ނެމެޗާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އުންޑާވް ވަނީ ކީޕަރު ފޮފާނާ ކައިރިން ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، ޖަރުމަނު ގައުމީ ޓީމަށް އުންޑާވް ކުޅުނު 11 މެޗުން ޖަހައިދިން ނުވަ ވަނަ ލަނޑެވެ.

ޖަރުމަނުން ފަހު މެޗުގައި ކުޅޭނީ އެކުއެޑޯއާ އެވެ. އަައިވަރީ ކޯސްޓުން ބައްދަލުކުރާނީ ކިއުރުސާއޯއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox